Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޗްއައިވީ ބައްޔަށް ފަރުވާ ދިނުން

އެޗްއައިވީ ޖެހިފައިވާ އިތުރު މީހަކަށް ފަރުވާ ދީގެން ރަނގަޅުކޮށްފި

މިއީ އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ފަރުވާ ދީގެން ރަނގަޅުކުރެވުނު ހަތަރު ވަނަ މީހާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 02:09
އެޗްއައިވީ ބަލި ޖެހިފައިވާ ހަތަރު މީހަކު ވަނީ މިހާތަނަށް ރަނގަޅުކޮށްފައި

އެޗްއައިވީ ބަލި ޖެހިފައިވާ ހަތަރު މީހަކު ވަނީ މިހާތަނަށް ރަނގަޅުކޮށްފައި

ލޭގެ ކަންސަރަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ފަރުވާ ހޯދަމުންދިޔަ އެޗްއައިވީ ބަލި މީހަކު އެބަލިން ރަނގަޅުވެއްޖެއެވެ.

މިއީ އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ފަރުވާ ދީގެން ރަނގަޅުކުރެވުނު ހަތަރު ވަނަ މީހާއެވެ. އުމުރުން 66 އަހަރުގެ މިމީހާގެ އެއްވެސް މައުލޫމާތެއް ހާމަކުރުމަށް އޭނާ ބޭނުމެއް ނުވެއެވެ.

މީގެ ތިން އަހަރާބައިގެ ކުރިން އޭނާގެ ޑޮކްޓަރުން ނިންމީ ޑޯނަރެއްގެ އެހީގައި ބަލި މީހާގެ ކެންސަރު ސެލްތައް ހަށިގަނޑުން ވަކިކުރުމަށެވެ.

ކެލިފޯނިއާގެ މެޑިކަލް ފެސިލިޓީން އޭނާއަށް ފަރުވާ ދީގެން ރަނގަޅުވުމާއެކު "ސިޓީ އޮފް ހޯޕް"ގެ ނަމުން ނަންދީފައިވާ މިބަލިމީހާ ވަނީ ކުރިޔަށް އޮތް 17 މަސް ދުވަހަށް ލޭގެ ކެންސަރާއި އެޗްއައިވީ ބަލިން މިވަގުތަށް ރަނގަޅުވެފައެވެ.

ބަލިން ރަނގަޅުވުމާއެކު އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްއައިވީ ޖެހޭ އެހެން ބަލި މީހުންނެކޭ އެއްގޮތަށް 1988 ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް އޭނާއަށް އެޗްއައިވީ ޖެހިފައިވާކަން އެނގުމުން މިއީ މަރު ބަލި ކަމަށް ހިތަށް އެރިކަމަށެވެ. ދުވަހަކުވެސް އެޗްއައިވީ ހަށިގަނޑުގައި ނުހުންނާނެ ދުވަހެއް އަތުވެދާނެކަމަށް ހީނުކުރާކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް އެޗްއައިވީ ބަލި މީހުންގެ ތެރެއިން ފަރުވާ ދީގެން ރަނގަޅުކުރެވުނު މީހުންގެ ތެރެއިން މިމީހާއަކީ އުމުރުން އެންމެ ދުވަސްވީ މީހާއެވެ.

އެންމެ ފުރަތަމަ މިގޮތަށް ފަރުވާދީގެން އެޗްއައިވީ ބަލި މީހަކު ރަނގަޅުކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރީކޮޅު ނިއު ޔޯރކްގެ ޑޮކްޓަރުންތަކެއް ވަނީ އެޗްއައިވީ ޖެހިފައިވާ އަންހެނަކު ފުރަތަމަ ފަހަރަށް ރަނގަޅުކޮށްފައިވާކަމަށް ބުނެފައެވެ.

ޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު