Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށި ދުވަސް

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

21 ވަނަ ގަރުނުގައި ސާފު ބޯފެން ނުލިބުމަކީ ލަދުވެތިވާން ޖެހޭ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2025 | ހުކުރު 08:47
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

"ހޯރަފުށީ ދުވަސް" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވި އިރު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެއިރު އޮތީ މުޅި ރާއްޖެ ތަރައްގީކުރުމުގެ ބުރަ ބޮޑު ބިޔަ މަސައްކަތް ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ 21 ވަނަ ގަރުނަށް އެޅިގެން އައި އިރުގައި ސާފު ބޯފެން ނުލިބޭ ބުނީމަ އެއީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. ދިވެހިރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެކޭ ކިޔާ ފަހުރުވެރިކަމާއެކު އެވާހަކަ ދައްކާ އިރުގައި ރަނގަޅަށް ގައިންތާހިރުވާނެ ގޮތެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި، ނަރުދަމާގެ ހިދުމަތްދޭނެ ވާހަކަ ދެއްކުމުން، އެކަމަށް ޖޯކުޖެހި މީހުން ވެސް ތިބި ކަމަށެވެ.

އެމެރިކާގައި އެބަތިބި ގާތްގަނޑަކަށް 10 އިންސައްތަ މީހުން ސާފު ބޯފެން ނުލިބޭ، ކީއްކުރަންހޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ދޭންވީ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދެކެވުނު ވާހަކަ. އަޅުގަނޑު ދަންނަވާނީ ބޭރުގައުމަކުން މިސާލެއް ނަގާނަމަ ނަގަންޖެހޭނީ އެެތަނެއްގައި ހުރި ރަނގަޅު ކަންތައްތަކެއްގެ ވާހަކަ އިން. އެމެރިކާގައި ތިބި ރައްޔިތުންނަށް ސާފު ބޯފެން ނުލިބުނީމާ އޭގެ މާނައަކީ އަޅުގަނޑުމެން އެކަން ނުކޮށްތިބެންވީކީއެއް ނޫން. އަޅުގަނޑު މަސައްކަތް ކުރީ އެގޮތަށް. އިރާދަކުރެއްވިއްޔާ މިއަދު މިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތް ދިނުމަށްޓަކައި ފަށައިގަނެވި ވަރަށް ގިނަ ރައްޔިތުންނަށް އެ ހިދުމަތް ލިބެން ފަށާފައި. އަޅުގަނޑުމެންނަށް ވެރިކަން ލިބޭނެ ގޮތް މެދުވެރި ނުވީ، ﷲ ގެ ރަހުމަތުން މިއަދު ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އެ ހިދުމަތް ލިބިގަނެގެން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ހޯރަފުށީ މަގާއި އެއަރޕޯޓާއި ޓާމިނަލް އަދި އެނޫން ވެސް ތަރައްގީއަކީ ހަމަ ހުރެފައި ހިނގި ކަމެއް ނޫން ކަމަށެވެ. އެއީ ރާއްޖެ ތަރައްގީކުރަން ބޭނުންވީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށާއި، އެމްޑީޕީއާ ހަމައަށް ރާއްޖެ އައި އިރު އޮތީ މާލެ ވަށާ އިގްތިސާދެއް ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ފަތުރުވެރިކަން ރާއްޖެއަށް ތާރަފުވުމާއެކު ތަރައްގީވެ އިގްތިސާދު ކުރިއަރައިގެން ދިޔައީ މާލެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެއަށް ދިމާވެފައިވާ އުނދަގުލުން ސަލާމަތްވާނީ މާލެ އެކަނި ތަރައްގީކޮށްގެން ނޫން ކަމަށާއި، މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހޯރަފުށިސާފު ބޯފެންނަރުދަމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު