Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިރާގުގެ ސިޔާސީ މަސްރަހު

އިރާގުގައި ސަރުކާރެއް އެކުލަވާނުލެވިގެން އުޅެނީ ކީއްވެ؟

އިރާގުގެ ގާނޫނު ހަދާ މަޖިލީސް ހިންގާ އިމާރާތުގެ ތެރެއަށް ރައްޔިތުން ވަދެގަނެ، މުއްދަތެއް ނެތް ގޮތަށް އެ އިމާރާތުގެ ތެރޭގައި ވަނީ އިހުތިޖާޖު ފަށާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2022 | ހޯމަ 07:18
އިރާގުގައި މިހަރު ކުރަމުންދާ މުޒާހަރާގައި، އިރާގުގެ ޕާލަމެންޓަށް ވަދެ ހިންގަމުންދާ ހަމަނުޖެހުމުގެ ތެރެއިން

އިރާގުގައި މިހަރު ކުރަމުންދާ މުޒާހަރާގައި، އިރާގުގެ ޕާލަމެންޓަށް ވަދެ ހިންގަމުންދާ ހަމަނުޖެހުމުގެ ތެރެއިން

މެދުއިރުމަތީގެ މަސްރަހުން މި ދުވަސްވަރު އެންމެ ގިނައިން ލިބެމުންދާ އެއްޚަބަރަކީ އިރާގުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތަށް ކުރި ލިބޭ ގޮތް ނުވެ، އެ ގައުމުގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލިވަމުންދާ ޚަބަރެވެ.

ޝީއީ އިމާމް މުޤްޠަދާ ޞަދްރާއި، އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ޝީއީންނާ ދެކޮޅު ސިޔާސީ ޝަހްސުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ކޮޅެއްގައި ނުޖެހި، މައްސަލަ ހޫނުވެ، ޞަދްރުގެ ސަޕޯޓަރުން މިހާރު ވަނީ އިރާގުގެ ގާނޫނު ހަދާ މަޖިލީސް ހިންގާ އިމާރާތުގެ ތެރެއަށް ވަދެގަނެ، މުއްދަތެއް ނެތް ގޮތަށް އެ އިމާރާތުގެ ތެރޭގައި އިހުތިޖާޖު ފަށާފައެވެ.

2003 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރާ، ސައްދާމް ހުސައިންގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން އިރާގުގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމުގައި އިސް ދައުރެއް އަދާ ކުރި ޝީއީންނަށް، އެ ގައުމުގެ އާ ސަރުކާރު އަދިވެސް އެކުލަވާލެވޭގޮތް ނުވެފައިވާއިރު، ސަރުކާރު އެކުލަވާލާ ގުޅިފައިވާ ދެބަސްވުންތަކުގެ ހައިޖާނުގަނޑު އަދިވެސް ދަނީ އިތުރަށް ގަދަވަމުންނެވެ.

މި ހަތުރުވެރިކަމުގެ އަސްލަކީ ކޮބާ ހެއްޔެވެ؟ އެ ދެބަސްވުންތަކުގެ ކޯޅުންގަނޑު ގަދަވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟ މިކަމުގެ ސަބަބުން އިރާގުގެ ސިޔާސީ މުސްތަގުބަލު އޮތީ ކިހިނެއް ބާއެވެ؟ ހަމަނުޖެހުންތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅެނީ ކޯނޗެއް ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ.

ޞަދްރު ނިސްބަތް ވަނީ އިރާގުގެ ޝީއީ އިމާމުންގެ ހާންދާނަކަށެވެ. ޞަދްރަކީ އާންމުންގެ މެދުގައި އިންތިހާއަށް މަގުބޫލު ސިޔާސީ ޝަހްސެކެވެ. ހަރުކަށި ފިޔަވަޅުތައް އެޅުމުގައި ނަން މަޝްހޫރެވެ. އެމެރިކާ ސިފައިން އިރާގަށް އެރުމުން އެ ފައުޖުތަކާ ކުރިމަތިލުމުގެ އިތުރުން އިރާގެ ކަމާ ބެހޭ ފަރާތްތަކާ ކުރިމަތިލުމުގެ ރެކޯޑްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެމެރިކާ ސިފައިން އިރާގަށް އެރި ފަހުން ވިދިގެން އައި އަހަރުގައި އިރާގުގައި ހަރަކާތްތެރިވި ވަރުގަދަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ މަހްދީ އާމީގެ ކޮމާންޑަރުކަން ކުރީވެސް ޞަދްރެވެ. ނަމަވެސް އެ ޖަމާއަތުގެ ހަރަކާތްތައް 2008 ވަނަ އަހަރު ވަނީ ހިންގުން މަނާ ކޮށްފައެވެ. އޭގެ ފަހުން އުފެއްދީ ޕީސް ބްރިގޭޑްސްއެވެ. އެ ލަޝްކަރުގައި އެތައް ހާސް ހަނގުރާމަވެރިންނެއް ހިމެނެއެވެ.

ދައުލަތުގެ ތެރޭގައިވެސް ޞަދްރުގެ ނުފޫޒު ގަދައެވެ. އޭނާގެ ގިނަ ސަޕޯޓަރުންތަކެއް، ދައުލަތުގެ އިސް މަގާމުތަކުގައި އެބަތިއްބެވެ. އެމެރިކާއާއި އީރާނުގެ ނުފޫޒުން ގައުމު ސަލާމަތް ކުރުމަކީ، ގައުމިއްޔަތުގެ ދަރިއެއްގެ ގޮތުގައި ޞަދްރު ޕްރޮމޯޓް ކުރާ ޝިއާރެކެވެ.

ކަން މިހެން އޮތް އިރު ޝީއީންގެ އިދިކޮޅު ވާދަވެރިން ވަނީ ކޯޑިނޭޝަން ފްރޭމްވަރކްގެ ނަމުގައި އިއްތިހާދެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި އީރާނުގެ ސަރުކާރަށް އެއްބާރުލުން ދޭ ސިޔާސީ ޝަހްސުންގެ ގޮތުގައި ސިފަ ކުރާ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް-މާލިކީގެ އިތުރުން އީރާނުން ތަމްރީނު ލިބިފައިވާ ޕެރަމިލިޓްރީ ފައުޖުތައް ހިމެނެއެވެ.

އޭގެ ގިނަ ގުރޫޕުތައް އީރާނާއި ގުޅިފައި ވަނީ ސައްދާމް ހުސައިންއާ ދެކޮޅަށް ހަރަކާތްތެރިވި ޝީއީ ހަނގުރާމަވެރިންނަށް އީރާނުން އެއްބާރުލުން ދިން، އީރާން-އިރާގު ހަނގުރާމައިގެ ދުވަސްވަރާއެވެ.

ކޮންމެ ބަޔަކުވެސް ދަނީ، އަނެއް ބަޔަކަށް ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި އަމާޒު ކުރަމުންނެވެ.

މައްސަލަ ހޫނުވާން ފެށީ އޮކްޓޯބަރު 2021 ގައި ކުރިއަށް ގެންދިޔަ އާންމު އިންތިޚާބަށް ފަހުގައެވެ. މަޖިލީހުގެ 329 ގޮނޑިއަކަށް މެންބަރުން ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޞަދްރަށް 74 ގޮނޑި ކާމިޔާބުވިއެވެ. އެއީ މަޖިލީހުގައި އޮތް އެންމެ ބޮޑު ފެކްޝަނަށް ވިއެވެ. އީރާނުގެ ތާއީދު އޮތް ފެކްޝަންތަކަށް ލިބުނު ގޮނޑީގެ އަދަދު 48 އިން 17 އަށް މަދުވިއެވެ.

ކޯޓު މެދުވެރިކޮށް ވޯޓުގެ ނަތީޖާ ބާތިލުކުރުމަށް އީރާނުގެ ތާއީދު އޮތް ފެކްޝަންތައް ފެއިލްވުމުން ދެން މިސްރާބު ޖެހީ ސަރުކާރެއް އެކުލަވާލުމަށް ޞަދްރު ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އެޅުމަށެވެ. ސަރުކާރު އެކުލަވާލުމަށް ޞަދްރު މަސައްކަތް ކުރަމުން ދިޔައީ ކުރުދީންނާއި ސުންނީ އަރަބި ބައިވެރިންނާ އެކުގައެވެ. ނަމަވެސް އީރާން ސަރުކާރުގެ އެއްބާރުލުން ތިބޭ ގުރޫޕުތައް ބާކީ ކޮށްފައެވެ.

މަޖިލީހުގައި ލިބުނު ގޮނޑީގެ އަދަދު މަދުވި ކަމުގައިވީ ނަމަވެސް އީރާނުގެ ތާއީދު އޮތް ގުރޫޕުތަކުން ދިޔައީ އެކި ގޮތް ގޮތުން ޞަދްރަށް ޖެއްސުން ކުރަމުންނެވެ. އެގޮތުން ސަރުކާރެއް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ ދައުލަތުގެ ވެރިއަކު ހޮވުމަށް މަޖިލީހަށް ބޭނުންވާ 3 ބައިކުޅަ 2 ބައިގެ ކޯރަމް ހަމަކުރުމަށް އެ ގުރޫޕުތަކުން ހުރަސް އަޅަމުން ދިޔައެވެ.

ސަރުކާރު އެކުލަވާލުމަށް ގޮންޖެހުންތަކާ ކުރިމަތިވެ، ކޮޅެއްގައި ޖެހޭ ގޮތް ނުވުމުން ޞަދްރު ވަނީ އޭނާގެ މަޖިލީސް މެންބަރުން މަގާމުން އިސްތިއުފާ ދިނުމަށް ޖޫން މަހު އިރުޝާދު ދީފައެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ގޮނޑިތަކެއް ކޯޑިނޭޝަން ފްރޭމްވޯކަށް ލިބުނެވެ. މާނައަކީ އެ ފެކްޝަނުން ޚިޔާރު ކުރާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ފަހިވުމެވެ. ނަމަވެސް ޞަދްރުގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތެވެ.

އަލުން އަނބުރާ ގައުމުގެ ހުންގާނެ ނެންގެވުމުގެ ރޫޙުގައި ޞަދްރުގެ ސިޔާސީ ވާދަވެރިޔާ މާލިކީ ތެދުވެވަޑައިގަތެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް ފައި ވިއްދަވައިގެންނެވެ. އިރާގުގެ ސިޔާސީ ނިޒާމު އޮންނަ ގޮތުން އެއީ ޝީއީއަކަށް އޮންނަންޖެހޭ މަގާމެކެވެ. ޓްވިޓާގައި ޞަދްރު ފާޑުކިއުމާއެކު، މާލިކީ ނަން އަނބުރާ ގެންދެވިއެވެ.

ޞަދްރުގެ ވާދަވެރިން އަނެއްކާވެސް އެހެން ކެންޑިޑޭޓެއްގެ ނަން ހުށަހެޅިއެވެ. މުޙައްމަދު ޝިޔާ އަލް-ސޫދާނީއެވެ. ޞަދްރުގެ ސަޕޯޓަރުން ދެކޭ ގޮތުގައި އެއީ މާލިކީއަށް އެއްބާރުލުން ދޭ ކެންޑިޑޭޓެކެވެ. އެކަން ވީ، ޞަދްރުގެ ސަޕޯޓަރުންގެ މެދުގައި ޖަމާވަމުން ދިޔަ ނަފުރަތުގެ ދަރުތަކުގައި ޖެހުނު އަލިފާން ކޮޅަށެވެ. ނަފްރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ.

އިރާގުގައި ސަރުކާރެއް ނެތްތާ މިހާރު 9 މަސްދުވަސް ފާއިތުވީއެވެ. މިއީ ސައްދާމްގެ ވެރިކަމަށް ފަހު އިރާގުގައި ސަރުކާރެއް ނެތި  މިހާ ދުވަސް ފާއިތުވީ ފުރަތަމަ ފަހަރެވެ.

މީގެ 5 އަހަރު ދުވަސް ކުރިން އައިސިސް ޖަމާއަތް ބަލި ކުރެވިފައި އޮތުމާއި، ތެލުގެ މުއްސަނދިކަން ލިބިފައި އޮތެއް ކަމަކު، ސަރުކާރެއް ނެތުމަކީ މިހާރުވެސް އެތައް ތަކުލީފެއް އުފުލަމުންދާ އިރާގުގެ ރައްޔިތުންގެ ރިހޭ ފައި މައްޗަށް ވެއްޓިފައި އޮތް ބަރު ފޮއެކެވެ. އާންމު ހިދުމަތްތަކުގެ ފެންވަރު އިންތިހާއަށް ދަށެވެ. އިންތިހާ ފަޤީރުކަން ވަނީ ފެތުރިފައެވެ. ވަޒީފާ ނުލިބުމުގެ މައްސަލަ އެހާމެ ބޮޑެވެ.

ދުނިޔޭގެ ބާޒާރުގައި، ސާފު ނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލި، އިރާގުގެ އާމްދަނީ ރެކޯޑް މިންވަރަކަށް އުފުލުނު ކަމުގައި ވީ ނަމަވެސް 2022 ވަނަ އަހަރުގެ ސަރުކާރުގެ ބަޖެޓެއް ނެތެވެ. އެ ގައުމަށް ކޮންމެހެން ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިގުތިސޯދީ އިސްލާހީ ބަދަލުތައް ތަންފީޒު ކުރުން ވަނީ ފަސްކޮށްފައެވެ.

އިރާގުގެ އާންމު ރައްޔިތުންނަށް ބަލާއިރު، އުފުލަން ޖެހޭ ތަކުލީފުތައް ކުޑައެއް ނޫނެވެ. ފެނާއި ކަރަންޓުގެ ކަށަވަރު ހިދުމަތެއް ނުލިބެއެވެ. ވޯލްޑް ފުޑް ޕްރޮގްރާމްއިން ބުނާ ގޮތުގައި 39 މިލިއަން މީހުންގެ އާބާދީއެއް އޮތް އިރާގުގައި ކާބޯތަކެއްޗާއި ދިރިއުޅުމުގެ އެކި ކަންކަމަށް އެހީ ބޭނުން ވެފައިވާ މީހުންގެ އަދަދު 2.4 މިލިއަނަށް އަރައެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލުމާއި، ހަނަފަސްކަމާއި، އައިސިސްގެ ނުފޫޒު އަނެއްކާވެސް ގަދަވުން ފަދަ މައްސަލަތަކަށް ސަމާލުކަން ދެވޭ ގޮތް ނުވެ، ނަޒަރު ހުއްޓިފައި ވަނީ ސިޔާސީ މަސްރަހަށެވެ.

އިރާގުގެ ސަރުކާރު ހިންގެވުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވީ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު މުސްޠަފާ އަލް-ޤަދީމީއެވެ.

ކޯޑިނޭޝަން ފްރޭމްވޯކްއަށް ތާއީދު ކުރާ ފަރާތްތަކުން  މަގުތަކަށް ނުކުތުމަށް ގޮވާލި ގޮވާލުމާއެކު ކުރިމަތިލުންތަކެއް ހިންގަފާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔައެވެ. ނަމަވެސް ފަހުން، އެ އިހުތިޖާޖު ކެންސަލް ކުރިއެވެ.

އދ. އިންވެސް ވަނީ އިރާގުގެ މަސްރަހު ފިނިކުރަން ގޮވާލާފައެވެ. ކުރިއަށް އޮތް ތަނުގައި ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކާ، ހިކުމަތްތެރި ވިސްނުން އިސް ކުރުމަށްވެސް އދ. އިން ވަނީ އިރާގަށް ގޮވާލާފައެވެ. އިރާގުގެ ގިނަ އަދަދެއްގެ ލީޑަރުންވެސް ވަނީ މަދަނީ ސުލްހަ ދަމަހައްޓަން ގޮވާލައްވާފައެވެ.

ޚުދު ޞަދްރުވެސް ވަނީ ސިޔާސީ ހަރަކާތްތައް ސުލްހަވެރި ކުރާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް ޕީސް ބްރިގޭޑްސްގެ ތާއީދު އޮތުމާއި، ޞަދްރަށް ތާއީދު ކުރާ މަދަނީ ގިނަ ފަރުދުންނަކީވެސް ހަތިޔާރު ގެންގުޅޭ ބައެއް ކަމުން، ކުރިމަތިލުމެއްގެ ބިރު އޮންނަނީ ތާ އަބަދުމެ ހީވެހީވެއެވެ.

އިރާގުގައި އުފެދޭ ހަމަނުޖެހުމެއްގެ އަސަރު އީރާނަށްވެސް ފޯރާނެއެވެ. ކަން މިހެން އޮތް އިރު، އިރާގުގެ މަސްރަހުގައި މިހާރު ކަން ހިނގަމުން ދާ މެދު އީރާނުގެ ސަރުކާރު އަދި އޮތީ ހިމެނޭނުންނެވެ.

އިރާގުއިރާޤުގެ ސިޔާސީ މަސްރަހު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު