Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިއްފުށީ ޖިންސީ ގޯނާގެ މައްސަލަ

ދިއްފުށީ ޖިންސީ ގޯނާގެ މައްސަލަ – ފުލުހުންނާއި ތުހުމަތުކުރެވޭ މީހާއަށް ރަށު މީހުން ހަމަލާދިން، އެކަކުގެ ބަންދަށް 10 ދުވަސް ޖަހައިފި

ކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ހެކިލިބިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ޖުލައި 2022 | ހޯމަ 18:37
ދިއްފުށި

ދިއްފުށި

ކ. ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީ ފުލުހުންނަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަން 10 ދުވަސް ޖަހައިފިއެވެ.

ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އާންމުން ނުކުމެ ޒުވާނަކަށް ހަމަލާދީފައިވާ އިރު، މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތް ކުރާ ކަމަށް މި މަހުގެ 14 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަށް ރިޕޯޓް ލިބުނު ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ރިޕޯޓާއި ގުޅިގެން އެރަށަށް ފުލުހުން ގޮސް، އެއްވެތިބި މީހުންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެރަށު ސިއްހީ މަރުކަޒު ކައިރިއަށް އެއްވެތިބި މީހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ތަކުރާރުކޮށް ހަމަލާދީ، ފުލުހުންގެ ސަފު ރޫޅާލައި، ދިއްފުށީ ސިއްހީ މަރުކަޒުތެރެއަށް ވަދެގަނެ، އެތަނުގައި ތަކެއްޗަށް ގެއްލުންދީ، ސިއްހީ މަރުކަޒުން ކަރަންޓް ކަނޑާލައި، ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީފައިވާ ކަމަށެވެ.

މި ހަމަނުޖެހުން ކޮންޓްރޯލްކޮށްފައިވަނީ މާލެއިން ސްޕެޝަން އޮޕަރޭޝަންސްގެ ފުލުހުން ގޮސްގެންކަމަށް ބުނެފައިވެއެވެ. އަދި އަނިޔާ ލިބުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

މި ހަމަނުޖެހުންތަކުގައި ފުލުހުންނަށާއި، ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ 22 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ހެކިލިބިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޖިންސީ ގޯނާ ކުރީ ކާކުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި، އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި، ކ. ދިއްފުށީ ސިއްހީ މަރުކަރުގެ ތަކެއްޗަށް ގެއްލުންދީގައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ ދައުލަތުގެ އިދާރާތަކަށް އަންގައިގެން އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި އަނިޔާވި މީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި ކުޑަކުއްޖާއަށް ޖިންސީ އަނިޔާ ނުކުރާ ކަމަށް ބުނެފައިވާ އިރު، އެރަށުގައި މަސައްކަތް ކުރަމުން ދިޔަ ފުލުހަކު ވެސް އަނިޔާ ލިބުނު މީހާއަށް އާންމުންނާއި ގުޅިގެން އަނިޔާކުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު