Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިއަހަރުގެ މިނިވަންދުވަހުގެ ޕެރޭޑް

ވެޓަރެންސްއާއެކު މިފަހަރު ފެނިގެންދިޔައީ ތަފާތު ޕެރޭޑެއް

މިއަހަރުގެ ޕެރޭޑުގައި ހުރިހާ ޔުނިޓެއްގެ ޔުނީފޯމާއި ވެހިކަލްތަކާއި ހަތިޔާރު ދައްކާލި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޖުލައި 2022 | ބުދަ 12:59
އެމްއެންޑީއެފް ޕެރޭޑުގައި ރިޓަޔަރކުރައްވާފައި ތިއްބެވި އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ

އެމްއެންޑީއެފް ޕެރޭޑުގައި ރިޓަޔަރކުރައްވާފައި ތިއްބެވި އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ހަރަކާތަކީ ދިވެހި އަސްކަރިއްޔާއިން ބާއްވާ ޕެރޭޑެވެ. މި ޕެރޭޑުގައި ސިފައިންގެ އެކި ޔުނިޓުތަކުގެ ހަރަކާތްތައް ފެނިގެންދާއިރު، މިއީ ކުޑަކުދިންނަށް ވަރަށް ޝައުގުވެރި ޕެރޭޑެކެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެސްފޯސްއިން މިއަހަރު ބޭއްވި މިނިވަން ދުވަހުގެ ޕެރޭޑަކީ ކޮވިޑް-19ގެ ސަބަބުން ޕެރޭޑު ނުބޭއްވޭތާ 2 އަހަރަށްފަހު ބޭއްވި ޕެރޭޑެކެވެ. އެހެންކަމުން އިދާރާއިން ވަނީ މި ޕެރޭޑް އެހެން އަހަރުތަކާ ތަފާތުކޮށް، ޚާއްސަކޮށްފައެވެ.

މިއަހަރުގެ ޕެރޭޑުގައި އެންމެ ޚާއްސަ އެއް ކަމަކަށް ފެނިގެންދިޔައީ އެމްއެންޑީއެފްގެ އެކި ޔުނިޓުތަކާއި ފަންކްޝަންތަކުގެ ޔުނީފޯމުތަކާއި ޚިދުމަތްތަކެވެ. އެގޮތުން، ސެކިއުރިޓީއާއި ބޭންޑާއި ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއާއި ސްޕެޝަން ފޯރސްފަދަ ޔުނިޓުތަކުގެ ސިފައިން މިފަހަރުގެ ޕެރޭޑުގައި ބައިވެރިވެފައިވަނީ އެބައެއްގެ އަމިއްލަ ޔުނީފޯމުގައެވެ. މީގެ ކުރިން ބޭއްވި ބައެއް ޕެރޭޑުތަކުގައި ބައެއް ޔުނިފޯމުތައް ދައްކާލިނަމަވެސް އާއްމުކޮށް ޕެރޭޑުން ފެނިގެންދަނީ ސިފައިންގެ ރަސްމީ ޔުނީފޯމް އެކަންޏެވެ.

އެމްއެންޑީއެފް އޮފިސަރުންގެ ޔުނީފޯމުގެ ތެރެއިން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތީ މާއްޔެއް ގޮތަށް ހެދުން އަޅައިގެން ހުރި އޮފިސަރަށެވެ. އެއީވެސް ސިފައިންގެ ސްނައިޕަރުން ބޭނުންކުރާ ކެމަފްލަރޖް ޔުނީފޯމެކެވެ. އެ ޔުނީފޯމަށް އާއްމުކޮށް ކިޔައިއުޅެނީ ގިލީ ސޫޓެވެ.

ޔުނީފޯމުތަކުގެ އިތުރުން، ކޮންމެ ޔުނިޓަކުން އެ ޔުނިޓެއްގައި ބޭނުންކުރާ ވަސީލަތްތަކާއި އުޅަނދުތަކާއި ހަތިޔާރުވެސް ދައްކާލިއެވެ. އެގޮތުން، އެމްއެންޑީއެފްގެ ސެކިއުރިޓީ ޔުނިޓުތަކުން ބޭނުންކުރާ ވެހިކަލްތަކާއިި ފަޔަރ އެންޑް ރެސްކިޔު ސަރވިސައިން ބޭނުންކުރާ ވެހިކަލްތަކުގެ އިތުރުން، ސްޕެޝަލް ފޯރސްގެ ވެހިކަލްތައްވެސް މި ޕެރޭޑުގައި ފެނިގެންދިޔައެވެ. އަދި އެ ޔުނިޓުތަކުގެ އޮފިސަރުން ބޭނުންކުރާ ބައެއް ހަތިޔާރުވެސް މި ޕެރޭޑުގައި ފެނިގެންދިޔައެވެ.

މިއަހަރުގެ ޕެރޭޑު އެންމެ ޚާއްސަވާ އެއް ކަމަކީ އެ ޕެރޭޑުގައި، އެމްއެންޑީއެފްގެ ޚިދުމަތުން ރިޓަޔަރކުރައްވާފައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިތުމެވެ. މި ޕެރޭޑުގައި އެމްއެންޑީއެފްއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާފައިވާ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ. މިއީ މިހާތަނަށް މިގޮތަށް ރިޓަޔަރޑް އޮފިސަރުން އެމްއެންޑީއެފްގެ މިނިސްވަން ދުވަހުގެ ޕެރޭޑެއްގައި ބައިވެރިވެވަޑައިގަތް ފުރަތަމަ ފަހަރެވެ.

މި ޕެރޭޑުގައި ބައިވެރިވެވަޑައިގަތް ރިޓަޔަރޑް އޮފިސަރުން ވިދާޅުވާގޮތުގައި، ރިޓަޔަރކުރެއްވިފަހުން ޕެރޭޑްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގަތް އުފާފުޅެކެވެ. އަދި ރިޓަޔަރކުރެއްވިނަމަވެސް، އެ އޮފިސަރުންނަކީ އަބަދުވެސް ގައުމަށް ޚިދުމަތްކުރައްވަން ތިއްބެވި ބޭފުޅުން ކަމަށާއި، ގައުމު ގޮވާލި ކޮންމެ ހިނދެއްގައި ނުކުންނަވަން ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަންދުވަހުގެ ޕެރޭޑަށް އާއްމުންގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން، ޖުލައި 26 ވަނަ ދުވަހުގެ ހަވީރު ޕެރޭޑު ކުރިއަށްދިޔަ ވަގުތުގައި މާލޭގެ މަގުތައް އޮތީ ފުރާލާފައެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެމްއެންޑީއެފްގެ ޕެރޭޑު ބަލައިލަން ނުކުތް މިނިވަން ދުވަހަށް ވާނެކަމަށްވެސް އެމްއެންޑީއެފުން ލަފާކުރެއެވެ.

އެމްއެންޑީއެފްއިން ބުނާގޮތުގައި ޕެރޭޑަށް ލިބުނު ތަރުހީބުގެ ސަބަބުން ހިތްހަމަޖެހެއެވެ. އަދި އާއްމުންގެ ފަރާތުން ލިބެނީ ވަރަށް ޕޮޒިޓިވް ބަސްތައް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ޕެރޭޑު ބޭއްވުމުގެ މަގުސަދު ހާސިލްވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

ގިނަ ބަޔަކު ޕެރޭޑު ބަލައިލަން މަގުތަކަށް އެއްވިއިރު ސޯޝަލް މީޑިއާގައިވެސް އެމްއެންޑީއެފްގެ މި ޕެރޭޑަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން، މިއީ ކުޑަކުދިން އަސްކަރިއްޔާއަށް ޝައުގުވެރިކުރުވާނެ ފަދަ ހަރަކާތެއް ކަމަށާއި، މިއަހަރުގެ ހަރަކާތް އެހެން އަހަރުތަކަށްވުރެ ފުރިހަމަކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިނިވަން 57މިނިވަން ދުވަސް

އިތުރަށް ކިޔާލަން

25 ޖޫން 2025

މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި

25 ޖޫން 2025
މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި
25 ޖުލައި 2024

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ

25 ޖުލައި 2024
މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ
27 ޖޫން 2023

މިނިވަން ދުވަހާ ގުޅުވައިގެން ފޮޓޯ ނެގުމުގެ މުބާރާތެއް

27 ޖޫން 2023
މިނިވަން ދުވަހާ ގުޅުވައިގެން ފޮޓޯ ނެގުމުގެ މުބާރާތެއް
28 ޖުލައި 2022

މި ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރޭ: މިނިސްޓަރ މާރިޔާ

28 ޖުލައި 2022
މި ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރޭ: މިނިސްޓަރ މާރިޔާ
27 ޖުލައި 2022

މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

27 ޖުލައި 2022
މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު