Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީ.ޕީ.އެސް ދިރުވުން

ގެއްލި ނުދަނީސް، އައު ފުރާޅެއްގެ ދަށުން ދިރުވަން ޖެހޭ: އީ.ޕީ.އެސް ފައުންޑޭޝަން

22 ޑިސެމްބަރު 2021 | ބުދަ 02:33

ތައުލީމުން މަހުރޫމްކުރި އެތައް ކުދިންތަކެއް އަގުހުރި ލީޑަރުންނަށް ހަދައިދިން

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޑިސެމްބަރު 2021 | ބުދަ 02:33
ޚިދުމަތުގެ ހަވީރުގެ ހަފްލާގެ ތެރެއިން،

ޚިދުމަތުގެ ހަވީރުގެ ހަފްލާގެ ތެރެއިން،

އީ.ޕީ.އެސް މާޒިވެ ގެއްލި ނުދަނީސް، އައު ފުރާޅެއްގެ ދަށުން އެސްކޫލު އަލުން ދިރުވަން ޖެހޭ ކަމަށް އީ.ޕީ.އެސް ފައުންޑޭޝަނުން ބުނެފިއެވެ.

އީ.ޕީ.އެސް. ފައުންޑޭޝަންގެ ފަރާތުން ބޭއްވި "ޚިދުމަތުގެ ހަވީރު" ހަފްލާގައި އެ ފައުންޑޭޝަންގެ ރައީސް މަރިޔަމް އާދިޔާ ވިދާޅުވީ އީ.ޕީ.އެސް ސްކޫލަކީ ރާއްޖޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ކާމިޔާބު އަމިއްލަ ސްކޫލު ކަމަށާއި، ތައުލީމަށް މަހުރޫމް ކުރެވި، ގައުމުގައި ބާކީ ކުރެވިފައިވާ އެތައް ކުދިންތަކެއް އަގުހުރި ލީޑަރުންނަށް ބަދަލުކޮށްދިން ފަޚުރުވެރި މަންމައެއް ކަމަށެވެ.

Advertisement - newsAdvertisement

އާދިޔާ ވިދާޅުވީ އީ.ޕީ.އެސްއިން ރަސްމީ ކްލާސްތަކާއި ނުރަސްމީ ކްލާސްތަކުން ގިނަ އަދަދެއްގެ ދަރިވަރުންނަށް ފުރުސަތު ހޯދައިދީފައިވާއިރު، ގާބިލް ބަޔަކަށް ހަދައި ގައުމަށް ނެރެދިން ކަމަށާއި، މިއަދު އެކި ދިމަދިމާލުން ގައުމު ހިންގުމުގެ އިސް ލީޑަރުންގެ ގޮތުގައި ފެނިގެންދަނީ އީ.ޕީ.އެސްގެ ދަރިވަރުން ކަމަށެވެ. އެގޮތުން ގައުމުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަކީ އީ.ޕީ.އެސްގެ ދަރިވަރެއްގެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާދިޔާ ވިދާޅުވީ ތައުލީމީ ސްކޫލެއް އުފެއްދުމާއި، އެސްކޫލެއްގެ ދަރިވަރުންގެ މެދުގައި ކާމިޔާބުގެ އުސްމިންތަކަށް ވާސިލްވުމަށް ހިތްވަރު ލިބޭނެ ގޮތަށް ތަރުބިއްޔަތު ފަރުމާކޮށް ހިންގުމަކީ ވަރަށް ގިނަ އުދަނގޫތަކާއި ގޮންޖެހުންތައް ހުންނާނެ ކަމެއް ކަމަށެވެ. ނަމަވެސް އީ.ޕީ.އެސްއަކީ ކާމިޔާބު ސްކޫލެއްކަން ސާބިތު ކޮށްދީފައިވާ ކަަމަށް އާދިޔާ ވިދާޅުވިއެވެ.

އީ.ޕީ.އެސްގެ ނަން މާޒީއަށް އެކަނި ނިސްބަތްކޮށް، އެ ވާހަކަދައްކަން ޖެހިފައިވުމަކީ ދެރަ ކަމެއްކަން ފާހަގަކުރައްވައި އާދިޔާ ވިދާޅުވީ އެކަމުގައި މުޅި ގައުމު ހިތާމަ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އުފެއްދުމުގެ ގާބިލިއްޔަތާއި ރޫހު އަށަގެންފައިވާ ސްކޫލެއްގެ ޚިދުމަތް މިއަދުގެ ޖީލުތަކަށް ލިބެން ނެތުމަކީ ލިބިފައިވާ ނިކަމެތި ކަމެއް ކަމަށާއި، މިފަދަ މޮޑެލް ސްކޫލެއް އާފުރާޅެއްގެ ދަށަށް ގެނެސް ދިރުން ގެނައުމަކީ މުޅި ގައުމަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ. އަދި އީ.ޕީ.އެސް އަލުން މުޖޫދުވެގެން އައުމަކީ ގިނަ ބައެއްގެ ހުވަފެނެއް ކަމަށް އާދިޔާ ވިދާޅުވިއެވެ.

އީ.ޕީ.އެސް ފައުންޑޭޝަންގެ ފަރާތުން ބޭއްވި ޚިދުމަތުގެ ހަވީރު ހަފްލާގައި ރައީސް ވަނީ އީ.ޕީ.އެސްއަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

މި ހަފްލާގައި އީ.ޕީ.އެސްގެ 50 އަހަރުގެ ރަން ތާރީޚުގެ ދިރާސާ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އީ.ޕީ.އެސް ސްކޫލް އުފެދުމަށްފަހު ފާއިތުވި 50 އަހަރަށްވުރެ ދިގު މާޒީގައި އެ ސްކޫލުން ހަތާވީސް ހާހެއްހާ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ. އީ.ޕީ.އެސް އަކީ އެންމެ ފުރަތަމަ އިންގްލިޝް މީޑިއަމް އަށް ކިޔަވައިދޭން ފެށި އަމިއްލަ ސުކޫލެވެ.

އީ.ޕީ.އެސް ފައުންޑޭޝަނުން އެ ސްކޫލްގެ ނަން ދިރުވުމަށްޓަކައި، ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމާއި އަދި ބައެއް ހަރަކާތްތައް ހިންގަމުން ދެއެވެ.

އީ.ޕީ.އެސް ފައުންޑޭޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 ޖުލައި 2022

އީޕީއެސްގެ 54 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މުސްކުޅި ދަރިވަރުންނަށް ހާއްސަ ހަރަކާތެއް

29 ޖުލައި 2022
އީޕީއެސްގެ 54 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މުސްކުޅި ދަރިވަރުންނަށް ހާއްސަ ހަރަކާތެއް
21 ޑިސެމްބަރު 2021

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ ތަޢުލީމާ އެކީގައި ދެވޭ ތަރުބިއްޔަތާއި ތަމްރީނުގެ ތެރެއިން: ރައީސް

21 ޑިސެމްބަރު 2021
ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ ތަޢުލީމާ އެކީގައި ދެވޭ ތަރުބިއްޔަތާއި ތަމްރީނުގެ ތެރެއިން: ރައީސް
27 ފެބުރުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ

27 ފެބުރުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
23 ފެބުރުއަރީ 2017

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

23 ފެބުރުއަރީ 2017
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް