Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީއާއި ބާސާގެ ގުޅުން

މެސީ އެނބުރި ބާސެލޯނާއަށް ހިނގައިދާނެތަ؟

ޕީއެސްޖީންވެސް މަސައްކަތްކުރާނީ މެސީ އެޓީމުގައި ހިފެހެއްޓުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 ޖުލައި 2022 | ބުރާސްފަތި 17:11
ލަޕޯޓާއާއި މެސީ

ލަޕޯޓާއާއި މެސީ

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ބާސެލޯނާގެ ސަޕޯޓަރުންގެ ހުވަފެނަކަށްވެފައި އޮތީ އޭނާ އެނބުރި ކްލަބާ ގުޅުމެވެ. ބާސާއިން މެސީ ދޫކޮށްލީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އުސޫލުތަކުގެ ތެރެއިން އޭނާގެ އެއްބަސްވުން އައުނުކުރެވުމުންނެވެ.

ސީނިއަރ ޓީމަށް 17 އަހަރު ޚިދުމަތްކޮށްދިން މެސީއަކީ ބާސެލޯނާގެ ތާރީޚުގައިވެސް އެޓީމަށް ކުޅެދިން އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ނަމަވެސް މެސީ ޓީމާ ވަކިވިއިރު، އޭނާއަށް އެކަށީގެންވާ ފެއަރވެލްއެއް ނުދެވޭކަމަށް ޚުދު ކްލަބުގެ ރައީސްވެސް ގަބޫލުކުރެއެވެ. ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ދާދި ފަހުން ވަނީ އެކަމާގުޅޭގޮތުން ވާހަކަވެސް ދައްކާފައެވެ.

ލަޕޯޓާ ބުނީ އޭނާގެ ނަޒަރުގައި ބާސެލޯނާއާއެކު މެސީ ލިޔަމުން ދިޔަ ސަފުހާތައް އަދި ނުނިމޭކަމަށެވެ. އަދި އަލުން ބާސެލޯނާއަށް ޚިދުމަތްކުރުމުގެ ފުރުސަތު މެސީއަށް ހުޅުވިފައިވާކަމަށެވެ. މެސީ ޓީމު ދޫކޮށްލަންޖެހުނު ގޮތަށްވުރެ ރީތިކޮށް އެކަން ކުރިއަށް ގެންދެވޭތޯ ޔަގީންކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ލަޕޯޓާ ވަނީ މެސީއާ މެދު ކަންތައް ވެގެންދިޔަ ގޮތުން ބާސެލޯނާގެ ރައީސްގެ ހައިސިއްޔަތުން އެކަމާ ދެރަވާކަމަށް ބުނެފައެވެ.

މެސީ އަލުން ކްލަބަށް ގެންދަން ލަޕޯޓާ ކިތަންމެ ބޭނުންވިނަމަވެސް މިއަންނަ ސީޒަން ފެށެންވާއިރަށް އޭނާ ބާސެލޯނާއާ ގުޅުމަކީ ނާދިރުކަމެކެވެ. ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ބާސެލޯނާ ދޫކޮށް ދާންޖެހުނު ގޮތުން ދެފަރާތުގެ ގުޅުންވެސް ވަނީ ހީނަރުވެފައެވެ. މީގެ އިތުރުން މެސީ ބޭނުންނަމަ، ދެއަހަރުގެ މުއްދަތު ހަމަވުމުން ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި އިތުރު އެއް އަހަރު މަޑުކުރެވޭނެއެވެ.

މެސީ ޕީއެސްޖީއާ ގުޅުމުން ބާސެލޯނާއަށް ގެއްލުނީ ހަމައެކަނި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެއް ނޫނެވެ. މެސީގެ ސަބަބުން ބާސެލޯނާއަށް ލިބެމުން ދިޔަ ގިނަ ސްޕޮންސަރުންތަކެއް ގެއްލި، މާލީގޮތުން ބާސެލޯނާއަށް ބޮޑު ދަތިކަމަކާ ކުރިމަތިލާންޖެހުނީއެވެ. އަނެއްކޮޅުން ޕީއެސްޖީއަށް މެސީ ބަދަލުވުމާއެކު އެޓީމަށް މުޅިން އައު ހަތް ސްޕޮންސަރުން ލިބުނެވެ. މީގެ ސަބަބުން 600 މިލިއަން ޔޫރޯގެ ފައިދާއެއް ޕީއެސްޖީއަށް ވީއިރު، މެސީއާއެކު ޕީއެސްޖީގެ ސޯޝަލް މީޑިއާ އެންގޭޖުމެންޓު ވަރަށް ބޮޑުތަން އިތުރުވިއެވެ. އެހެންކަމުން ޕީއެސްޖީންވެސް މަސައްކަތްކުރާނީ މެސީ އެޓީމުގައި ހިފެހެއްޓުމަށެވެ.

ބާސެލޯނާއިން މިހާރު އިންތިޒާރުކުރަމުން އަންނަނީ ޕީއެސްޖީގައި މެސީގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ އެނބުރި ބާސެލޯނާއަށް ދާނެކަމަށެވެ. އެކަމަކު މިކަމާގުޅޭގޮތުން މެސީ މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ޕީއެސްޖީގައި އޭނާ ދައްކަމުން އަންނަ ކުޅުމަށް އެޓީމުގެ މެނޭޖުމެންޓް އޮތީ ހިތްހަމަޖެހިގެންނެވެ.

ލިއޮނެލް މެސީބާސެލޯނާސްޕެނިޝް ލީގުފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު