Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މަޤާމުން ވަކިކުރުން

ދައުލަތުގައި މޮޔަ ސިފަ ޖެހެނީ ހަސަދަވެރިކަން އޮތް މިންވަރުން: އިންތި

މުލީއާގޭގައި ހަދާ ދިރާސާތަކުންވެސް ރައީސް ޔާމީން ދަނީ ފުލަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 30 ޖެނުއަރީ 2018 | އަންގާރަ 04:17
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ރައީސް އަބްދުﷲ ޔާމީން ޤާނޫނާއި ޚިލާފަށް ކުރައްވާ ކަންތައްތައް އެކުރައްވަނީ ތާޢީދު ނެތުމުން ހަސަދަވެރިވެގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް އޮފީހާއި މުލީއާގޭގައި ތިބެގެން ވަރަށް ގިނަ ދިރާސާތައް ރައީސް ޔާމީންގެ ޓީމުން ކުރާ ކަމަށާއި، ކޮންމެ ދިރާސާއަކުން ރައީސް ޔާމީންގެ ނަންފުޅު ފުލަށް ވެއްޓިގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ނަފްސުދެކެ ކޯފާވެ ލައްވާ ކަމަށެވެ.

Advertisement - newsAdvertisement

"ދެން މިހަދާ ގޮތަކީ ހުރިހާ ސިޔާސީ މީހުން ގެންގޮސް ޖަލަށްލަނީ. ވާދަކުރާނެ މީހެއް ނުހުންނާނެ ނޫންތޯ؟ އަމިއްލަފުޅަށް ކުރީގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވިއިރު ވެސް ހަމަ އެގޮތެއް ނޫންތޯ ހަދަމުންދިޔައީ. އެމަނިކުފާނާއި ވާދަކުރަން ކެންޑިޑޭޓަކު ނިކުމެއްޖެނަމަ ކޮންމެވެސް ގޮތަކުން އެމީހެއްގެ ނަން ނެގޭ ގޮތް ހައްދަވާނެ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން ވެސް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެގޮތަށް ހުރިހާ ވާދަވެރިން ޖަލަށް ލައިގެން ކަމަށެވެ.

އިންތި ވިދާޅުވީ ފެންނަ މަންޒަރަކީ ހަސަދައިގެ ތެރެއިން ރައިސް ޔާމީން މޮޔަފުޅުވެވަޑައިގަންނަވާތަން ކަމަށެވެ.

"މުޅި ދައުލަތުގައި މޮޔަ ސިފަ ޖެހެނީ އެސަބަބުތަކާއިހުރެ. ހަސަދަވެރިކަން އޮތް މިންވަރުން ގޮސް އިނގޭތޯ"

ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ރައީސް ޔާމީން ވަރަށް ހަސަދަވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދާދިފަހުން ޖަލުގައި ހުންނަވައި ނެރުއްވި ބަޔާނުގައި ވިދާޅުވުމަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ އަދީބު އެހެން އެވިދާޅުވީ ރައީސް ޔާމީން ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ކަމަށެވެ.

އިންތި ވިދާޅުވީ ހަސަދަވެރިކަމަކީ މީހާ މޮޔަކޮށްލާ ކަމެއް ކަމަށެވެ.

"ވަރަށް ބޮޑަށް މޮޔަ ގޮވައެއް ނޫންތޯ އާއްމު ރައްޔިތުންނާއި މުޚާޠަބްކުރައްވައި ޖަލްސާތަކުގައި ވާހަކަ ދައްކަވާއިރު؟ މިސާލަކަށް ނިކަން ބައްލަވާ އިހަކަށް ދުވަހުވެސް ވިދާޅުވި ނޫންތޯ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލާފައި ޕާޓީއިން ވަކިކޮށްފައި، ތިމަންނަމެންގެ ޕާޓީއަށް އަންނަ ވެއްޖެއްޔާ، އެ އުޒުރު ރަނގަޅޭ، ގޮނޑިއެއް ނުގެއްލޭނެއޭ."

އިންތި ވިދާޅުވީ ހަސަދައިގެ ތެރެއިން ގޮސް ރައީސް ޔާމީން ހުންނެވީ މޮޔަފުޅުވެވަޑައިގެންފައި ކަމަށެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު