Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ސެކިއުރިޓީ ޗީފްއާއި ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކިކޮށްފި

ޔޫކްރެއިނާއި ދެކޮޅަށް އެ ޤައުމުގެ 60 އެއްހާ އޮފިޝަލުން ގެންދަނީ މިހާރުވެސް މަސައްކަތް ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖުލައި 2022 | ހޯމަ 09:09
ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ސެކިއުރިޓީ ޗީފްއާއި ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ވަކި ކުރެއްވުމަށް އެ ޤައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ނިންމަވައިފިއެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫކްރެއިނާ ދެކޮޅަށް އެ ޤައުމުގެ 60 އެއްހާ އޮފިޝަލުން ގެންދަނީ މިހާރުވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޤައުމަށް ގައްދާރުވުމާއި، ޤައުމާ ދެކޮޅު ފަރާތްތަކަށް ވާގިވެރިވުމާއި ގުޅޭ 651 މައްސަލައެއް މިހާރުވެސް ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވި، ގެންދަނީ ބަލަމުންނެވެ.

ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ސެކިއުރިޓީ ޗީފް އިވާން ބަކަނޯއާއި، ޕްރޮސެކިއުޓަރ އައިރީނާ ވެންޑިޓޯވާ މަޤާމުން ވަކި ކުރައްވާފައެވެ. އެ ފަރާތްތަކުން އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އިވާން ބަކަނޯއަކީ ޒެލެންސްކީގެ ތުއްޕުޅުއިރުން ފަށައިގެން އެކުވެރިއެއްކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އެހެންނަމަވެސް، ޤައުމުގެ ސިއްރުތައް ލީކު ކުރާކަމުގެ ތުހުމަތު އެބޭފުޅުންގެ މައްޗަށް މިހާރު ވަނީ ކުރެވިފައެވެ.

އެކަމާ ގުޅިގެން ޒެލެންސްކީ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ޤައުމީ ސަލާމަތުގެ އަސާސްތަކާއި ދެކޮޅަށް ހިންގާ ޖަރީމާތައް ބަލައި ނުގަނެވޭނެކަމަށެވެ. އެ ދެބޭފުޅުންގެ މައްޗަށްވެސް ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ އެ ޤައުމުގެ ޕީޖީގެ މަޤާމު ވަގުތީ ގޮތުން ޑެޕިއުޓީ އޮލެކްސީ ސިމޮނެކޯއާ ޙަވާލު ކުރައްވާފައެވެ. އެހެންނަމަވެސް، އެ މަޤާމުގައި ބަހައްޓަވާނީ އެކަމަށް ޤާބިލު މީހަކަށްވާނަމަ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ސިޓީއަކަށްފަހު ސިޓީއެއް ހަލާކުކޮށްލުމުގެ ބާރު ރަޝިޔާގައި އެބަހުރި ކަމަށެވެ. އަދި އެމީހުންގެ ގިނަ ބާރުތައް މިހާރު އޮތީ ޑޮންބަސްގައި ކަމަށެވެ. އަދި އެމީހުން ހަމަލާދެމުން ދަނީ އެއްތަނަކަށް ކަމަށާއި، ޔޫކްރެއިނުން ހަމަލާދެމުންދަނީ ތަންތަން ހިފައިގެން ތިބި މީހުންނަށް މުހިންމު ސަރަހައްދުތަކަށް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޚާރްކީވް، ޚާރސަން އަދި ކަނޑު ހިމެނޭ ސަރަހައްދުގެ އެތެރެއަށް މަޑުމަޑުން ޖެހެމުން އަންނަ ކަމަށާއި، ޒިމިނީ އައިލެންޑަކީ އެކަމުގެ ރަނގަޅު މިސާލެއް ކަމަށެވެ. އަދި ޑޮންބަސްއާއި ގުޅިގެން ވެސް މިފަދައިން ވިދާޅުވާނެ ދުވަހެއް އަންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި

28 އޯގަސްޓު 2017
ގަލްފްގެ މައްސަލައިގައި ކުވެއިތުގެ މަސައްކަތަށް އދގެ ސެކްރެޓަރީޖެނެރަލް ތައުރީފް ކުރައްވައިފި
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
24 މެއި 2017

ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި

24 މެއި 2017
ޑަބްލިޔު އެޗްއޯގެ އާ ޑިރެކްޓަރ ޖެނެރަލްއަކަށް ޑރ ޓެޑްރޯސް ކަނޑައަޅައިފި
10 އެޕްރީލު 2017

ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް

10 އެޕްރީލު 2017
ބައްޝާރުލް އަސަދަށް އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރުގެ އިންޒާރެއް
03 އެޕްރީލު 2017

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

03 އެޕްރީލު 2017
ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު