Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ޓޮޓެންހަމުން ތައްޔާރުވުން

ކޭންގެ ދެ ލަނޑާއެކު ޓޮޓެންހަމުން ރޭންޖަރސް ބަލިކޮށްފި

ރޭންޖަރސްގެ މައްޗަށް ޓޮޓެންހަމުން ކުރި ހޯދީ ކޭން ކާމިޔާބުކުރި ދެ ލަނޑުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2022 | ހޮނިހިރު 19:11
ޓޮޓެންހަމްގެ މެޗުގެ ތެރެއިން

ޓޮޓެންހަމްގެ މެޗުގެ ތެރެއިން

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭންޖަރސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭން ޖެހި ދެ ލަނޑާއެކު ޓޮޓެންހަމް މޮޅުވެއްޖެއެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރޭންޖަރސް އިންނެވެ. މެެޗުގެ 24 ވަނަ މިނެޓުގައި އެންޓޯނިއޯ ކޯލަކް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ވެސް އެ ޓިީމުން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ފުޅާކުރުމަށް މަސައްކަތް ކޮށްފައެވެ.

ޓޮޓެންހަމުން ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް އެ ޓީމަށް ކާމިޔާބުކުރެވުނީ ދެ ވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ކޭންއެވެ. އޭގެ ހަ މިނެޓު ފަހުން، 56 ވަނަ މިނެޓުގައި ކޭން ވަނީ އިތުރު ލަނޑެއް ޖަަހައި ޓޮޓެންހަމް މެޗުން މޮޅު ކޮށްދީފައެވެ.

މެޗުގައި ޓޮޓެންހަމުން ވަނީ ގިނަ ބަދަލުތަކެއް ވެސް ގެނެސްފައެވެ. އެގޮތުން އެ ޓީމުގައި ރިކާލިސަން، އީވާން ޕެރިސިޗް، ޖޯ ރޮޑޮން، ލޫކަސް މޯރާ، ލެންގުލެޓް އަދި ބިސޯމާ ފަދަ މުހިންމު ކުޅުންތެރިން ހިމެނެއެވެ. އަދި މި މެޗަކީ މީގެ ތެރެއިން ޕެރިސިޗް، ލެންގުލެޓު އަދި ބިސޯމާ ޓޮޓެންހަމަށް ކުޅުނު ފުރަތަމަ މެޗެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ އެކުވެރިކަމުގެ މެޗުގައި ދެން ޓޮޓެންހަމުން ވާދަކުރާނީ ރޯމާއާއެވެ. އެ މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އައު ސީޒަނުގެ ޕްރިމިއަރ ލީގައި ޓޮޓެންހަމްގެ ފުރަތަމަ މެޗުގައި އެ ޓީމު ނިކުންނާނީ އޯގަސްޓު ހަ ވަނަ ދުވަހު ސައުތުހެމްޓަންއާ ދެކޮޅަށެވެ.

ޓޮޓްނަމް ހޮޓްސްޕަރރޭންޖާސްހެރީ ކޭން

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު