Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާ އައުޓް ގޮވި މުއިއްޒު، މުޅި ގައުމުގައި އިންޑިއާ ދިދައިން ޖަރީކުރަނީ، ލަދުގެ ކަންފުޅެއް ވެސް ނެތް!

"އިންޑިއާ އައުޓް"ގެ މުޑުދާރު ދުމުގައި ނުޖެހޭ އެއްވެސް މީހެއް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް، ޕީއެންސީގެ ސިޔާސީ އިސް ސަފުގައި ނުހުންނާނެ ކަމީ މިއަދު އެންމެންވެސް ގަބޫލުކުރާނޭ ހަގީގަތެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 14:05
އިންޑިއާ އައުޓް ގޮވުމުގައި އެންމެ އިސްކޮށް ހުންނެވި ރައީސް މުއިއްޒު ރާއްޖޭގެ މިނިވަން ދުވަހަށް ތައްޔާރުވަނީ މުޅި ގައުމު އިންޑިއާ ދިދައިން ޖަރީކޮށްގެން

އިންޑިއާ އައުޓް ގޮވުމުގައި އެންމެ އިސްކޮށް ހުންނެވި ރައީސް މުއިއްޒު ރާއްޖޭގެ މިނިވަން ދުވަހަށް ތައްޔާރުވަނީ މުޅި ގައުމު އިންޑިއާ ދިދައިން ޖަރީކޮށްގެން

'އިންޑިއާ އައުޓް' ގެ ނަމުގައި އިންޑިއާ އާ މެދު ނަފްރަތު އުފައްދުގެ ބޮޑު ކެމްޕޭނެއް ހިންގި އިސް ފަރާތްތައް ހިމެނޭ ގޮތުން އުފެދިފައިވާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކަރުން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތައް އޮރެންޖް، ހުދު އަދި ފެހިކުލަ ހިމެނޭ އިންޑިއާ ދިދައިން މުޅި ގައުމު ޖަރީކުރަމުން ގެންދާކަމީ މިއަދު ގިނަބެއްގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ގޮސްފައިވާ ކަމެކެވެ.

"އިންޑިއާ އައުޓް"ގެ ދުމުގައި ނުޖެހޭ އެއްވެސް މީހެއް ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް، ޕީއެންސީގައި ސިޔާސީ އިސް ސަފުގައި ނުހުންނާނެ ކަމީ މިއަދު އެންމެންވެސް ގަބޫލުކުރާނޭ ހަގީގަތެކެވެ.

ވެރިކަމަށް އައުމަށްޓަކައި ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑަށް ބޭނުންކުރި އެއްޗަކީ "އިންޑިއާ އައުޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާމެދު ރައްޔިތުން ނަފްރަތު ކުރުވުމަށް އޭރުގެ އިދިކޮޅުން ޖެހި މަޅިއަކީ އިންޑިއާ އައުޓެވެ.

އެކަމަށްޓަކައި އަދުގެ ސަރުކާރުން އޭރު އިދިކޮޅުގައި އޮވެގެން "އިންޑިއާ އައުޓް" ސްލޯގަންގެ ދަށުން ބޭނުން ކުރީ ވަރުގަދަ ތިން އެއްޗެކެވެ. ދިވެހިންގެ ލޭ ކައްކުވާލާފަދަ މައިގަނޑު ތިން ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނާ، މިނިވަންކަމާ، ގައުމުގެ ހަމަޖެހުމެވެ.

މިއީ އޭރުވެސް އަދި މިހާރުވެސް މުޅި ރާއްޖޭގެ އެންމެންނަށް ސާފު ކަމެކެވެ. އަދި ކާފީ ހެކީގެ ގޮތުގައި އޭރުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އިންޓަވިއުތަކާއި ޖަލްސާތަކާއި މުޒާހަރާތަކުގެ ސްޕީޗްތަކުގައި އެހެރީ ނުފޮރުވޭވަރަށް ރައްކާ ކުރެވިފައެވެ. އެއިން ރެކިގަނެގެން ސަލާމަތް ނުވެވޭވަރަށް އެތަކެތި އެހުރީ ހާމައަށެވެ.

އޭރުގެ އިދިކޮޅު ލީޑަރު އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިސްކޮށް ހުންނަވައިގެން މާތްވެގެންވާ އިސްލާމްދީނަށްޓަކައި ރާއްޖޭގެ މިނިވަންކަމަށްޓަކައި އަދި ގައުމުގެ ހަމަޖެހުމަށްޓަކައި އިންޑިއާއައުޓް މިބަސް ބޭނުން ކޮށްގެން ނުކުރާ ހަމަ އެންމެ ކަމެއްވެސް ނެތެވެ.

އިންޑިއާގެ އެހީތެރިކަން ހޯދާ ދިވެހި ސަރުކާރުން ކުރަމުންދިޔަ ކަންކަން އޭރު ކަމަކު ނުދިޔައެވެ. އިންޑިއާއާއެކު ހެދި އެއްބަސްވުންތައް އެއީ ސިއްރު ކޮށްގެން ވާނެ އެއްޗެއް ނޫންކަމަށް ގޮވަމުންދިޔައިރު އެއެއްބަސްވުންތަކަކީ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ވެއްޓިފައިވާ އެއްބަސްވުންތަކެއް ކަމަށް ފާލުގައި ގޮވަމުންދިޔައެވެ.

އެއެއްބަސްވުންތަކާއެކު ރާއްޖޭގެ މައްޗަށް ބާރު ފޯރުވަނީ އިންޑިއާއިން ކަމަށާއި ސަރުކާރު ކޮންޓްރޯލް ކުރަނީ ސީދާ އިންޑިއާއިން ކަމަށް އޭރު އަޑު ހަރުކޮށް ގޮވަމުން ދިޔައެވެ.

ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާ ބޯޓަކީވެސް އެޜުގެ އިދިކޮޅުން ބުނި ގޮތުންނަމަ ރާއްޖޭގެ ހަލާކެވެ. އޭގެ ބޭނުން އިންޑިއާއިން ރާއްޖޭގައި ކުރަނީ ޖާސޫސް ކުރުމަށާއި ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށެވެ. އެދުއްވަނީ އެމީހުން ބޭނުންވެއްޖިއްޔާ ބޭނުން ހިނދެއްގައި ބޭނުންތާކަށެވެ. އެއެއްޗެހި އޮޕަރޭޓް ކުރަން ތިބެނީ އިންޑިއާގެ މިލިޓްރީ ސިފައިންނެވެ. އެމީހުންގެ މައްޗަށް ދިވެހި ސަރުކާރާއި ދިވެހި ސިފައިންގެ ބާރެއް ނޯވެއެވެ. އެއާ ޚިލާފަށް ދިވެހި ސިފައިންނަށް އަމުރު މައުރޫފް ހިންގަނީ އެމީހުންނެވެ.

ރާއްޖޭގެ އެތައް މިތަނުގައި ތިބި އެތައް ހާސް އިންޑިއާ ސިފައިންނާ މަޝްހޫރު އުތުރު ތިލަފަޅުގައި އިންޑިއާގެ މިލިޓްރީ ބޭހެއް ހަދައިގެން ހިންގާ ވާހަކައަކީވެސް އޭރު ދެއްކި ވާހަކައެވެ. އަދި އެތަންތަންނަށް މީހުން ފޮނުވައިގެން ތަފާތު ޑްރާމާތައްވެސް ކުޅުވީއެވެ.

އެކަންކަމާހުރެ ދިވެހިރައްޔިތުން ތަބާވެގެންތިބި އިސްލާމްދީން ފުހެވޭތީއާއި ގައުމުގެ މިނިވަންކަން ގެއްލޭތީ އަދި ގައުމުގެ ހަމަޖެހުން ގެއްލޭތީ ރައްޔިތުން އޭރުގެ ސަރުކާރު ދެކެ އައީކީ އަމަށަކު ރުޅިއެއް ނޫނެވެ.

އެކަމަކު އިދިކޮޅުން އޭރު ލަދުހަޔާތް ކަނޑާލާފައި އަޑަށް ބާރުލާފައި ތިން އިރު ހުއްޓާނުލައި ދެއްކި އެވާހަކަތައް ގަބޫލުކޮށް ރައްޔިތުން ދިން ވޯޓާއެކު ޑރ މުއިއްޒު ވަނީ އިންތިޚާބު ކާމިޔާބު ކޮށް ވެރިކަމަށް ވަޑައިގެންފަ އެވެ. އެއާއެކުވެސް އައި މަޖިލިސް އިންތިޚާބަށް ޓަކައިވެސް އިންޑިއާ އަށް ރައީސް މުއިއްޒު ބަސްވިދާޅުވީ ވަރަށް ވެސް ހުތުރުކޮށެވެ. އިންޑިއާއަށް ނުކުރާ މަލާމާތެއް ނުކިޔާ އެއްޗެއް ނެތެވެ.

އެކަމަކު ސަރުކާރާ މަޖިލިސް ލިބުމާއެކު ރައީސް މުއިއްޒާއި ސަރުކާރުގެ ރާގުވަނީ މުޅިން ބަދަލު ވެފައެވެ. މިއަދު ރައީސް މުއިއްޒަކަށް އިންޑިއާ ވަރެއް ނެތެވެ. ހުޝާމިދު ކުރުމުގައި މެކުހަށް ޖަހާފައެވެ. ޝުކުރުގެ މާމެލާމެލި ބޮނޑިބޮނޑީގައެވެ. މިހާރު އެންމެ ގާތް ގައުމެވެ. އެއްކަލަ "ގެރި މޯދީ" މުޅިން އެހެން މޯދީއަކަށް ބަދަލުވެ ޝުކުރު ބަރުތީލަ ކުރަނީއެވެ. އިންޑިއާ އައުޓް މަނާކުރާ ގަރާރު އޮތްގޮތައް ބޭއްވީއެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ ވެސް އެއްކަލަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އައްވެސް މި ސަރުކާރުން މިވަނީ ހަދާފައެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ ވެސް އެއްކަލަ މޯދީ އެވެ.

މިއަދު މުޅި މާލެތެރެއަށް ނުކުމެ ބަލާލާ ހަމަކޮންމެ ދިމާއަކުން ވެސް ފެންނަން ހުރީ އިންޑިއާގެ އޮރެންޖާއި، ހުދު އަދި ފެހިކުލައިގެ ދިދަތަކެވެ. މިނިވަން ދުވަހާއި ދިމާކޮށް އިންޑިއާގެ ދިދައިން މުޅި މާލެ ޖަރީކުރަމުން ގެންދަނީ އެވެ. ބޮޑުވަޒީރު މޯދީ ހިތްޕުޅު ހަޖަހައްސަލަދިނުމަށެވެ. ދިވެހި ރާއްޖެ އިންޑިއާއާއި އެކު އޮތްކަން މޯދީ އަށް ދައްކާލުމަށެވެ. އިގްތިސޯދީ ގޮތުން ރާއްޖެއަށް ދަތިކަން ލިބިފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ އެހީތެރިކަމެއް ލިބޭތޯ އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް މުޅި ގައުމު އިންޑިއާ ދިދައިން ޖަރީކުރަމުން އަންނައިރު، އިންޑިއާ އައުޓް ކެޕްޕޭނުގައި އެންމެ އިސް ސަފުގައި ތިއްބެވީ މިހާރުގެ ރައީސް މުއިއްޒާއި މި ސަރުކާރުގެ ބޮޑުންނެވެ. އެ ހަނދާންތައް ދިވެހިން ހިތްތަކުން ފިލައިގެން ނުދެއެވެ.

ކޮންމެއަކަސް އޭރުގެ އިދިކޮޅުން ކުރިން އައުޓްކުރަން ނިކުތް އިންޑިއާ" އައުޓް ނުވެ އަދުގެ ސަރުކާރު ސައިޒްވީއެވެ. އިންޑިއާގެ ފައިބުޑަށް ވެއްޓިގަތީ އެވެ. އެއާއެކު ހާމަވެގެން އެދަނީ ރައީސް ޑރ މުއިއްޒުއާއި އަދުގެ ސަރުކާރުގައި ތިބި އިސްމީހުން އޭރު އެދެއްކެވި ވާހަކަތަކަކީ ގައުމުގެ ހަމަޖެހުން ނަގާލުމަށް އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ރަނގަޅުނޫން ތަސައްވުރެއް އުފެއްދުމަށް ދެއްކި ދޮގު ވާހަކަތަކެއް ކަމެވެ. މިކަމުން ހާމަވަނީ ރައީސް ޑރ މުއިއްޒުގެ އަސްލު ސިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު