Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންގްލަދޭޝްގެ ވެއިޓަރު މަރާލުން

އާބިދަށް ކުރާ ދައުވާ: ރެސްޓޯރަންޓުގެ މެނޭޖަރާއި އިތުރު މުވައްޒަފެއްގެ ހެކިބަސް ނަގައިފި

މޭމައްޗަށް ލިބުނު އަނިޔާގެ ވާހަކަ އަޑުއެހީވެސް އެހެން މީހުންގެ ފަރާތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 08:12
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު

ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ ޚާންޖީ ރެސްޓޯރަންޓުގައި މެނޭޖަރުގެ ވަޒީފާ އަދާ ކުރަމުންދިޔަ ޕާކިސްތާނު ރައްޔިތެއްކަމަށްވާ ޚާލިދު ނަދީމެވެ.

ހެކިބަސް ދެމުން ޚާލިދު ބުނެފައިވާ ގޮތުގައި، އޭނާ ޙާދިސާ ހިނގި ދުވަހު ބަދިގެއަށް ވަނީ ބަދިގެ ތެރެއިން އަޑުގަދަވެގެންނެވެ. އޭރު އާބިދާއި ޝަމީމް މާރާމާރީ ހިންގަމުން ދިޔަކަން ފާހަގަކޮށް އޭނާ ބުނީ، އެ ހިސާބުން އެދެމީހުން ދުރުކުރުމަށްފަހު، އެމީހުންނަށް ވިސްނައިދިން ކަމަށެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ބޭރަށް ނުކުތީ ރެސްޓޯރަންޓަށް ރިޒަވޭޝަންތަކެއް އައިސްފައި ހުރުމުންނެވެ.

އެހެންނަމަވެސް ބޭރަށް ނުކުމެ މިނެޓެއް ނުވަނިސް އަނެއްކާވެސް ހަޅޭއްލަވާ އަޑުއިވިގެން އޭނާ ބަދިގެއަށް ދިޔައީ ކަމަށެވެ. ދިޔައިރު ޝަމީމްގެ މޫނުމަތީގައި ޒަަޚަމެއް ހުރި ކަމަށާއި، މޫނުމަތިން ލޭ އަންނަމުން ދިޔަކަމަށް އޭނާ ބުންޏެވެ. އެހިސާބުން އަނެއްކާވެސް އެދެމީހުން ދުރުކުރުމަށް އޭނާ މަސައްކަތް ކުރިއެވެ. އޭރު އެތަނުން އިތުރު ހަތިޔާރެއް ފެނިފައިނުވާކަމަށް އޭނާ ބުންޏެވެ.

އޭރު އިތުރު 5 މީހަކު އެތަނުގައި ތިބިކަމަށް ހެކިވެރިޔާ ބުންޏެވެ. އެމީހުން ވަނީ ޝަމީމްގެ މޫނަށް އަނިޔާވީ މާރާމާރީގެ ތެރެއިންކަމަށް އޭނާ ގާތުގައި ބުނެފައެވެ.

ޝަމީމަށް ލިބުނު ބޮޑު އަނިޔާކަމަށް ބުނާ މޭމައްޗަށް ލިބުނު އަނިޔާގެ ވާހަކަ އޭނާ އަޑުއެހީވެސް އެހެން މީހުންގެ ފަރާތުންކަމަށް އޭނާ ހެކިބަސް ދެމުން ބުންޏެވެ.

ތަޅާފޮޅުމުގެ ސަބަބުން އާބިދުގެ މޫނުމައްޗަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ހުރިކަމަށް އޭނާ ބުންޏެވެ.

ދެން ހާޒިރުކުރީ އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނު ރައްޔިތެއްކަމަށްވާ މުޙައްމަދު ފައިޒާން މަނޯޖްއެވެ. އޭނާ ބުނާ ގޮތުގައި ޙާދިސާ ހިނގިއިރު އޭނާ ދިޔައީ އެ ދުވަހު އޮތް ރޯދަވީއްލުމަކަށް ތައްޔާރު ކުރުމަށް ގޮނޑި މޭޒުތައް ތަރުތީބު ކުރަމުންނެވެ. އޭރު ބަދިގެ ފަރާތުން އަޑުގަދަވި ނަމަވެސް އެއީ އާންމުކޮށް ހިނގާ ކަމަކަށްވާތީ އެވަގުތު ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިޔައީކަން އޭނާ ފާހަގަކުރިއެވެ.

އެ ހެކިވެރިޔާވެސް ވަނީ ޝަމީމްގެ މޭމައްޗަށް ލިބިފައިވާ އަނިޔާއެއް އޭނާއަށްވެސް ފެނިފައި ނުވާ ކަމަށާއި، ޙާދިސާ ހިނގި ތަނުން އެވަގުތު ހަތިޔާރެއް ފެނިފައިނުވާކަމަށް ބުނެފައެވެ.

އެހެންނަމަވެސް އާދައިގެ މަތިން އެތަނުގައި ވަޅި ސަމުސާ ބަހައްޓާފައި ހުރި ތަންތަނުގައި އެތަކެތި ހުންނާނެކަން އޭނާ ފާހަގަކުރިއެވެ.

މި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންކަން ފާހަގަކޮށް ދައުލަތުން ވަނީ ޝަރީއަތުގެ މަރުޙަލާ ފެށުމުގެ ކުރިން ހެކިބަސް ކުރީބައިގައި ނެގުމަށް އެދިފައެވެ. ވުމާއެކު، ގާޒީ ޝަފީއު ވަނީ މި މައްސަލައިގައި ހިމެނޭ 11 މީހުންގެ ހެކިބަސް ނަންގަވަން ފައްޓަވާފައެވެ. މިހާތަނަށް މިވަނީ 8 ހެއްކެއްގެ ހެކިބަސް ނެގިފައެވެ.

އެއީ ފަހަށް ރައްކާ ކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ދަށުން ނަގާ ހެކިބަސްތަކެކެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޯމަ ދުވަހަށްވެސް ތާވަލުކުރެވިފައިވެއެވެ.

ޕާކިސްތާންބަންގްލަދޭޝްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު