Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނެންސީ ޕެލޯސީގެ ދަތުރު

ނެންސީ ޕެލޯސީ އޭޝިޔާއަށް، ޓައިވާން ހިމެނޭކަމެއް އަދި ނޭނގެ

31 ޖުލައި 2022 | އާދީއްތަ 13:28

ނެންސީ ޕެލޯސީއަކީ ވެރިކަމުގެ ބާރުގެގޮތުން ތިންވަނައަށް އެންމެ އިސް ފަރާތް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 31 ޖުލައި 2022 | އާދީއްތަ 13:28
ނެންސީ ޕެލޯސީ - ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ

ނެންސީ ޕެލޯސީ - ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ އޭޝިޔާ ބައެއްގައުމުތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާކަން އެކަމަނާގެ އޮފީހުން އިއުލާންކޮށްފިއެވެ. ޕެލޯސީގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދަތުރުގައި އެކަމަނާ ވަޑައިގަތުމަށް އަދި ހަމަ ޖެހިފައިވަނީ ސިންގަޕޯރ، މެލޭޝިޔާ، ދެކުނު ކޮރެޔާ، އަދި ޖަޕާނަށްކަމަށެވެ. ޕެލޯސީ ހަމަ މިސަރަހައްދުގައި ހިމެނޭ ޓައިވާނަށް ދަތުރުފުޅެއް ކުރައްވަން އުޅުއްވާކަމަށް ވަރަށް ބޮޑަށް އަޑުއަރާފައި އޮތްނަމަވެސް، މިފަހަރު ވަޑައިގަންނަވާ ގައުމުތަކުގެ ލިސްޓުގައި ޓައިވާނުގެ ނަމެއް ނުހިމެނެއެވެ.

ޗައިނާއިން ދައުވާކުރަމުން އަންނަނީ ޓައިވާނަކީ އެގައުގެ ތަނެއްކަމަށެވެ. އަދި ޕެލޯސީ ޓައިވާނަށް ދަތުރުފުޅެއް ކުރައްވައިފިނަމަ ސީރިއަސް ކަންތައްތަކެއް ހިނގާނެކަމަށް ޗައިނާއިން ނިމުނު ހަފްތާގައި އިންޒާރުދީފައިވެއެވެ.

ފާއިތުވި 25 އަހަރުވެސް އެމެރިކާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅަކު ޓައިވާނަށް ވަޑައިގެންފައެއްނުވެއެވެ.

މިފަހަރުގެ ދަތުރުފުޅާބެހޭގޮތުން ނެންސީ ޕެލޯސީ ކުރެއްވި ޓްވީޓްގައި ވަނީ; ކޮންގްރެސްގެ ހަ ބޭފުޅުން ހިމެނޭ ވަފުދަކާއެކު ފައްޓަވާ ދަތުރުފުޅުގެ ބޭނުމަކީ، އޭޝިޔާ ސަރަހައްދުގައިވާ އެމެރިކާގެ ރަހުމަތްތެރި ގައުމުތަކަށް އެމެރިކާއިން ކުރާ ދެގޮތެއްނުވާ ތާއީދު އިތުރަށް ޔަގީންކޮށްދިނުންކަމުގައެވެ.

މިދަތުރުފުޅުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވޭނީ; ސެކިއުރިޓީ، އިކޮނޮމިކް ޕާޓްނަރޝިޕް، އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި ޑިމޮކްރެޓިކް ގަވަނަންސް އޮތް ހާލަތާބެހޭގޮތުން ކަމަށް ޕެލޯސީގެ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން ޓްރޭޑް، މޫސުމަށް އަންނަ ބަދަލުތައް، އަދި އިންސާނީ ހައްގުތަކުގެ މައްސަލައާ ގުޅޭގޮތުންވެސް ވާހަކަތައް ކުރިޔަށްދާނެކަމަށް އޮފިޝަލުން ހާމަކުރެއެވެ.  

ޕެލޯސީ އެޕްރީލް މަހު ޓައިވާނަށް ދަތުރުފުޅެއް ކުރައްވަން މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން އެދަތުރުފުޅު ކެންސަލްކުރެއްވީއެވެ. ނެންސީ ޕެލޯސީއަކީ އެމެރިކާގެ ވެރިކަމުގެ ބާރުގެ ގޮތުން، ރައީސް ޖޯ ބައިޑަންއާއި ނާއިބު ރައީސް ކަމަލާ ހެރިސްއަށްފަހު ތިންވަނައަށް އެންމެ އިސް ފަރާތެވެ.

އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
29 ނޮވެމްބަރު 2025

ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

29 ނޮވެމްބަރު 2025
ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ
27 ނޮވެމްބަރު 2025

ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

27 ނޮވެމްބަރު 2025
ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި
26 ނޮވެމްބަރު 2025

ވީ އެންމެ އަވަސް ފުރުސަތެއްގައި ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ

26 ނޮވެމްބަރު 2025
ވީ އެންމެ އަވަސް ފުރުސަތެއްގައި ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ
07 ނޮވެމްބަރު 2025

ބައިނަލްއަގްވާމީ ޣައްޒާ ފޯސް މެންޑޭޓާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި

07 ނޮވެމްބަރު 2025
ބައިނަލްއަގްވާމީ ޣައްޒާ ފޯސް މެންޑޭޓާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި
04 ނޮވެމްބަރު 2025

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޗެނީ އަވަހާރަ ވެއްޖެ

04 ނޮވެމްބަރު 2025
އެމެރިކާގެ ކުރީގެ ނައިބު ރައީސް ޗެނީ އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް