Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ލަންކާއަށް އެނބުރި ވަޑައިނުގަންނަވާނެ، ސިންގަޕޫރުގައި ހުންނަވާ މުއްދަތު އިތުރުކުރައްވައިފި

ސިންގަޕޫރުގައި އިތުރު 14 ދުވަހު މަޑުކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 07:28
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ރާޖަޕަކްސަ

ގައުމުން ފިއްލަވާ ވަޑައިގެން މިވަގުތު ސިންގަޕޫރުގައި ހުންނެވި ސްރީލަންކާގެ ކުރީގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސަ އިތުރު 14 ދުވަހަށް ސިންގަޕޫރުގައި މަޑުކުރައްވާނެކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

ނިއުސްފަސްޓްގައި ބުނެފައިވަނީ ސިންގަޕޫރުގައި ގޮތަބަޔާ ހުންނަވާ މުއްދަތު އިތުރުކުރައްވާފައިވާ ކަމަށެވެ. ސިންގަޕޫރުގެ ސްރެއިޓް ޓައިމްސްގައި ބުނެފައިވަނީ ސިންގަޕޫރަށް ކުރައްވާ ކުރު ދަތުރުފުޅު އިތުރު 14 ދުވަހަށް އިތުރުކުރައްވާފައިވާ ކަމަށެވެ. މުއްދަތު އިތުރުކުރައްވާފައިވަނީ ސިންގަޕޫރުގައި މަޑުކުރެއްވޭ މުއްދަތު ބުދަ ދުވަހަށް ހަމަވުމާއެކު ގޮތަބަޔާ އަނބުރާ ގައުމަށް ވަޑައިގަންނަވާނެކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވަނިކޮށެވެ.

ލަންކާއަށް އަނބުރާ ވަޑައިނުގެން ސިންގަޕޫރުގައި އިތުރު 14 ދުވަހު މަޑުކުރައްވާނެކަން ހާމަކުރައްވާފައިވަނީ، ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ބަންޑުލާ ގުނަވަރދެނާ އަންގާރަ ދުވަހު ގޮތަބަޔާ ގައުމަށް އެނބުރި ވަޑައިގަންނަވާކަން ހާމަކުރައްވާފައިވަނިކޮށެވެ. އޭނާ ވިދާޅުވެފައިވަނީ ގޮތަބަޔާ ވަޑައިގަންނަވަނީ ކޮން އިރަކު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ގޮތަބަޔާ ފިއްލަވައިގެން ވެސް ނޫޅުއްވާ ކަމަށާއި، އަދި ސިޔާސީ ހިމާޔަތްވެސް ހޯއްދަވާފައި ނުވާ ކަމަށެވެ.

ލަންކާގެ ސަރުކާރުގެ އޮފިޝަލަކު ނަންނުޖެހުމަށް ޝަރުތުކޮށް ނިއުސްފަސްޓް ލަންކާގައި ބުނެފައިވަނީ ގޮތަބަޔާ ވީހާވެސް އަވަހަށް ގައުމަށް އެނބުރި ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، އަމިއްލަ ގެކޮޅުގައި ދިރުއުޅުއްވަން ބޭނުންފުޅުވާ ކަމަށެވެ.

ވިސާގެ މުއްދަތު ގޮތަބަޔާ އިތުރުކުރައްވާފައިވާ އިރު، އޭގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. ސިންގަޕޫރަށް ވަޑައިގެން ފުރަތަމަ ހުންނެވީ ހޮޓަލެއްގައެވެ. އަދި ފަހުން ޕްރައިވެޓް ތަނަކަށް ބަދަލުވެވަޑައިގެންފައިވާކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން އާންމު ތަންތަނުގައި ނޫޅުއްވާ އެކަހެރިވެވަޑައިގެން އުޅުއްވާކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގައުމުގެ އާންމުންގެ ނުރުހުން އަމާޒުވެ ގޮތަބަޔާ ވަނީ މަގާމުން އިސްތިއުފާދެއްވަން ނިންމަވާ އެކަން އިއުލާންކުރައްވާފައެވެ. އެގޮތުން ޖުލައި 9 ވަނަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭ ވަރްދަނާ ވަނީ އެގައުމުގެ ރައީސް ކަމުގެ މަގާމުން ގޮތަބަޖާ ރާޖަޕަކްސަ ޖުލައި 13 ވަނަ ދުވަހު އިސްތިއުފާދެއްވަން ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.

އެހެންނަމަވެސް ޖުލައި 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ވަނީ ގައުމު ދޫކުރައްވާ ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި ރާއްޖޭގައި ގާތްގަޑަކަށް 36 ގަޑިއިރު ހޭދަކުރެއްވުމަށްފަހު ގޮތަބަޔާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަރުވާފައި ވަނީ ސިންގަޕޫރުގައި ހުންނަވައި ޖުލައި 14 ވަނަ ދުވަހުއެވެ.

ޖުލައި 14 ވަނަ ދުވަހު ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުމާއެކު އެގައުމުން ގޮތަބަޔާއަށް ސިންގަޕޫރުގައި މަޑުކުރެއްވޭނެ ކަމަށް ބުނެފައިވަނީ 14 ދުވަހަށެވެ. މި މަހުގެ 27 ވަނަ ދުވަހަށް އެ މުއްދަތު ހަމަވާނެއެވެ.

ގޮތަބަޔާ ރާޖަޕަކްސަ ލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވާނެކަން އިއުލާނުކުރެއްވީ އެގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތައް ހޫނުވެ އެތައް ހާސް ބަޔަކު ރައީސްގެ ގަޑުވަރަށް ވަދެގަނެ އެތައް ހިސާރުކުރުމުންނެވެ. ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ހާލަތާއެކު އެތައް މިލިއަން ބައެއްގެ ނުރުހުން ގޮތަބަޔާ އަށާއި މުޅި ރާޖަޕަކްސަ އާއިލާއަށް އަމާޒުވެގެން ގޮސްފައިވާއިރު، މީގެ ކުރިން ގޮތަބަޔާ ވަނީ އިސްތިއުފާދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އެކިފަހަރުމަތިން ތަކުރާރުކޮށް މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށާއި ދައުރު ފުރިހަމަކުރައްވާނެ ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. ގޮތަބަޔާ ވަނީ ނާކާމިޔާބު ރައީސެއްގެ ގޮތުގައި މަގާމުން އިސްތިއުފާދެއްވާފައި ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވުމާއެކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އައު ރައީސަކު އައްޔަނު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޖުލައި 20 ވަނަ ދުވަހު މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓު ލުމަށްފަހު 134 މެމްބަރުންގެ ތާއީދާއެކު ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުނީ އޭރު ގައުމުގެ ވަގުތީ ރައީސް ކަމާއި ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހައެވެ.

ރަނިލް ވިކްރަމަސިންގހަ ވަނީ މިހާރު އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދިނޭޝް ގުނަވަރުދަނާ އައްޔަންކުރައްވާފައެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާސިންގަޕޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު