Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަންކީޕޮކްސް

މަންކީޕޮކްސް އަކީ ދުނިޔޭގެ ހެލްތު އިމަރޖެންސީއެއްގެ ގޮތުގައި ކަނޑައަޅައިފި

މިހާތަނަށް 75 ޤައުމަކުން 16،000 އަށްވުރެ ގިނަ މަންކީޕޮކްސްގެ ކޭސްތައް ވަނީ ފެނިފަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖުލައި 2022 | ހޮނިހިރު 14:36
މަންކީޕޮކްސް ޖެހުމުން ހަށިގަނޑު ހުންނާނެ ގޮތް

މަންކީޕޮކްސް ޖެހުމުން ހަށިގަނޑު ހުންނާނެ ގޮތް

މަންކީ ޕޮކްސްއަކީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.

ޑަބްލިއުއެޗްއޯއިން މިގޮތަށް ކަނޑައަޅާފައިވާކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މަންކީޕޮކްސް އަކީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއް ކަމަށް ކަނޑައެޅީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވި ކަމާއެކު ބަލި ފެތުރެމުންދާތީއެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުމެއް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ހެލްތު އިމަޖެންސީއަކަށް ހަދައި އެންމެ މަތީ އެލަރޓް ނެރެފައިވާއިރު މި އެލަރޓާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯގެ މެމްބަރުން ޤައުމުތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭނެއެވެ. ނަމަވެސް އަދި މިހާތަނަށް މިކަމާ ގުޅޭގޮތުން ޤައުމުތަކުން އަޅާނެ ފިޔަވަޅުތަކެއް ޑަބްލިއުއެޗްއޯއިން އާއްމުކޮށްފައި ނުވެއެވެ.

މިހާތަނަށް 75 ޤައުމަކުން 16،000 އަށްވުރެ ގިނަ މަންކީޕޮކްސްގެ ކޭސްތައް ވަނީ ފެނިފައެވެ. މި ބަލީގައި މިހާތަނަށް މަރުވެފައިވަނީ އެފްރިކާގެ ފަސް މީހެކެވެ.

މިއަހަރުގެ ޖޫން މަހުން ފެށިގެން ދުނިޔެގެ އެކި ޤައުމުތަކުގައި މިބަލި ފެތުރެމުންދާއިރު އެންމެ ގިނައިން ބަލި ޖެހެނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ކަމަށް ވަނީ ދިރާސާތަކުން ދައްކައިފައެވެ. މި ވައިރަހުގެ ކޭސްތައް މި ސަރަހައްދުގެ ޤައުމުތަކުން ވެސް ވަނީ ފެނިފައެވެ.

މަންކީޕޮކްސް ޖެހޭ މީހުން 2-4 ހަފްތާ ތެރޭގައި ރަނގަޅުވާ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެއެވެ.

މަންކީ ޕޮކްސްޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު