Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައްފާނުގެ މަރުގެ މައްސަލަ

ޝައްފާނުގެ މަރު: މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފައި އޮތުމުން އިސްތިއުނާފު ބަލައިގަންނަން އަމުރުކޮށްފި

25 ޖުލައި 2022 | ހޯމަ 07:57

ގާޒީ ވަނީ އެމީހުން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2022 | ހޯމަ 07:57
4 މީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 28 ނޮވެމްބަރުގައި

4 މީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 28 ނޮވެމްބަރުގައި

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ މީހުންގެ އިސްތިއުނާފު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 28 ނޮވެމްބަރު 2021 ގައެވެ.

Advertisement - newsAdvertisement

ޝައްފާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ 4 މީހުންނަކީ ސ ހިތަދޫ ޗަމަން، ޙުސައިން ނިހާދު އަހްމަދު އާއި ކ.މާލެ މއ. ޓޮމާޓާ ފްލާވަރ ޙުސައިން ޖައިލަމްގެ އިތުރުން، ސ. މަރަދޫ މޫންލައިޓްގްލޯރީ، ޙަސަން ނަބާޙް އާއި ސ.ހިތަދޫ މަލަ، މުޙައްމަދު އައިމަން ޙަބީބުއެވެ.

އޭގެ ތެރެއިން ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ނަބާޙްއާއި އައިމަންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

ގާޒީ ޙަސަން ސައީދު ކުރެއްވި ޙުކުމުގައި ބުނެފައިވަނީ މިއީ ޖިނާއަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް ކަމަށާއި، ކުށް ކޮށްފައިވަނީ އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކާ ދެކޮޅަށް ކަމަށެވެ. އަދި މިއީ އިންސާނެއްގެ ފުރާނަޔަށް އެއްވެސް ޙުރުމަތެއް ނުބަހައްޓައި ކުރި އަމަލެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. ގާޒީ ވަނީ އެމީހުން 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރައްވާފައެވެ.

އެ ޙުކުމް އެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިސްތިއުނާފު ކުރަން އޮންނަ މުއްދަތުގެ ފަހުން މައްސަލަ ހުށައެޅިފައިވާކަން ބަޔާންކޮށް އިސްތިއުނާފު ބަލައެއް ނުގަތެވެ. އެހެންނަމަވެސް، އެހެން ދިމާވީ ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފައި އޮތުމުން ކަމަށްވާތީ އިސްތިއުނާފު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކުރީއެވެ.

ދަށު ކޯޓުން ކުރި ޙުކުމުގައި ގާޒީ ވިދާޅުވީ، ހަރުދަނާ ޤަރީނާތަށް ހުރި ނަމަވެސް، އެންމެ މުހިއްމު ޝަފަހީ ދެހެކިންގެ ހެކިބަހާމެދު އޮޅުން އުފެދި، އެ ދެހެކިންގެ ހެކިބަސް ޝަރީޢަތަށް ލިބިފައިނުވާ ކަމަށެވެ. އެއާއެކު ޤިސާސްގެ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ނުވަތަ އެ އަމަލު ދަޢުވާލިބޭ ފަރާތްތައް ހިންގިކަމަށް މުޅިން ޔަޤީންވާ މިންވަރަށް ޤަސްދު މަރު ޝަރީއަތަށް ސާބިތުނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް