Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯފެނުގެ މަޝްރޫއު

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ފެނުގެ ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވޭ – އޮޑިޓް

ގއ. ކަނޑުހުޅުދޫގައި ވާރޭފެން ރައްކާކުރާ ނިޒާމުގެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އަމަލީ މަސައްކަތް ފެށިފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޖުލައި 2022 | އާދީއްތަ 10:16
ރަށެއްގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓެއް

ރަށެއްގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓެއް

2018 ވަނަ އަހަރުގެ ފަހުކޮޅުގައި ގއ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރަން ނިންމާފައިވާ ފެނުގެ މަޝްރޫއު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިފައިވާ ކަމަށް ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމާ ގުޅޭ ޕަރޕޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މި އޮޑިޓްގައި ބުނެފައިވަނީ ގއ. ގެމަނަފުށީގައި މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އަމިއްލަ ފަރާތަކާ ދެމެދު 999،985 (ނުވަ ސަތޭކަ ނުވަދިހަ ނުވަ ހާސް ނުވަ ސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާގެ އެއްބަސްވުމެއްގައި 03 އޮކްޓޫބަރު 2018 ގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން، 90 ދުވަހުގެ ތެރޭގައި (30 އޮކްޓޫބަރު 2018 އިން 01 ޖަނަވަރީ 2019) މަޝްރޫއު ނިންމައި މިނިސްޓްރީއާ ހަވާލުކުރުމަށް އެއްބަސްވެފައި ވީނަމަވެސް، ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން 30 ދުވަސް އިތުރުކޮށް (31 ޖެނުއަރީ 2019) ގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާލުމަށް އެއްބަސްވުން އައުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، އިތުރުކުރި މުއްދަތުގެ ފަހުން ގާތްގަނޑަކަށް 540 ދުވަސް (ޖުލައި 2020 ގެ ނިޔަލަށް) ވެފައިވާއިރު ވެސް ކުރިއަށްގޮސްފައިވަނީ އަމަލީ މަސައްކަތުގެ 40 އިންސައްތަކަން ފާހަގަކޮށްފައިވެއެވެ. އަދި ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި، މަސައްކަތް ނުކޮށް ހުއްޓިފައި ގިނަދުވަސްތަކެއްވުމާއި އެކި ފަހަރު މަތިން ކޮންޓްރެކްޓަރަށް މަސައްކަތް ނިންމުމަށް އަދި ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް އެންގުމުންވެސް މުއްދަތު އިތުރުކުރުމަށް ބޭނުންވާ ދުވަސް ބަޔާންކޮށް ލިޔެކިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ކޮންޓްރެކްޓު ބާތިލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ގއ. ކަނޑުހުޅުދޫގައި ވާރޭފެން ރައްކާކުރާ ނިޒާމު ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓަރާއެކު އެއްބަސްވުން އެކުލަވާލުމަށްފަހު، މަޝްރޫއު ނިންމަން އެއްބަސްވެފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި މި މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 26 މާރޗް 2019 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ފޮނުވާފައިވާ ސިޓީއިން ދަންނަވާފައިވާ ކަމަށް ބުނެފައިވެއެވެ.

 ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޭނުންޖެހޭ ރަށްތައް ކަނޑައަޅައި، ޓެންޑަރ ކުރުމަށް އެތައް ދުވަހެއް ހޭދަކޮށް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ގިނަ ދުވަސް ތަކެއް މަޝްރޫއު ނިންމުމަށް ހޭދަވުމަކީ ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތް ލިބުން ލަސްވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި އެ މުއްދަތުގައި ރަށްތަކުން ބޯފެން ހުސްވެއްޖެނަމަ، ސަރުކާރުން ފެން ފޯރުކޮށްދިނުމަށް ބޮޑު ޚަރަދެއްކުރަން ޖެހުމަކީ އެއް މައްސަލައަކަށް ދެ ޚަރަދު ކުރަން ޖެހުން ކަމުގައި އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ލަފާދީފައިވާ ގޮތަކީ މަޝްރޫއުތަކުގެ މުއްދަތު ކަނޑައެޅުމުގައި ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުން ލިބިފައިވާ ތަޖުރިބާއަށް ރިއާޔަތްކޮށް މުއްދަތު ކަނޑައެޅުމަށާއި މަޝްރޫއުތައް ތަންފީޒީ މަރުހަލާތަކުގައި މޮނިޓަރކުރުން ހަރުދަނާކުރުމެވެ. އަދި ރައްޔިތުންނަށް މުހިއްމު މައްސަލައަކަށް ހައްލުހޯދައި ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައް ކާމިޔާބުކުރާ ފަރާތްތަކަކީ މަޝްރޫއު ހިންގުމުގެ ތަޖްރިބާއާއި ގާބިލުކަން ލިބިފައިވާ ކުންފުނިތަކެއްކަން ކަށަވަރުކުރެވޭނެ ގޮތަށް އިވެލުއޭޓުކޮށް ހޮވާފައިވާ ފަރާތްތަކެއްކަން ކަށަވަރު ކުރުން ހިމެނެއެވެ.

މީގެ އިތުރުން މަޝްރޫއުތަކުގެ މަސައްކަތް ލަސްވާނަމަ އޭގެ ސަބަބުތައް ހޯދައި، ދުރާލައި ފިޔަވަޅު އެޅުމަށާއި ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށާއި، ކުރިއަށްހުރި މަޝްރޫއުތަކުގެ ރޭވުމުގެ މަރުހަލާގައި ވެސް ރަށްރަށުގެ ކައުންސިލު އިދާރާތަކާއި ރައްޔިތުންގެ ބައިވެރިކުރުން އިތުރުކުރުމަށާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން މަޝްރޫއުތައް ހިންގާ ބެލެހެއްޓުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ދަންނަވަން ހިމެނެއެވެ.

ސާފު ބޯފެންއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު