Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސާފު ބޯފެނުގެ ނިޒާމް

2015ން 2018ށް ރަށްރަށުގައި ހިންގާފައިވާ ފެނުގެ މަޝްރޫއުތައް އެންމެ އެކަށީގެންވާގޮތުގައި ތަންފީޒުކޮށްފައެއްނުވޭ – އޮޑިޓް

2015ން 2018ށް ހިންގާފައިވާ 18 މަޝްރޫއުގެ ތެރެއިން %94 މަޝްރޫއުގެ މުއްދަތު އިތުރުކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޖުލައި 2022 | އާދީއްތަ 10:20
ރަށެއްގައި ބަހައްޓާފައި ހުރި ފެން ޕްލާންޓެއް

ރަށެއްގައި ބަހައްޓާފައި ހުރި ފެން ޕްލާންޓެއް

ވާރޭ ފެން ނަގާ ރައްކާކުރާ ނިޒާމް ގާއިމްކުރުމަށް އެކި ރަށްރަށުގައި ހިންގާފައިވާ މަޝްރޫއުތައް އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުކޮށްފައި ނުވާކަމަށް, ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމާގުޅޭ ޕަރޕޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ، ވާރޭފެން ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ހިންގާފައިވާ މަޝްރޫއުތަކަށް އެކަށީގެންވާވަރަށްވުރެ ދިގު މުއްދަތެއް އިތުރުކޮށްދީފައިވާކަމަށެވެ. އެގޮތުން ވާރޭފެން ނަގާ ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ބީލަން ހުށަހަޅާފައިވާ ކޮންޓްރެކްޓަރުން، އެވްރެޖްކޮށް 72 ދުވަހުގެތެރޭގައި މަސައްކަތް ނިންމޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެކިއެކި ކޮންޓްރެކްޓަރުންނާއެކު ހެދިފައިވާ އެއްބަސްވުންތަކުގައި އެންމެ ކުރު މުއްދަތެއްގެ ގޮތުގައި 30 ދުވަސް، އަދި އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 90 ދުވަސް ހިމަނާފައިވާކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، 2015ން 2018 ވަނަ އަހަރަށް ހިންގާފައިވާ 18 މަޝްރޫއުގެ ތެރެއިން 94 އިންސައްތަ މަޝްރޫއުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށާއި، މުއްދަތު އިތުރުކޮށްނުދީ މަސައްކަތް ނިންމާލެވިފައިވަނީ އެންމެ މަޝްރޫއެއްގައިކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އަދި، 28 އިންސައްތަ މަޝްރޫއަށް، ފުރަތަމަ އެއްބަސްވި މުއްދަތަށްވުރެ 3 ގުނަ އިތުރަށް މުއްދަތު ދީފައިވާކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

އޮޑިޓްގައި ބުނެފައިވަނީ މަޝްރޫއާގުޅޭ ލިޔުންތަކުން ފާހަގަވެފައިވާގޮތުގައި، މުއްދަތު އިތުރުކުރަންޖެހިފައިވަނީ މަސައްކަތުގެ ކުރެހުމަށް ރަށު ކައުންސިލް އިދާރާތަކުން ގެނައި ބަދަލު ގެނައުމަށް އިތުރު ދުވަސް ބޭނުންވާތީއާއި، ތާނގީތައް ބަހައްޓަން ހަދާ ސްޓޭޝަނާއި ސިމެންތީގެ އެހެނިހެން މަސައްކަތް ކުރުމަށް ރާވާފައިވާ ދުވަސްތަކުގައި މޫސުން ގޯސްވެ ވިއްސާރަ ވުމުންނާއި، އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ކައުންސިލް އިދާރާއާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ގެންނަން ފެނުނު ބަދަލުތައް ގެނައުމާ ގުޅިގެންކަމަށް ލިޔެކިޔުންތަކުން ދައްކާކަމަށެވެ.

އަދި، މަސައްކަތްކުރުމަށް ބޭނުންވާ މެޓީރިއަލް ނުވަތަ ސާމާނުތައް މާލެއިން ގެނައުމަށް ގިނަ ދުވަސްތަކެއް ހޭދަވުމާއި، ކަސްޓަމްސްއިން މުދާ ކްލިއަރކޮށް މަޝްރޫއު ހިނގާ ސައިޓާހަމައަށް މެޓީރިއަލް ފޯރުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށް ކޮންޓްރެކްޓަރުގެ ފަރާތުން މިނިސްޓްރީއާއެކު ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުންވެސް ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ އެތައް ގުނައެއް އިތުރުކޮށްދިނުމަކީ، މަޝްރޫއުތަކަށް ހޭދަވާނެ މުއްދަތު ދިރާސާނުކޮށް މަޝްރޫއުތަކުގެ މުއްދަތު އެކުލަވާލާފައިވާކަމުގެ ހެތްކެއްކަމަށާއި، ކޮންޓްރެކްޓަރަށް ދިމާވާ އެކިއެކި މައްސަލައާ ގުޅިގެން ހުށަހަޅާ ލިޔުންތަކަށް ރިއާޔަތްކޮށް އެއްބަސްވެފައިވާ މުއްދަތުތަކަށް ބަދަލު ގެނައުމަކީ ބީލަންތަކުގައި މަސައްކަތް ނިންމަން ހިމަނާފައިވާ މުއްދަތު މުރާޖައާކޮށް، ބަދަލުގެންނަން ޖެހޭކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ސާފު ބޯފެންއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު