Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް

ޕޮޕްގެ ދެ ލަނޑާއެކު ފްރާންސް ބަލިކޮށް ޖަރުމަނު ފައިނަލަށް

ޕޮޕް ވަނީ މުބާރާތުގެ ލަނޑު ލިސްޓުގެ އެއް ވަނަ މަގާމުގައި އޮތް އިންގްލެންޑްގެ ބާތު މީޑްއާ ލަނޑުގެ ގޮތުން އެއްވަރުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 04:27
ސެމީ މެޗުގެ ތެރެއިން

ސެމީ މެޗުގެ ތެރެއިން

އަންހެނުންގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ބަލިކޮށް ޖަރުމަނުން ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ފައިނަލްގެ ފަހު ޖާގަ ޖަރުމަނުން ހޯދީ ފްރާންސްގެ މައްޗަށް 2-1 ން ކުރި ހޯދައިގެންނެވެ. އަށް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޖަރުމަނުން ފައިނަލްގައި ނިކުންނާނީ މުބާރާތް ބާއްވާ ޤައުމު އިންގްލެންޑާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އިންގްލެންޑުން ހޯދީ ސެމީގައި ސްވޑެން ބަލިކޮށްގެންނެވެ.

މިލްޓޮން ކީނިސްގެ ސްޓޭޑިއަމް އެމްކޭގައި ކުޅުނު ސެމީ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޖަރުމަނުންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ  އަލެކްސަންޑްރާ ޕޮޕްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޖަރުމަނުގެ ކީޕަރު، މާލް ފްރޯމްސް އަތުން ބައިކޮޅަސް ވަން ލަނޑާއެކު، މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. އެއީ ފްރާންސްގެ ކަޑިޑިއާޓޫ ޑިއާނީ ފޮނުވާލި ބޯޅައެއް، ޖަރުމަނުގެ ގޯލު ދަނޑީގައި ޖެހިފައި ކީޕަރު ފްރޯމްސްގެ ގައިގަ ޖެހި ގޯލަށް ވަން ބޯޅައެކެވެ.

ޖަރުމަނު މޮޅުކޮށްދިން ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖެހީ ވެސް ޕޮޕްއެވެ. މި ލަނޑު އޭނާ ޖެހީ ސްވެންޔާ ހުތު ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑާއެކު ޕޮޕް ވަނީ މުބާރާތުގެ ލަނޑު ލިސްޓުގެ އެއް ވަނަ މަގާމުގައި އޮތް އިންގްލެންޑްގެ ބާތު މީޑްއާ ލަނޑުގެ ގޮތުން އެއްވަރުކޮށްފައެވެ.

ފައިނަލްގައި ޖަރުމަނާއި އިންގްލެންޑު ބައްދަލުކުރާ މެޗު އޮންނަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

ޔުއެފާއަންހެނުންގެ ޔޫރޯ މުބާރާތްޖަރުމަނުފްރާންސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު