Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން ދުވަސް

ކުރިއަށް ދެވޭނީވެސް، ރައްކާތެރިކަން ލިބޭނީވެސް، ދިވެހިރާއްޖެއަކީ ދުނިޔެ ބަލައިގަންނަ، އެންމެނާ ގުޅިފައި އޮތް، ރަހްމަތްތެރިކަން ބަދަހިކުރާ ޤައުމަކަށް ވެގެން - ޝާހިދު

ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރިހަމަ އިޚްތިޔާރު ދިވެހިންނަށް ލިބިގެން ހިގައްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 18:56
ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ވ)

ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ވ)

ރާއްޖެއިން ކުރިއަށް ދެވޭނީވެސް، ރައްކާތެރިކަން ލިބޭނީވެސް، ދިވެހިރާއްޖެއަކީ ދުނިޔެ ބަލައިގަންނަ، އެންމެނާ ގުޅިފައި އޮތް، ރަހްމަތްތެރިކަން ބަދަހިކުރާ ޤައުމަކަށް ވެގެން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ޚާއްސަ ސަޕްލިމަންޓަށް ދެއްވި ހިތާބުގައެވެ. މިނިސްޓަރ ވިދާޅުވީ މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންމިދާ މިނިވަންކަމަކީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވެ، މި ޤައުމުގެ އެންމެހައި ކަންތައްތައް އަމިއްލައަށް ނިންމުމަށް ލިބުނު މިނިވަންކަން ކަމަށެވެ. އަދި އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް ދުވަސްތަކުގައި، މި ޤައުމުގެ ދާޚިލީ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތްމަތީގައި އޮތް ނަމަވެސް، ޚާޜިޖީ ގުޅުންތައް ބަދަހިކުރުމުގެ މިނިވަންކަމެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މިނިވަންކަން ލިބިގެންދިޔައީ އިނގިރޭސީންނާއެކު ސޮއިކުރެވިގެންދިޔަ މިނިވަންކަމުގެ އެއްބަސްވުމުގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދޭދޭ ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު ގުޅުންތައް ބަދަހިކޮށް، ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރިހަމަ އިޚްތިޔާރު ދިވެހިންނަށް ލިބިގެންދިޔަ ހިނދު، ދިވެހި ޤައުމުގެ މިނިވަންކަމުގެ ބާނީން އަވަސްވެވަޑައިގަތީ، ބައިނަލްއަޤްވާމީ މަސްރަހުގައި މި ކުޑަކުޑަ ޤައުމަށް ޖާގައެއް ހޯއްދެވުމަށް ކަމަށާއި، މިނިވަން ޤައުމެއްގެ ހައިސިއްޔަތުން، އެންމެ ފުރަތަމަ ނިންމެވި ޚާރިޖީ ނިންމެވުމަކީ އެކުވެރި ދައުލަތްތަކުގެ މެންބަރުކަން ހޯއްދެވުމަށް ނިންމެވި ނިންމެވުމަށް ވެގެން ދިއުމަކީ، މިއަދު ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ދުނިޔޭގައި އަދާކުރަމުންމިދާ ދައުރުގެ ފުރަތަމަ ފިޔަވަޅު ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެދުވަހު އެ ނިންމެވި ނިންމެވުމުގެ ނަތީޖާ ނުހަނު ފޮނި ކަމަށެވެ. ރާއްޖެ މިއަދު މިވަނީ މުޅި ދުނިޔެއިން ބަލައިގެންފައި ކަމަށާއި، މިނިވަންކަން ލިބުނުއިރު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ފުލުގައި އޮތް ޤައުމު މިއަދު މިދަނީ ތަރައްޤީގެ މަތީ ހަރުފަތްތައް ގިރާކުރަމުން ކަމަށެވެ. މިއީ ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން އާރާސްތުކުރި އެކުވެރި ގުޅުންތަކުގެ ނަތީޖާ ކަމަށާއި، އެ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ ދީލަތި އެހީގެ ނަތީޖާ ކަމަށެވެ. އަދި ދިވެހި ލޮބުވެތި ރައްޔިތުންގެ ހިންމަތާއި މިންނަތް މަސައްކަތުގެ ނަތީޖާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

ރާއްޖެއަކީ މިއަދު ދުނިޔޭގެ މަސްރަހުގައި މަޝްވަރާކުރެވޭ ބޮޑެތި މައްސަލަތަކުގައި ބަސްވިކޭ، ބަސްކިޔާ ޤައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ކުދި ޤައުމުތަކުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއަކީ އެންމެ އިސް އެއް ޤައުމު ކަމަށާއި، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖެއަކީ މުޅި ދުނިޔެއަށް މިސާލެއް ކަމަށެވެ. ދުނިޔޭގެ ތަފާތު ބައްރުތަކާއެކު އޮތް ގުޅުން މިދަނީ ބަދަހިވަމުން ކަމަށާއި، ވަކީން ޚާއްސަކޮށް، އަވަށްޓެރި ޤައުމުތަކާއެކު އަޅުގަނޑުމެންގެ ގުޅުންތައް އިތުރަށް ވަރުގަދަވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އިސްލާމީ ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ ތަކާދެމެދު އޮތް ގުޅުން ހަރުދަނާވަމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އެކަހެރިވުމުގެ ބަދަލުގައި އަޅުގަނޑުމެން ދަނީ ތަމްސީލުވުން އިތުރުކުރަމުން، ބައިވެރިވުން އިތުރުކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު މި ކުޑަކުޑަ ދިވެހިރާއްޖެއިން މިވަގުތު ބަލަހައްޓަމުން ދާކަމީ ޚާރިޖީ މިނިވަންކަމުގެ ކުރިބޯށި ރާއްޖެއަށް ހާސިލްވަމުންދާކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޚާރިޖީ މައިދާނުގައި ލިބިފައިވާ ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ލިބިގެންދަނީ ދިވެހި ރައްޔިތުންނަށްކަން ޔަޤީން ކަމަށެވެ. ރާއްޖޭގެ ޕާސްޕޯޓް އިތުރަށް ބާރުގަދަވެއްޖެ ކަމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރެވިއްޖެ ކަމަށެވެ. ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން، ކުރާ އިންވެސްމަންޓުތައް އިތުރުވެ، ލިބޭ އެހީ އިތުރުވެ، މާލީ އަދި ފަންނީ އެހީވެސް ލިބެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިވަންކަމުގެ އަސްލު މުރާދަކީ، ތިމާގެ މުސްތަޤްބަލް ތިމާ އެދޭ ގޮތަށް ބައްޓަންކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮތުން ކަމަށެވެ. އެ މިނިވަންކަމުގެ އަލީގައި އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލްކުރުމަށް މަސައްކަތްކުރުން ކަމަށާއި، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހު އަޅުގަނޑުމެން ފާހަގަކުރަންވީ މި ޝަރަފު ކަމަށެވެ. އަޅުގަނޑުމެންގެ ޤައުމުގެ މިސްރާބު، އަޅުގަނޑުމެންނަށް އެންމެ ފައިދާވާނެ ގޮތަކަށް، ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިވަން 57މިނިވަން ދުވަސްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި

މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި

25 ޖޫން 2025
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ

25 ޖުލައި 2024
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
މިނިވަން ދުވަހާ ގުޅުވައިގެން ފޮޓޯ ނެގުމުގެ މުބާރާތެއް

މިނިވަން ދުވަހާ ގުޅުވައިގެން ފޮޓޯ ނެގުމުގެ މުބާރާތެއް

27 ޖޫން 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު