Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެން ފޯރުކޮށްދިނުމުގެ މައްސަލަ

ކުއްލި ހާލަތުގައި ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުނުވެ ދިގު މުއްދަތެއް ހޭދަވެފައިވޭ – އޮޑިޓް

2005 އިން 2020 ވަނަ އަހަރާ ހަމައަށް ފެން ފޯރުކޮށްދީފައިވާ މިންވަރު އިތުރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޖުލައި 2022 | ހޯމަ 02:12
ރަށެއްގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓެއް

ރަށެއްގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓެއް

ކުއްލި ހާލަތުގައި ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުނުވެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށް ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމާ ގުޅޭ ޕަރޕޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މި އޮޑިޓްގައި ދެމެހެއްޓެނިވި އަދި ޚަރަދު އެންމެ ކުޑަވާނެ ގޮތުގައި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވޭތޯ ބެލުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި ފާހަގަވެފައިވާ ކަންތައްތައް ވަނީ ހިމަނާފައެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން އެން.ޑީ.އެމް.ސީން ފެން ފޯރުކޮށްދިނުމާ ގުޅިގެން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށަށް ބަދަލުކުރެވި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ފެން ފޯރުކޮށްދެމުންދާއިރު، 2005 އިން 2020 ވަނަ އަހަރާ ހަމައަށް ފެން ފޯރުކޮށްދީފައިވާ މިންވަރު އިތުރު ވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެކި އަހަރުތަކުގައި ފެނަށްޖެހޭ ރަށްތަކުގެ އަދަދާއި މިންވަރު ތަފާތުވުމުގެ ސަބަބުން އެކި އަހަރުތަކުގައި ފެން ފޯރުކޮށްދެމުންދާ މިންވަރު އިތުރުވަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް، އާންމު ގޮތެއްގައި އެވްރެޖްކޮށް 3168 ޓަނުގެ ފެން ކޮންމެ އަހަރަކު އަތޮޅުތެރޭގެ އެކި ރަށްރަށަށް ފޯރުކޮށްދީފައިވާކަމަށާއި މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފެން ފޯރުކޮށްދިންކަމަށް ރިކޯޑްކުރެވިފައިވަނީ 2009 ވަނަ އަހަރުގައިކަމާއި އެ އަހަރު 7469 ޓަނުގެ ފެން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވުނެ ކަމަށް މިރިޕޯޓުގައިވަނީ ބުނެފައެވެ. މީގެ އިތުރުން، 2011 ،2016، 2019 އަދި 2020 ވަނަ އަހަރު ފެން ފޯރުކޮށްދިން މިންވަރު އެވަރެޖް މިންވަރަށްވުރެ އިތުރުކަން ވެސް ފާހަގަކޮށްފައިވެއެވެ.

ފެން ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުނުވެ، ދިގު މުއްދަތެއް ހޭދަވެފައިވަނީ، ފެނުގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް ރަށްތައް ކަނޑައެޅުމުގައި ފެނުގެ މައްސަލަ އެންމެ ބޮޑަށްޖެހިފައިވާ ރަށްރަށަށް އިސްކަންދީފައިނުވުމާއި، ފެން ރައްކާކުރާ ނިޒާމް ގާއިމްކުރުމަށް ހިންގާފައިވާ މަޝްރޫއުތައް ނިންމުމަށް ދިގު މުއްދަތެއް ހޭދައިވެފައިވުމާއި ފެނުގެ މަޝްރޫއުތައް ހިންގުން ލަސްވެފައިވުމުގެ ސަބަބުން ކަމަށް މި އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިހެން ދިމާވަނީ ވާރޭ ފެން ރައްކާކުރާ ނިޒާމް ގާއިމްކޮށްފައިވާ ބައެއް ރަށްރަށުގައި އެ ނިޒާމްތައް އެންމެ އެކަށީގެންވާ ގޮތުގައި ބަލަހައްޓާފައި ނުވުމާއި ހޫނު މޫސުމަށް މި ނިޒާމްތައް އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރު ނުކުރުމާއި، ރަށުގެ ބޭނުންތަކާ އެއްވަރަށް މި ނިޒާމްތައް އަޕްގްރޭޑް ނުކުރުމުގެ ސަބަބުން ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަތޮޅުތެރޭ ގިނަ ރަށްރަށުން ކޮންމެ އަހަރަކު ހޫނު މޫސުމާ ގުޅިގެން ފެނުގެ ދަތިކަން ތަހައްމަލްކުރަމުންދާއިރު، އޮޑިދޯނިފަހަރުގައި ފެން ބަރުކޮށްގެން އެ ރަށްރަށަށް ފެން ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ޚަރަދު ކުޑަ މޮޑެލްއެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.

އަދި އަހަރުން އަހަރަށް ފެނަށްޖެހޭ ރަށްތަކުގެ އަދަދު އިތުރުވަމުންދާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާނަމަ ސަރުކާރުގެ ޚަރަދު މުސްތަގުބަލުގައި ވެސް އިތުރުވެގެންދާނޭކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ސާފު ބޯފެންއެންވަޔަރަމަންޓް މިނިސްޓްރީނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
16 ނޮވެމްބަރު 2025

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން
31 އޮކްޓޯބަރު 2025

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު