Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޒެލެންސްކީ މީޑިޔާ ބޭނުންކުރައްވާ ގޮތް

ޒެލެންސްކީގެ ދެކަނބަލުން ވޯގް މެގަޒިންއަށް ދެއްވި ޚާއްސަ ފޮޓޯ

30 ޖުލައި 2022 | ހޮނިހިރު 12:16

އޮލޭނާ ޒެލެންސްކީއަކީ ހިތްވަރުގަދަ ކަނބަލެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 ޖުލައި 2022 | ހޮނިހިރު 12:16
ޒެލެންސްކީގެ ދެކަނބަލުން

ޒެލެންސްކީގެ ދެކަނބަލުން

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާއި އަނބިކަނބަލުން އޮލޭނާ ޒެލެންސްކީ އެންމެ ފަހުން މީޑިއާއަށް ދޫކުރެއްވި ފޮޓޯއަށް ގިނަބަޔަކު ފާޑުކިޔަމުން އެބަދެއެވެ. "ވޯގް" މެގަޒިންގެ ބޭރުގަނޑުގައި ޖަހާފައިވާ ފޮޓޯ ނަގާފައިވަނީ ލެޖެންޑަރީ ފޮޓޮގްރާފަރ އެނީ ލެއިބޮވިޓްޒްއެވެ. އެފޮޓޯއަކީ "ހިތްވަރުގަދަ ކަނބަލެއްގެ ޕޯޓްރެއިޓް" މިސުރުޚީގެ ދަށުން، އޮލޭނާ ޒެލެންސްކީއާ ބެހޭގޮތުން ވޯގް މަޖައްލާގައި ރޭޗަލް ޑޮނާޑިއޯ ގެނެސްދީފައިވާ ފީޗަރ އާޓިކަލްގައި ޖަހާފައިވާ ފޮޓޯއެވެ.

ބައެއް މީހުން ބުނާގޮތުގައި އެފަދަ "ގްލެމަރަސް" ނުވަތަ ދެއްކުންތެރި ކަންކަމަކަށް ވަގުތު ހުސްކުރެއްވުމުން، ކުރިޔަށްދާ ހަނގުރާމައިގެ ސީރިއަސްކަން ކުޑަކޮށްލައެވެ.

އެދެކަނބަލުން (ޚާއްސަކޮން ރައީސް ޒެލެންސްކީ) މީޑިޔާ އަދި ސޯޝަލް މީޑިޔާ ބޭނުންކުރައްވާގޮތަށް ގިނަ ބަޔެއްގެ ތައުރީފްވެސް ދަނީ އޮހެމުންނެވެ.

މިޗިގަން ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރަކު ވިދާޅުވިގޮތުގައި، ރައީސް ޒެލެންސްކީ އަމިއްލަފުޅަށް ނަންގަވައި ދޫކުރައްވާ ވީޑިއޯ މެސެޖްތައް ވަރަށްވެސް ބާރުގަދައެވެ. އަދި ޔޫކްރެއިނަށް ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް މިފަދަ މެސެޖްތައް އިސް ދައުރެއް އަދާކުރެއެވެ. މި މެސެޖްތަކުން ބުނާ ވާހަކައަކީ "މަވެސް މީ ކަލޭމެން ވީ ހާލެއްގައި ވާނެ، ހަމަ ކަލޭމެން ކަހަލަ މީހެކޭ" ކަމަށް ޕްރޮފެސަރު ވިދާޅުވިއެވެ.

ވޯގް ފޮޓޯއަށްވެސް ތާއީދުކުރި ގިނަބަޔަކު ބުނަނީ އެފަދަ ގްލެމަރަސް ފޮޓޯއެއް ނެންގެވުމުގެ ބޭނުންފުޅަކީ، ވޯގްއަކީ ގިނަބަޔަކަށް ފޯރާ މެގަޒިންއަކަށްވެފައި، ވޯގްގައި ޖަހާ ފޮޓޯގެ ޒަރީއާއިން ޔޫކްރެއިނަށް ތާއީދު ހޯއްދެވުމެވެ.

ރައީސް ޒެލެންސްކީގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކީއަކީ ވަރަށްވެސް ހިތްވަރުގަދަ ނަމޫނާ ބޭކަނބަލެކެވެ. ވޯގްއިން އެކަމަނާގެ ޕޯޓްރެއިޓް ގެނައީ މިސަބަބަށްޓަކައެވެ. ފިރިކަލުންގެ މަސައްކަތްޕުޅުގައި (އެއްހަމައެއްގައި ނޫންނަމަވެސް) ފަހަތް ޕުޅުގައި ހުންނަވައިގެން ބައިވެރިވެވަޑައިގަންނަވައެވެ. ރައްޔިތުންނަށް ހިތްވަރުދެއްވުމަށް އެކަމަނާވެސް މީޑިޔާ އަދި ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުންކުރައްވައެވެ. އިންސްޓަގްރާމް ބޭނުންކުރައްވައެވެ. ޓްވީޓްކުރައްވައެވެ.

ދާދިފަހުން ކުރެއްވި ޓްވީޓެއްގައިވެސް ވަނީ، ބޮމްޝެލްޓަރއެއްގައި އަލަށް އުފަންވި ތުއްތު ކުއްޖެއްގެ ފޮޓޯއެކެވެ. އަދި ލިއުއްވާފައިވެއެވެ. "ހަނގުރާމައެއް ހިނގަމުން ދިއުމާއެކުވެސް މި ތުއްތު ކުއްޖާއަށް އެހީވާނެ ޑަކްޓަރުންނާއި އެހެނިހެން މީހުން މަގުމަތިންވެސް ލިބުނެވެ. ތިޔަ ރައްޔިތުންނަކީ ހިތްވަރުގަދަ މުޖާހިދުންތަކެކެވެ. އެހެންކަމުން މި ތުއްތު ކުއްޖާވެސް ހިމާޔަތްކުރެވޭނެއެވެ."

މިފަދަ މެސެޖްތައް ދޫކުރެއްވުމަށްޓަކައި ވޯގް ފަދަ މަޖައްލާތަކަށްވެސް ފޮޓޯ ނުދެއްވަންވީ ސަބަބެއްނެތެވެ.   

ޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީ

އިތުރަށް ކިޔާލަން

05 ޖުލައި 2024

ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

05 ޖުލައި 2024
ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ
11 އޯގަސްޓު 2023

ކޮރަޕްޝަންގެ ތުހުމަތުތަކާއި އެކު ޔުކްރެއިންގެ އަސްކަރީ ރެކްރޫޓްމެންޓްގެ އިސް ހުރިހާ މީހުން މަޤާމުން ދުރުކޮށްފި

11 އޯގަސްޓު 2023
ކޮރަޕްޝަންގެ ތުހުމަތުތަކާއި އެކު ޔުކްރެއިންގެ އަސްކަރީ ރެކްރޫޓްމެންޓްގެ އިސް ހުރިހާ މީހުން މަޤާމުން ދުރުކޮށްފި
20 މެއި 2023

ޖީ7 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ހިރޯޝިމާއަށް

20 މެއި 2023
ޖީ7 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ހިރޯޝިމާއަށް
05 އެޕްރީލު 2023

ޔޫކްރެއިންގެ ރައީސް ޕޮލެންޑަށް ވަޑައިގެންފި

05 އެޕްރީލު 2023
ޔޫކްރެއިންގެ ރައީސް ޕޮލެންޑަށް ވަޑައިގެންފި
26 ފެބުރުއަރީ 2023

ރަޝިއާއަށް އިތުރަށް ޕްރެޝަރު ކުރުމަށް ޒެލެންސްކީ ގޮވާލައްވައިފި

26 ފެބުރުއަރީ 2023
ރަޝިއާއަށް އިތުރަށް ޕްރެޝަރު ކުރުމަށް ޒެލެންސްކީ ގޮވާލައްވައިފި
22 ޑިސެމްބަރު 2022

އެމެރިކާއިން ޔޫކްރެއިނާއެކު ދެމިއޮންނާނެކަމަށް ވައުދުވެ، 1.85 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ

22 ޑިސެމްބަރު 2022
އެމެރިކާއިން ޔޫކްރެއިނާއެކު ދެމިއޮންނާނެކަމަށް ވައުދުވެ، 1.85 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ
22 ޑިސެމްބަރު 2022

ޔޫކްރެއިން-އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެގައުމުގެ ރައީސުން މަޝްވަރާކުރައްވައިފި

22 ޑިސެމްބަރު 2022
ޔޫކްރެއިން-އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެގައުމުގެ ރައީސުން މަޝްވަރާކުރައްވައިފި
11 ޑިސެމްބަރު 2022

ރަޝިއާ އިން ޔުކްރެއިންގެ ބަޙްމޫތް ސިޓީ ސުންނާފަތިކޮށްފި : ޔުކްރެއިންގެ ރައީސް

11 ޑިސެމްބަރު 2022
ރަޝިއާ އިން ޔުކްރެއިންގެ ބަޙްމޫތް ސިޓީ ސުންނާފަތިކޮށްފި : ޔުކްރެއިންގެ ރައީސް
14 އޮކްޓޯބަރު 2022

ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި

14 އޮކްޓޯބަރު 2022
ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި
11 އޮކްޓޯބަރު 2022

ރަޝިއާއިން ފޮނުވި 84 މިސައިލުގެ ތެރެއިން 43 މިސައިލް ވައްޓާލެވުނު: ޒެލެންސްކީ

11 އޮކްޓޯބަރު 2022
ރަޝިއާއިން ފޮނުވި 84 މިސައިލުގެ ތެރެއިން 43 މިސައިލް ވައްޓާލެވުނު: ޒެލެންސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް