Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމަރަފުށީގައި ހައުސިންގ ޔުނިޓު އެޅުން

ތިމަރަފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ތިމަރަފުށީގައި އިމާރާތްކުރަނީ 3 ކޮޓަރީގެ ހައުސިންގ ޔުނިޓުތަކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 ޖުލައި 2022 | ހޮނިހިރު 02:48
ތިމަރަފުށީގެ ހައުސިންގ ޔުނިޓުތައް

ތިމަރަފުށީގެ ހައުސިންގ ޔުނިޓުތައް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތ. ތިމަރަފުށީގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓަށް އެދި ކުރިމަތިލާން ހުޅުވާލައިފިއެވެ.

ތިމަރަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް 100 ހައުސިންގ ޔުނިޓް އެޅުމަށް މި ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ފެށީ 2020ވަނަ އަހަރުއެވެ. މި ޔުނިޓުތަކުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ތިމަރަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުގައި މި ހައުސިންގ ޔުނިޓުތައް ދޫކުރާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ތިމަރަފުށީގެ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފައިވާ ޔުނިޓުތަކާއި، ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ދޫކުރާ ޔުނިޓުތަކެވެ. އެގޮތުން، ތިމަރަފުށީގެ ރަށްވެހިންނަށް 83 ޔުނިޓު ކަނޑައަޅާފައިވާއިރު، އެހެނިހެން ރަށްރަށުގެ މީހުންނަށް 15 ޔުނިޓު ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ޕްލޭނިންގ މިނިސްޓްރީން ދެ ޔުނިޓް ކަނޑައަޅައިފައިވަނީ ތިމަރަފުށީ ކައުންސިލުގެ ބޭނުމަށެވެ.

މި ހައުސިންގ ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 12:00ށް ކައުންސިލް އިދާރާގައި ކުރިއަށްދާނެ ކަމަށްވެސް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ފޯމު ހުށަހަޅާ ފަރާތްތަކަށް ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް، ތިމަރަފުށީ ކައުންސިލް މެމްބަރުންނާއި ކައުންސިލުގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނާއި އެ ރަށުގެ އާއްމު ފަރުދަކު ހިމެނޭހެން ވަނީ ކޮމިޓީއެއްވެސް ހަދާފައެވެ. މި "ވިލަރެސް ކޮމިޓީ"ގައި 9 މެމްބަރުން ހިމެނެއެވެ.

ތިމަރަފުށީގައި އަޅާ ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރިއާއި 3 ފާޚާނާ އަދި ސިޓިން ރޫމަކާއި ބަދިގެ އަދި ލޯންޑްރީ އޭރިއާއެއް ހިމެނޭހެން ހަދާ ޔުނިޓުތަކެކެވެ. މި ޔުނިޓުތައް އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.

މި މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވަނީ 71 މިލިއަން ރުފިޔާއަށެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
04 މެއި 2017

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017
ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު