Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއެސް ފައުންޑޭޝަންގެ ފަރާތުން ބޭއްވެވި ހަވީރު

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ ތަޢުލީމާ އެކީގައި ދެވޭ ތަރުބިއްޔަތާއި ތަމްރީނުގެ ތެރެއިން: ރައީސް

21 ޑިސެމްބަރު 2021 | އަންގާރަ 19:59

ރައީސް ވިދާޅުވީ ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް އަކަށް ބޭނުންވެފައި ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 19:59
އީޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން ބޭއްވެވި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅުދައްކަވަނީ

އީޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން ބޭއްވެވި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅުދައްކަވަނީ

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށް ދެވޭ ތަޢުލީމެއްގެ ސަބަބުން އެކަނި ނޫންކަމަށާއި ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން ބޭއްވެވި "ޚިދުމަތުގެ ހަވީރު" ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އީ.ޕީ.އެސް. އިން ކޮށްދިން ކަމަކީ އެއީ ކަމަށެވެ. ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކޮށް ތަމްރީނުތައްދީ މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަޤީޤަތް އެއޮތީ ސާފުކޮށް ފެންނަން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަޤްޞަދު ހާސިލު ކުރުމަށްޓަކައި އީ.ޕީ.އެސް.ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދެއްވިކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ މިއޮތީ އަނެއްކާވެސް އީ.ޕީ.އެސް އަކަށް ބޭނުންވެފައި ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ގާތްގަނޑަކަށް 52 އަހަރު ކުރިން، އީ.ޕީ.އެސް. އުފެދިގެން އައީ، ދިވެހިރާއްޖެ، ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައިކަމަށެވެ. އެއީ ދުރުވިސްނޭ، ދިވެހިރާއްޖެއަށް ހެޔޮއެދޭ، ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމަށް ލޯބިކުރާ އޭރުގެ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރެއްވި ވަރަށް މުހިންމު އަގުނުކުރެވޭވަރުގެ ބޮޑު ޚިދުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 1960ގެ އަހަރުތަކުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިކަމަށެވެ. 1960ގެ ތެރޭގައި ފެށިގެން އައިއިރުގައި، އޭރުގެ ސަރުކާރުން އިންގްލިޝް މީޑިއަމަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށްޓެވިކަމަށް ރައީސް ވިދާޅުވިއެވެ. އޭރުގެ ތައުލީމީ ހާލަތު ކިޔައިދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން އޭރު ގެންނެވި އަނެއް ބަދަލަކީ، މާލޭގެ އަވަށްތަކުގައި ހިނގަމުންދިޔަ ސްކޫލްތައް އުވާލުންކަމަށެވެ. އޭގެ ސަބަބުން މާލޭގައި ތަޢުލީމު ބޭނުންވެފައި ތިބި އެތައް ދަރިވަރުންނަކަށް، އެ ފުރުޞަތު ގެއްލިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މާލޭގައި ތައުލީމަށް ބޭނުންވެފައި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުސަތު ގެއްލުނުއިރު މާލެއަށް ރަށްރަށުން އަންނަ ކުދިންނަށްވެސް އޮތީ ވަރަށް ހަނި ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާތްގަނޑަކަށް 83 ދަރިވަރުންނާއި، 13 ޓީޗަރުންނާ އެކުގައި މުޞްޠަފާ އަމިއްލަފުޅު ގޭގައި އީޕީއެސް ފެށްޓެވިކަމަށެވެ. އީ.ޕީ.އެސް. އަށް 52 އަހަރު ފުރިގެންދާއިރުގައި، ހަތާވީސްހާހެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށް، އެކި ދާއިރާގައި މިހާރު ޚިދުމަތް ކުރަމުން އެބަގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އީޕީއެސްގައި އޭރު ކިޔަވައިދެއްވި ޓީޗަރުންނާއި ހިންގެވުމުގައި ތިއްބެވި ބޭފުޅުންގެ ހަނދާން އައު ކުރައްވާފައެވެ.

ރައީސް ސޯލިހުއީ.ޕީ.އެސް ފައުންޑޭޝަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް