Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަމާލެ ބްރިޖުގެ މަޝްރޫއު

ތިލަމާލެ ބްރިޖުގެ ތަނބުތަކުގެ މަސައްކަތް ފަށަނީ

ފައުންޑޭޝަން މަސައްކަތް އަންނަ މަހުގެ ފެށޭ ހަފްތާގައި ކުރުމަށް މަސައްކަތް ކުރަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2022 | ހުކުރު 08:51
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކުރަނީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކުރަނީ

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ތެރެއިން މާލެ އާއި ވިލިމާލެ ގުޅުވާލާ ބްރިޖު (ތިލަމާލެ ބްރިޖް) ގެ ފައުންޑޭޝަން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޕްލޭނިންގ މިނިސްޓްރީން ބުނީ، ބްރިޖުގެ ފައުންޑޭޝަން މަސައްކަތް އަންނަ މަހުގެ ފެށޭ ހަފްތާގައި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ތިލަމާލެ ބްރިޖުގެ އެންމެ މުހިންމު އަދި ބުރަ މަސައްކަތްކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މިހާރު ބްރިޖަށް ބޭނުންވާ މުހިންމު ސާމާނުތައް ރާއްޖެ ގެނެވިފައިވާއިރު، އަދިވެސް ބައެއް ސާމާނު ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް އިން ބުނީ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި 6 ކިލޯމީޓަރުގެ މި ބްރިޖް މަޝްރޫއުގެ ފުރަތަމަ ބްރިޖު ނުވަތަ މާލެ ވިލިމާލެ ގުޅުވާލާ 1 ކިލޯ މީޓަރަށްވުރެ ދިގު ބްރިޖު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

އެފްކޮންސް އިން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ކަނޑުގަދަވުމާއި އެ ސަރަހައްދުގެ ގޮތުން ސަރވޭ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖިއޯޓެކްނިކަލް ސަރވޭގެ ނަތީޖާތަކަށް ރިއާޔަތްކޮށް ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައި ބްރިޖު އެޅުމަށްޓަކައި އަޅާ ވަގުތީ ބްރިޖުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެފްކޮންސް އިން ބުނެއެވެ. މީގެ އިތުުރުން ބްރިޖުގެ ކޮންކްރީޓް ޓެސްޓް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށާއި، މުޅި ބްރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލެވޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ބްރިޖުގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެފްކޮންސް އިން އިތުރަށް ބުނީ ބްރިޖުގެ މަސައްކަތަށް މިހާތަނަށް 88 އިންޖިނިއަރުން ރާއްޖެ އައިސްފައިވާ ކަމަށާއި، އިތުރު 164 އިންޖިނިއަރުން މިއަހަރުގެ ނިޔަލަށް އަންނާނެ ކަމަށެވެ. އަދި މި ޓީމުގެ ތެރޭގައި ތުރުކީ ޖަރުމަންވިލާތް އަދި އޮސްޓްރޭލިއާގެ އިންޖިނިއަރުން ހިމެނޭ ކަމަށް އެފްކޮންސް އިން ބުނެއެވެ.

ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި މިހާތަނަށް 500 މަސައްކަތު މީހުން ރާއްޖެ އައިސްފައިވާ އިރު، އަހަރު ނިމޭ އިރު 1227 މަސައްކަތު މީހުން ރާއްޖެ އަންނާނެ ކަމަށް ވެސް އެފްކޮންސް އިން ބުނެއެވެ.

މީގެއިތުރުން ބްރިޖު އަޅާ ސަރަހައްދަކީ މުރަކަ ފަރެއްކަމުގައި ވުމުން، ދިރޭތަކެތި ހިމާޔަތްކުރުމުގެ މުއާހަދާއާއި އެއްގޮތަށް ބްރިޖު އަޅާ ސަރަހައްދުގައި ހުރި މުރަކައިގެ ބާވަތްތައް އެހެން ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެފްކޮންސް އިން ވަނީ މީގެކުރިން ބުނެފައެވެ. އަދި ތެޔޮ ލީކުވުމުގެ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަށް ސައިޓުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ އިރު، މުހިންމު ގަސްތަކާއި އެ ނޫންވެސް ދިރޭ ތަކެތީގެ ބާވަތްތައް ވެސް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެފްކޮންސް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު