Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިންޗެންކޯ އާސެނަލަށް

އަހަންނަކީ އާސެނަލްގެ ސަޕޯޓަރެއް، ހަގީގަތަކަށް މިވީ ދެކެމުން އައި ހުވަފެނެއް - ޒިންޗެންކޯ

ސިޓީގެ ކޭމްޕް ދޫކޮށް ޒިންޗެންކޯ ވަނީ އާސެނަލްގެ ކޭމްޕާ ގުޅިފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 ޖުލައި 2022 | ހޮނިހިރު 05:05
ސިޓީ ދޫކޮށް އާސެނަލާ ގުޅުނު ޒިންޗެންކޯ އަދި ޖިސޫސް: ފޮޓޯ-އާސެނަ

ސިޓީ ދޫކޮށް އާސެނަލާ ގުޅުނު ޒިންޗެންކޯ އަދި ޖިސޫސް: ފޮޓޯ-އާސެނަ

އާސެނަލަށް ކުޅުމަކީ ދެކެމުން އައި ހުވަފެނެއްކަމަށާއި, އަދި އޭނާއަކީ ކުޑައިރުންފެށިގެން އެކްލަބްގެ ސަޕޯޓަރެއްގަކަމަށް ޔުކްރެއިންގެ ޑިފެންޑަރ އޮލެކްޒެންޑަ ޒިންޗެންކޯ ބުނެފިއެވެ.

މެންޗެސްޓަރ ސިޓީ ދޫކޮށް އާސެނަލްއަށް ބަދަލުވުމަށްފަހު ޒިންޗެންކޯ ބުނީ، އޮންރީއާއި ސެސް ފެބްރިގާޒްފަދަ ކުޅުންތެރިން އާސެނަލްއަށް ކުޅުނުއިރު އެޓީމްގެ މެޗުތަކަށް ޝައުގުވެރިވި ކަމަށާއި, އާޓެޓާއާއެކު އަނެއްކާވެސް އާސެނަލްއިން ކުރިއެރުންތައް ހޯދަމުންދާތަން ފެންނަކަމަށެވެ. އާސެނަލްއަށް ޚާއްސަ ލޯތްބެއް އޮތްކަން ފާހަގަކުރަމުން 25 އަހަރުގެ ޒިންޗެންކޯ ބުނީ އެކްލަބާއެކު ފަށަން ކެތްމަދުވެފައި ހުރިކަމަށެވެ.

މިޑްފީލްޑަށްވެސް ކުޅޭ ޒިންޗެންކޯގެ ސޮއި ލިބުމުން ކޯޗު އާޓެޓާ ބުނީ، އޭނާއަށް "އޮޕްޝަންސް" ތަކެއް ލިބިއްޖެކަމަށެވެ. ސިޓީގެ ކޯޗިންގ ޓީމްގައި މަސައްކަތްކުރިއިރުވެސް ޒިންޗެންކޯއަކީ މޮޅު ކުޅުންތެރިއެއްކަން އެނގޭކަމަށާއި, ޒިންޗެންކޯއަށް ފޮލޯކުރަމުން އައިކަމަށް އާޓެޓާ ބުންޏެވެ. އާސެނަލްގެ އެޓޭކާއި ޑިފެންސްގައިވެސް ޒެންކޯއަށް އެހީވެވޭނެކަން އާޓެޓާ ފާހަގަކުރިއެވެ.

36 މިލިއަން ޑޮލަރަށް ޒިންޗެންކޯ އާސެނަލާ ގުޅުނީ ދިގު މުއްދަތަކަށެވެ. ޒިންޗެންކޯ އާސެނަލަށް ބަދަލުވާން ނިންމިއިރު ހުރީ ސިޓީގެ ޕްރީ ސީޒަން ޓުއަރގައި އެމެރިކާގައެވެ. އެކަމަކު މިހާރު އޭނާ ވަނީ ސިޓީގެ ކޭމްޕް ދޫކޮށް އާސެނަލާ ގުޅިފައެވެ. ޒިންޗެންކޯގެ ކުރިން ސިޓީގެ ބްރެޒިލް ފޯވާޑް ޖީސުސްވެސް ވަނީ އާސެނަލާ ގުޅިފައެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި

23 ޖުލައި 2017
ކްލަބް ފްރެންޑްލީ: ޓޮޓެންހަމް އިން ޕީއެސްޖީ ބަލިކުރިއިރު، އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
17 މެއި 2017

މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

17 މެއި 2017
މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
11 އެޕްރީލު 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

11 އެޕްރީލު 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް
18 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު