Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑިއާ މީހަކު އަމިއްލައަށް އުފެއްދި މަތިންދާބޯޓު

ލޮކްޑައުންގައި ކުރި މަސަތްކަތުން އާއިލާ ގޮވައިގެން މިހާރު އުދުހެނީ!

ޖީ-ދިޔާ" މަތިންދާބޯޓަކީ ޕައިލެޓާއެކު ޖުމުލަ 4 މީހުންގެ ޖާގައިގެ މަތިންދާބޯޓެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 ޖުލައި 2022 | ހުކުރު 12:02
މަތިންދާބޯޓު އުދުހުމުގެ ލައިސަންސް އޮންނަ ތަމަރަކްޝަންއަކީ އޭނާގެ އަމިއްލަ އަތުން އުފައްދާ މަތިންދާބޯޓެއްގައި، އާއިލާ ގޮވައިގެން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ހުވަފެންތައް ދެކެމުން ދިޔަ ޒު

މަތިންދާބޯޓު އުދުހުމުގެ ލައިސަންސް އޮންނަ ތަމަރަކްޝަންއަކީ އޭނާގެ އަމިއްލަ އަތުން އުފައްދާ މަތިންދާބޯޓެއްގައި، އާއިލާ ގޮވައިގެން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ހުވަފެންތައް ދެކެމުން ދިޔަ ޒު

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ރިޕޯޓް ކުރަން ފެށީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިގެން ދިއުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ދެލޯމަރާފައި ނަމަވެސް އެންމެ ހަރުކަށިކޮށް ތަންފީޒު ކުރަން ފެށި އެއް ފިޔަވަޅަކީ އެ ބަޔަކު ތިބި ތަނެއްގައި ބޭރަށް ނުދެވޭގޮތަށް ރަށްތައް ލޮކްޑައުން ކުރުމެވެ. ނުވަތަ ފުރަބަންދު ކުރުމެވެ. ބަލީގެ ނުރައްކާ އިންތިހާއަށް ގަދަވެގެން ދިޔަ ދުވަސްވަރު އަމިއްލަ ގެއިންވެސް ބޭރަށް ނުކުތުމަކީ އަދަބު ލިބޭ ކަމަކަށް ވިއެވެ. ހީވެސް ނުކޮށް ތިއްބާ ބިންދާލި ބަލިމަޑުކަމުގެ ރާޅުގައި ފުރަބަންދުވުމާއެކު، ހިތަށްވެސް ގެނެވިފައި ނުވާ އެތައް ކަމަކަށް ލޯތަށް ހުޅުވާލަދިނެވެ. ދިރިއުޅުމުގެ ބިޒީ ތާވަލުން ވަގުތު ނުވެގެން ނުކުރެވި ހުރި ކިތަންމެ ކަމެއް ކުރަން ފެށި މީހުންނާއި، ދުވަހަކުވެސް ކުރެވޭނެއޭ ހިތަށް ނާރާ އެތައް ކަމެއް ކުރި މީހުން އެބަ އުޅެއެވެ. 

އެފަދަ އެކަކީ، އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އިންޑިއާ ދަރިކޮޅުގެ، އުމުރުން 38 އަހަރުގެ އަޝޯކް އަލިސެރިލް ތަމަރަކްޝަންއެވެ. މެކޭނިކަލް އިންޖިނޭރެއް ކަމަށްވާ ތަމަރަކްޝަން އާއިވެސް ފުރަބަންދުގެ އަމުރު އަރާ ހަމަކުރިއެވެ. ލިބުނު ވަގުތުގެ ބޭނުން އޭނާ ހިފީ އަމިއްލައަށް މަތިންދާބޯޓެއް އުފެއްދުމަށެވެ. މަތިންދާބޯޓު އުދުހުމުގެ ޕްރައިވެޓް ލައިސަންސްވެސް އޮންނަ ތަމަރަކްޝަންއަކީ އޭނާގެ އަމިއްލަ އަތުން އުފައްދާ މަތިންދާބޯޓެއްގައި، އާއިލާ ގޮވައިގެން އެއް ތަނުން އަނެއް ދަތުރު ކުރުމުގެ ހުވަފެންތައް ދެކެމުން ދިޔަ ޒުވާނެކެވެ. ތަމަރަކްޝަން ބުނާ ގޮތުގައި އަމިއްލަ އުދުހުންތަކަށް ކުއްޔަށް ދޫކުރާ މަތިންދާބޯޓުތަކަކީ ގިނަ ދުވަސްވެ، އުދުހެން އެންމެ ރައްކާތެރި ހާލަތެއްގައި ހުރި ބޯޓުތަކެއް ނޫނެވެ. 

ކޮވިޑްގެ ލޮކްޑައުން އަމުރު އައި އިރުވެސް ތަމަރަކްޝަން އޮތީ އަމިއްލަ މަތިންދާބޯޓެއް އުފެއްދުމުގެ މަސައްކަތް ކޮންމެވެސް ސިފައެއްގައި ފަށާފައެވެ. ފޯޑް މޮޓޯ ކޮމްޕެނީގައި ވަޒީފާ އަދާ ކުރާ ތަމަރަކްޝަން ވަނީ އޭނާގެ މަސައްކަތު މާހައުލުގެ އެކުވެރިންނާއެކު އަމިއްލަ މަތިންދާބޯޓެއް އުފެއްދުމަށް ބޭނުންވާ ސަމާނަށް އޯޑަރު ދިނުމަށް ވިސްނާފައެވެ. ނަމަވެސް 2020 ގައި ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރާއެކު، އެ މަސައްކަތް ކުރަން ޖެހުނީ ތަމަރަކްޝަން އެކަންޏެވެ.

އެންމެ ހަގު އަންހެން ދަރިފުޅު، ދިޔާ ގެ ނަމުން ނަން ދީފައި ވާ ރަތް ކުލައިގެ "ޖީ-ދިޔާ" މަތިންދާބޯޓަކީ ޕައިލެޓާއެކު ޖުމުލަ 4 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ގަޑިއަކު 250 ކިލޯމީޓަރު ނުވަތަ 155 މޭލު ބާރު މިނުގައި ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓެކެވެ. 

ވައިގެ އުދުހުންތަކުގައި ބޭނުން ކުރުމުގެ ހުއްދަ ނެގުމަށްފަހު ތަމަރަކްޝަން މިހާރު ވަނީ "ޖީ-ދިޔާ"ގައި އޭނާގެ އެކުވެރިން ގޮވައިގެން ވިލާތުގެ 4 ގައުމެއް ހުރަސްކޮށް ދަތުރު ކޮށްފައެވެ. އޭނާގެ 4 މެންބަރުންގެ މައްޗަށް އެކުލެވެ އާއިލާވެސް މިހާރު އެ ބޯޓުގައި ދަތުރު ކޮށްފިއެވެ.

ޖީ-ދިޔާ"އަކީ މުނިފޫހިފިލުވާލުމަށާއި އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް ތައްޔާރު ކުރި މަތިންދާބޯޓެއް ކަމުން، އެ މަތިންދާބޯޓުން މާލީ މަންފާއެއް ހޯދުމުގެ ވިސްނުމެއް ތަމަރަކްޝަން ނުގެންގުޅެއެވެ.

"ޖީ-ދިޔާ"ގެ މަސައްކަތްތައް މުޅިން ނިންމާލުމަށް ތަމަރަކްޝަން ވަނީ، 225790 ޑޮލަރު ހަރަދު ކޮށްފައެވެ.

ޖީ-ދިޔާމެކޭނިކަލް އިންޖިނިއަރ އަޝޯކް އަލިސެރިލް ތަމަރަކްޝަންފްލައިޓް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

28 ސެޕްޓެމްބަރު 2017
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟
04 އޯގަސްޓު 2017

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
09 ޖޫން 2017

ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!

09 ޖޫން 2017
ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑު ކިޔުމުން 35 އަހަރަށް ޖަލަށް!
29 މެއި 2017

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު