Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ ކޯޅުން

އެމްޑީޕީ މެމްބަރުންގެ ލޮލުން ކަރުނަ އޮހޮރޭ ހިސާބަށް މިއަދު ކަންކަން ގޮސްފި: ރީކޯ މޫސާ

31 ޖުލައި 2022 | އާދީއްތަ 08:08

ޕާޓީގެ ލީޑަރޝިޕްގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2022 | އާދީއްތަ 08:08
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ)

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ)

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު މެމްބަރުންގެ ލޮލުން ކަރުނަ އޮހޮރޭ ހިސާބަށް މިއަދު ކަންކަން ގޮސްފަައިވާކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕްގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށެވެ. އެގޮތުން ވާހަކަ ދައްކައިގެން ޙައްލު ނުވާ ހިސާބުން ފިޔަވަޅު އެޅުމަކީ މީގެ ކުރިންވެސް އެމްޑީޕީން އަމަލު ކުރަމުން އައިސްފައިވާ ގޮތެއްކަން މޫސަ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ޕާޓީގެ ލީޑަރޝިޕުން ހިތްހަމަނުޖެހުމުން ޕާޓީގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތައް މަޤާމުން ވަކި ކުރައްވާފައިވާކަމަށް މޫސަ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު، އެމްޑީޕީގެ ލީޑަރޝިޕުން މިކަންކަމަށް ޙައްލުތަކެއް ގެންނާނެކަމުގެ އުއްމީދު އެބައޮތްކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ މުހިއްމު ބަޔަކީ އެމްޑީޕީގެ ގްރާސްރޫޓުކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ޕާޓީއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ކުރީގައި ތިބޭނީ އެ މެމްބަރުން ކަމަށެވެ. ވީއިރު އެމްޑީޕީއަށް މުހިއްމުވާން ޖެހޭނީ ޕާޓީއަށް ލޮޅުން އެރިޔަ ނުދީ ހިފެހެއްޓުންކަންވެސް މޫސަ ފާހަގަ ކުރެއްވިއެވެ.

މިހާރު ދިމާވެގެން މި އުޅޭ ކަންކަމަކީ އެމްޑީޕީގެ ޤައުމީ މަޖިލީހާއި އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކައިގެން ޙައްލު ކުރެވެންޖެހޭ ކަންކަން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ޕާޓީގެ ތެރެއަށް ލޮޅުން އަންނަ ވަރަކަށް އިދިކޮޅުން އެކަމުގެ އުފާ ފާޅު ކުރާނެ ކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު ޕާޓީ ތެރޭގައިވެސް އެހާމެ މައްސަލަތައް އުޅޭނެކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު ކަމަށާއި، އެމްޑީޕީ ފުނޑުފުނޑުވެގެންދާން އިދިކޮޅުން އަބަދުވެސް ވަރަށް ބޭނުންވާކަމަށެވެ. އަދި މި ދަނޑިވަޅުގައި ޕާޓީ ފުނޑުފުނޑުވެދިޔަ ނުދިނުމަށް މޫސަ ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން، މިއަދު ރާއްޖޭގެ އިދިކޮޅުގެ ރޯލު އަދާ ކުރާ މަންޒަރު ފެންނަނީ މީޑިއާއިން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ހިނގައިގެން އުޅޭ ހަމަނުޖެހުމަކީ އިދިކޮޅަށް ވަރަށް ފޯރިގަދަ ކަމަކަށް ވެދާނެ ކަމަށެވެ.

އެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް