Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންސާނީ ވަގުފާރި

އިންސާނީ ވަގުފާރީގެ އެމެރިކާގެ ރިޕޯޓްގައި މުޅިންހެންވެސް ރަޝިއާގެ ނަން!

އިންސާނީ ވަގުފާރީގެ ޖަރީމާ ހިންގާ ގައުމުތަކުގެ ލިސްޓުގައި ރަޝިއާ ވަނީ ހިމަނާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ޖުލައި 2022 | ބުދަ 06:29
އިންސާނީ ވަގުފާރީގެ ހާލަތާ ގުޅޭ ގޮތުން އެމެރިކާއިން ކޮންމެ އަހަރަކުވެސް އެކުލަވާލާ ރިޕޯޓްގެ މި އަހަރުގެ އަދަދު އާންމު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

އިންސާނީ ވަގުފާރީގެ ހާލަތާ ގުޅޭ ގޮތުން އެމެރިކާއިން ކޮންމެ އަހަރަކުވެސް އެކުލަވާލާ ރިޕޯޓްގެ މި އަހަރުގެ އަދަދު އާންމު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގްގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އަދަދު 25 މިލިއަނަށް އަރާ ކަމަށާއި، ރަޝިއާއިން ވެރިވެގެންފައިވާ ޔޫކްރެއިންގެ ރައްޔިތުން ތިބީ "އިންތިހާ ނާޒުކު" ފައްތަރެއްގައި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

އިންސާނީ ވަގުފާރީގެ ހާލަތާ ގުޅޭ ގޮތުން އެމެރިކާއިން ކޮންމެ އަހަރަކުވެސް އެކުލަވާލާ ރިޕޯޓްގެ މި އަހަރުގެ އަދަދު އާންމު ކުރުމަށް ކުރިއަށް ގެންދިޔަ އިވެންޓްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން ވަނީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރާ އެކްޓިވިސްޓުންނަށް ހާއްސަ ޝަރަފުވެސް އަރުވާފައެވެ. މި އަހަރުގެ ޝަރަފު ލިބުނު އެކްޓިވިސްޓުންގެ ތެރޭގައި ޔޫކްރެއިންގެ އެންޖީއޯއެއްކަމަށްވާ ލާ ސްޓްރާޑާގެ ރައީސް، ކެޓެރީނާ ޗެރެޕަކާ ހިމެނެއެވެ.

އެމެރިކާއިން އާންމު ކޮށްފައި ވާ އިންސާނީ ވަގުފާރީގެ ހާލަތު ބަޔާން ކުރާ ރިޕޯޓަށް ބަލާއިރު، "ވަކި ނިޒާމެއް" ގެ ތެރެއިން އިންސާނީ ވަގުފާރީގެ ޖަރީމާ ހިންގާ ގައުމުތަކުގެ ލިސްޓުގައި ރަޝިއާ ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މަޖުބޫރުން "ލޭބަރ" މަސައްކަތް ކުރުވުން ނުވަތަ ސަލާމަތީ ފައުޖުތައް ނުވަތަ ސަރުކާރުގެ ތާއިދާއެކު ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް "ސިފައިން"ގެ ގޮތުގައި ކުޑަ ކުދިން ރެކްރޫޓް ކުރާ ކުރުންވެސް ހިމަނާފައިވެއެވެ.

ރިޕޯޓްގެ އެކި ހިސާބުތަކުގައި ރަޝިއާގެ ނަން ފާހަގަކޮށްފައިވެއެވެ. ސަބަބެއްކަމުގައި ބަޔާން ކުރަނީ ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރާ، ފަށާފައިވާ ހަނގުރާމައެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އެތައް މިލިއަން ރައްޔިތުންނެއް ގައުމު ދޫކޮށް، އެހެން ސަރަހައްދުތަކަށް ރެފިއުޖީންގެ ގޮތުގައި ބަދަލު ވެފައިވާއިރު، އެ މީހުންނަކީ ވަގުފާރީގެ ޝިކާރައަކަށް ވުމުގެ ނުރައްކަލުގައި ތިބި ނާޒުކު ބައެއް ކަމަށް އެމެރިކާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާގައި ހުންނަ ރަޝިއާގެ އެމްބަސީއިން އެ ރިޕޯޓަށް ތަފްސީލީ ގޮތެއްގައި އެއްޗެއް ބުނެފައި ނުވާ ކަމަށް ރޮއިޓާސްއިން ޚަބަރު ދެއެވެ.

ސަރުކާރާ ގުޅިފައިވާ ސެކްޓަރުތަކުގައި މަޖުބޫރުން މަސައްކަތް ކުރުވުމާއި، ސަރުކާރުގެ ކޭމްޕުތަކުގައި ޖިންސީ އަޅުންގެ ގޮތުގައި ގެންގުޅުމާއި، ސިފައިންގެ ގޮތުގައި ކުޑަކުދިން ގެންގުޅުމުގެ މައްސަލަތަކުގައި އެކުލަވާލާފައިވާ އާ ބާބުގައި ލިސްޓުކޮށްފައިވާ އިތުރު ގައުމުތަކަށް ބަލާއިރު، އަފްޣާނިސްތާން، މިޔަންމާ، ކިއުބާ، އީރާން އަދި އުތުރު ކޮރެއާ ފާހަގަކުރެވެއެވެ.  

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު