Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާގެ ޕޮލިސީތައް

ޖޯ ބައިޑަން ސައުދީ އަރަބިއްޔާއާ މެދު ޔޫޓަރނެއް ނެންގެވީ ކީއްވެ؟

19 ޖުލައި 2022 | އަންގާރަ 09:32

ބައިޑަން ސައުދީ އަރަބިއްޔާއާއެކު ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅު ވަނީ ސައުދީއިން އިތުރަށް ތެޔޮ މާކެޓަށް ނެރެވޭނެ ގޮތެއް ހޯދުމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 ޖުލައި 2022 | އަންގާރަ 09:32
ޖޯ ބައިޑަން، މުހައްމަދު ބިން ސަލްމާންއާ "ފިސްޓް ބަމްޕް" ކުރައްވަނީ

ޖޯ ބައިޑަން، މުހައްމަދު ބިން ސަލްމާންއާ "ފިސްޓް ބަމްޕް" ކުރައްވަނީ

ދާދި ފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސައުދީ ވަލީއަޙްދު މުހައްމަދު ބިން ސަލްމާންއާ "ފިސްޓް ބަމްޕް" ކުރައްވާ ސަލާމް ކުރައްވާފައެވެ. ބައިޑަން ކަންތައް ކުރެއްވި ގޮތުން، ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި މަސްއަލައިގައި މުހައްމަދު ބިން ސަލްމާނާމެދު ބައިޑަން ދެކެވަޑައިގެންނެވިގޮތް ބަލަދު ކުރައްވައިފިކަން ވަނީ ހާމަވެފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އުޅުއްވަމުން 2019 ވަނަ އަހަރު ބައިޑަން ވިދާޅުވެފައިވަނީ ޚަޝޯގީގެ މަރުގެ ޒިންމާ ސައުދީ އަރަބިއްޔާއިން ނަގަން ޖެހޭނެ ކަމުގައެވެ. އަދި ރައީސްކަމަށް ވަޑައިގެންނެވުމަށްފަހު 2021ވަނަ އަހަރު ބައިޑަން ވަނީ ޚަޝޯގީ މެރުމަށް އަމުރު ކުރެއްވީ ސީދާ މުހައްމަދު ބިން ސަލްމާން ކަމަށް ބުނާ އެމެރިކާގެ އިންޓެލިޖަންސް ރިޕޯޓެއް ނެރުއްވާފައެވެ. އަދި މުހައްމަދު ބިން ސަލްމާންއާ ވާހަކަ ނުދެއްކެވުމަށް ވެސް ބައިޑަން ނިންމެވިއެވެ.

އާދަޔާ ޚިލާފު މުއްސަދި ދިރިއުޅުމެއް އުޅުއްވާ މުހައްމަދު ބިން ސަލްމާންގެ ކަންކަމަށް ފާޑުކިޔާ ވޮޝިންގޓަން ޕޯސްޓްގައި ލިޔަމުން އައި ނޫސްވެރިޔާ ޚަޝޯގީ މަރާލާ އަދި އޭނާގެ އަގުންތަކުން ކޮށާލެވި ސޫޓުކެސްތަކަކަށް އަޅައިގެން ނެރެފައިވަނީ އިސްތަންބުލްގައި ހުންނަ ސައުދީ ކޮންސުލޭޓްގެ ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

ޚަޝޯގީގެ މަރާގުޅިގެން ޖޯބައިޑަން ނިންމަވައިގެން ހުންނެވި ގޮތް ބަދަލު ކުރައްވާ "ޔޫޓަރން" އެއް ނެންގެވީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ފަހަތުގައި ތިން މުހިންމު ކަމެއް ވެއެވެ.

އަރަބި ހަތަރު ގައުމުކަމަށްވާ ޔޫއޭއީ، ބަހްރެއިން، މޮރޯކޯ އަދި ސޫދާނުން އިސްރާއީލް އާއެކު ވެފައިވާ އެއްބަސްވުންތަކަކަށް އެބްރަހަމް އެކޯޑްސް ކިޔައެވެ. އެއްފަރާތުން އިސްރާއިލް އަދި އަނެއް ފަރާތުން އަރަބި ގައުމުތަކަކީ އެމެރިކާގެ ވެސްޓް އޭޝިޔާ ޕޮލިސީގެ މުހިންމު ދެ ތަނބުކަމަށް ވާއިރު، އެދެފަރާތް ގުޅިގެން ވަނީ އީރާން އާއި ދެކޮޅަށް އިގްތިސާދީ އަދި ސެކިއުރިޓީ ޕާޓްނަރޝިޕްއެއް އުފައްދާފައެވެ. އެހެން ކަމުން އެބްރަހަމް އެކޯޑްސްގެ ދަށުން އަރަބި އިސްރާއިލް ޕަރޓްނަރޝިޕްއަށް ތާއީދުކުރަން އެމެރިކާއިން ނިންމާނަމަ ދެން އޮތް ގޮތަކީ ސައުދީ އަރަބިއްޔާއާއި އިސްރާއިލްގެ ގުޅުން ރަނގަޅު ކުރުމަށް ތާއީދު ކުރުމެވެ.

ޖޯ ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އީރާންގެ ނިއުކްލިއަރ މަސައްކަތްތަކާ ބެހޭގޮތުން ކުރިން ވެފައިވާ އެއްބަސްވުން ކުރިޔަށް ގެންދިއުން އޮތީ އުނދަގޫ ކަމަކަށް ވެފައެވެ. ބަރަކް އޮބާމާގެ ވެރިކަމުގައި ވެވުނު އެއްބަސްވުމުގެ ދަށުން އިރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމުގެ މަގުތައް ބަންދުކޮށްލިއެވެ. ނަމަވެސް ޖެހިގެން އައި ޓްރަމްޕްގެ ވެރިކަމުގައި އީރާންގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވިއެވެ. ބައިޑަން މަސައްކަތް ކުރައްވަނީ ކުރީގެ ދެ ރައީސުންގެ ނިންމެވުންތައް ހަމަހަމަ ކުރެއްވޭތޯއެވެ. ނަމަވެސް އެމެރިކާއިން އީރާނަށް ދޫ ދިނުމަށް އިސްރާއިލުންވެސް އަދި ސުންނީ އަރަބި ގައުމުތަކުންވެސް ގަބޫލެއް ނޫނެވެ. އަނެއްކޮޅުން އީރާންގައިވެސް ތިބީ ހާޑްލައިން ނުވަތަ ހަރުކަށި ވިސްނުމުގެ ލީޑަރުންނެވެ. އެހެން ކަމާއެކު އީރާންއާއެކު އައު އެއްބަސްވުމަކަށް ދިއުމުގެ މާބޮޑު އުންމީދެއް ނެތެވެ. އެއާއެކު ބައިޑަންގެ ބެއްލެވީ އިސްރާއިލް އާއި ސުންނީ އަރަބި ގައުމުތަކުގެ ކޮޅަށް ބުރަވުމަށެވެ. މިކަމަށްޓަކައި ސައުދީ އަރަބިއްޔާގެ ތާއީދު އެމެރިކާއަށް ވަރަށް މުހިންމެވެ. ސައުދީ އަރަބިއްޔާ މެދުވެރިކޮށް އީރާނަށް ނުފޫޒު ފޯރުވޭތޯ ބެލުމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިން ހިސޯރު ކުރުމަށް ފެށި ހަނގުރާމަޔާއި ގުޅިގެން ރަޝިޔާއަށް އަދަބެއްގެ ގޮތުން ހުޅަނގުން ވަނީ ރަޝިޔާގެ ތެޔޮ އަދި ގޭސް ގަތުން ހުއްޓާލާފައެވެ. ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ އެނަރޖީ މާކެޓަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ. ރަޝިޔާއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ގިނަ އަދަދަކަށް ތެޔޮ އުފައްދާ ގައުމަކަށްވާއިރު، ރަޝިޔާގެ ތެޔޮ ނުލިބުމުން ހުޅަނގުގެ ގައުމުތަކުގެ އިތުރުން މުޅި ދުނިޔެއަށްވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.  

ނޮވެމްބަރުމަހު އޮންނަ މިޑް ޓަރމް އިންތިޚާބުގައި ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީއިން ކާމިޔާބު ހޯދަން ބޭނުންނަމަ، ތެލުގެ ދަތިކަން ހައްލުކުރަން ޖެހެއެވެ. އެހެން ކަމުން ތެލުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށްޓަކައި ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އެމެރިކާއިން އެދިފައިވެއެވެ. ސައުދީ އަރަބިއްޔާއަކީ ޕްރޮޑަކްޝަން އިތުރު ކުރެވޭނެ ކެޕޭސިޓީ ހުރި މަދު ގައުމުތަކުން އެއްގައުމެވެ. އަނެއް ދެގައުމަކީ ވެނެޒުއެލާ އަދި އީރާންއެވެ. އެދެގައުމަކީ ވެސް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުގެ ދަށުން ތެޔޮ ވިއްކުން މަނާ ދެގައުމެވެ. ރަޝިޔާ އަކީ މުޅި ދުނިޔޭގަވެސް އެންމެ ގިނަ އަދަދަކަށް ތެޔޮ އަދި ގޭސް އުފައްދާ ގައުމުކަމަށްވާއިރު، ރަޝިޔާގެ ތެޔޮ ބަންދު ވިޔަސް ހުޅަނގުގެ އިގްތިސާދުތަކަށް ދަތިވިޔަ ނުދިނުމަށް، އަދި ރަޝިޔާއަށް އަދަބެއް ދިނުމަށް ސައުދީ އަރަބިއްޔާ އަދި ވަލިއަހުދު މުހައްމަދު ބިން ސަލްމާންގެ ބޭނުން އެމެރިކާއަށް ވަރަށްވެސް ބޮޑެވެ. ބައިޑަން ޔޫ ޓަރން ނެންގެވީ މި ސަބަބުތަކަށްޓަކައެވެ.  

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
28 މެއި 2017

އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

28 މެއި 2017
އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.
25 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"

25 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: "ބޮލުގެ އެއްޗެއްތަ؟"
21 މެއި 2017

ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު

21 މެއި 2017
ޓްރަމްޕްގެ "ހޭޓް ސްޕީޗް" ގެ ބަދަލު: ސައުދީގެ އެންމެ މަތީ ޝަރަފު
20 މެއި 2017

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

20 މެއި 2017
މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟
03 މާރިޗު 2017

ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟

03 މާރިޗު 2017
ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު މިލްކުކުރައްވަން ބޭނުންފުޅުވާ ފ. ހިމިތީގެ ހަގީގަތް އެނގޭތަ؟
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް