Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ހިފާފައިވާ ޚާރސަން ސަރަހައްދަށް ޔޫކްރެއިންގެ ފައުޖުތައް ވަންނަން ފަށައިފި

ޚާރސަން ސަރަހައްދަކީ ހަނގުރާމައިގެ ކުރީ ކޮޅު ރަޝިއާއިން ހިފި ސަރަހައްދެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 02:10
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ހަނގުރާމައިގެ ކުރީކޮޅުގައި ރަޝިއާއިން ހިފާފައިފާ ޚާރސަން ސަރަހައްދަށް ޔޫކްރެއިންގެ ފައުޖުތައް ވަންނަން ފަށާފައިވާ ކަމަށް އެގައުމުގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ވީޑިއޯ މެސެޖެއް މެދުވެރިކޮށް ޒެލެންސްކީ ވިދާޅުވީ ޚާރސަން ސަރަހައްދު ހިފައިގެން ތިބި ފަރާތްތައް އެތަނުގައި ގަދަފައި ވިއްދައިގެން ތިބި ނަމަވެސް، ހަތިޔާރާއެކު ޔޫކްރެއިންގެ ފައުޖުތައް މަޑު މަޑުން އެ ސަރަހައްދަށް ވަންނަމުންދާ ކަމަށެވެ.

މި މެސެޖުގައި ޒެލެންސްކީ ވަނީ ރަޝިއާއިން ކަޅުކަނޑު ސަރަހައްދުގައި އޮންނަ އޮޑެއްސާ ބަނދަރަށް ރޮކެޓް ހަމަލާ ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކެލިބަރ މިސައިލްގެ މި ހަމަލާއެކު ރަޝިއާއެކު ވާހަކަ ދެއްކުމަށް އޮތް މަގު ނައްތާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ހަމަލާއާއެކު އޭގެ ކުރިން ދުވަހު އެއްބަސްވެވުނު އެއްބަސްވުމަށް ނުރައްކާވެފައިވާ އިރު، މި އެއްބަސްވުމަކީ ކަޅުކަނޑުގައި އޮންނަ ބަނދަރު މެދުވެރިކޮށް ޔޫކްރެއިނުން ގޮދަން ބޭރުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

ހުކުރު ދުވަހު ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެމުންދާ މައްސަލައަށް ހައްލު ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ އޮފިޝަލުންނާއި އދ ގެ މެމްބަރުންނާއި، އދ އާ ރަޝިއާ އަދި ޔޫކްރެއިންނާ މެދުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ތުރުކީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަމަލާ ދީފައިވަނީ ރަޝިއާއިން ކަމަށް ބުނެފައިވާއިރު، ތުރުކީގެ ޑިފެންސް މިނިސްޓަރު އަދި ރަޝިއާގެ އޮފިޝަލުން ބުނެފައިވަނީ އޮޑެއްސާއަށް ދިން ހަމަލާއާއި ރަޝިއާއާއި ގުޅުމެއް ނެތް ކަމަށެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު