Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއެސްގެ ވަނަ އަހަރީ ދުވަސް

އީޕީއެސްގެ 54 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މުސްކުޅި ދަރިވަރުންނަށް ހާއްސަ ހަރަކާތެއް

29 ޖުލައި 2022 | ހުކުރު 13:17

އީޕީއެސް ފައުންޑޭޝަންގެ މި ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖުލައި 2022 | ހުކުރު 13:17
އީޕީއެސް

އީޕީއެސް

އީޕީއެސް ސްކޫލް ހުޅުތާ 54 އަހަރު ފުރުން ފާހަގަ ކުރުމަށް އީޕީއެސް ފައުންޑޭޝަނުން ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އީޕީއެސްގެ މުސްކުޅި ދަރިވަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ. މިއީ އާއިލީ ހަވީރެއް ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

Advertisement - newsAdvertisement

މި ހަރަކާތާ ގުޅޭ ގޮތުން އީޕީއެސް ފައުންޑޭޝަނުގެ ރައީސް މަރިޔަމް އާދިޔާ "ރާއްޖެ ޓީވީ" އަށް ވިދާޅުވީ މިއީ އީޕީއެސްގެ ނަން ފަނޑުވިޔަ ނުދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ޒަރީއާއިން އީޕީއެސް އިން ކިޔެވި ދަރިވަރުން އެއްތަނަކުން ދިމާވެ އެކަކު އަނެކަކާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދިޔާ ވިދާޅުވީ ރާއްޖެއަށް ބޭނުންތެރި އަދި އުފެއްދުންތެރި ދަރިވަރުންތަކެއް ނެރެދިން ސްކޫލެއްގެ ނަން ފަނޑުވިޔަ ނުދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އީޕީއެސް ފައުންޑޭޝަނުން ކުރަމުންގެންދަނީ އެ މަސައްކަތް ކަމަށާއި މިހާރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އީޕީއެސް އިން ކިޔެވި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ މަތީ މަގާމުތަކުގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ. އަދި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ޑޮކްޓަރުންނާއި ޝަރުޢީ ދާއިރާގެ ބޭފުޅުންނާއި އެހެނިހެން މުހިންމު ދާއިރާތަކުގެ އިސް ބޭފުޅުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އީޕީއެސްގެ ބޭނުން ރާއްޖެއަށް މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އީޕީއެސް ފައުންޑޭޝަނުން މިދިޔަ އަހަރު ބޭއްވި "ޚިދުމަތުގެ ހަވީރު" ހަފްލާގައި ރައީސް ވިދާޅުވީ އީޕީއެސް އުފެދިގެން އައީ، ދިވެހިރާއްޖެ، ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައިކަމަށެވެ. އެއީ ދުރުވިސްނޭ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމަށް ލޯބިކުރާ އޭރުގެ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރެއްވި ވަރަށް މުހިންމު އަގުނުކުރެވޭވަރުގެ ބޮޑު ޚިދުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އީޕީއެސް ސްކޫލް އަލުން ހުޅުވުމުގެ މަސައްކަތް ވެސް އީޕީއެސް ފައުންޑޭޝަނުން އަންނަނީ ކުރަމުންނެވެ. އެ ސްކޫލް ބަންދު ކުރިއިރު އެ ސްކޫލުން ތައުލީމު ހާސިލުކޮށްގެން 26،000 އަށްވުރެ ގިނަ ދަރިވަރުން މުޖުތަމައަށް ނުކުމެފައިވާ ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

އީ.ޕީ.އެސް ފައުންޑޭޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2021

ގެއްލި ނުދަނީސް، އައު ފުރާޅެއްގެ ދަށުން ދިރުވަން ޖެހޭ: އީ.ޕީ.އެސް ފައުންޑޭޝަން

22 ޑިސެމްބަރު 2021
ގެއްލި ނުދަނީސް، އައު ފުރާޅެއްގެ ދަށުން ދިރުވަން ޖެހޭ: އީ.ޕީ.އެސް ފައުންޑޭޝަން
21 ޑިސެމްބަރު 2021

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ ތަޢުލީމާ އެކީގައި ދެވޭ ތަރުބިއްޔަތާއި ތަމްރީނުގެ ތެރެއިން: ރައީސް

21 ޑިސެމްބަރު 2021
ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ ތަޢުލީމާ އެކީގައި ދެވޭ ތަރުބިއްޔަތާއި ތަމްރީނުގެ ތެރެއިން: ރައީސް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް