Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވުން

އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ރޮނާލްޑޯ މަސައްކަތް ކުރަނީ!

18 ޖުލައި 2022 | ހޯމަ 09:35

އެތުލެޓިކޯއަށް ގެންދިޔުމަށް އެދި ރޮނާލްޑޯ ވަނީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭއާ މަޝްވަރާކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2022 | ހޯމަ 09:35
ރޮނާލްޑޯ

ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބައްދަލުވާން މަސައްކަތްކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ވަނީ އޭނާ ގެންދިޔުމަށް އެދި އެތުލެޓިކޯ މެޑްރިޑާ ވާހަކަ ދައްކާފައެވެ. ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯ އަށް ވަނީ އޭނާ ބަދަލުވާނެ ކުލަބެއް ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޔުވެންޓަސް ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ފަހުން އެ ޓީމާއެކު އޭނާއަށް އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތް ވަނީ ނުވެފައެވެ. ޓީމު ދޫކޮށްލަން ބޭނުންވާކަން އޭނާ ޓީމަށް އެންގީ ޔުނައިޓެޑަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ރޮނާލްޑޯގެ އެޖެންޓު ޖޯޖް މެންޑޭސް ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ރޮނާލްޑޯ ގެންދިޔުމުގެ އޮފާ ހުށަހަޅާފައި ކަމަށާއި، އެ ޓީމުތަކުން އޮފާ ރިޖެކްޓުކުރި ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ. އޭގެ ތެރޭގައި ޖަރުމަނުގަ ބަޔާން މިއުނިކާއި، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ ހިމެނެއެވެ. މީގެ ތެރެއިން ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީއަކީ މެންޑޭސްއާ ގާތް ގުޅުމެއް އޮތް ފަރާތަކަށްވީ ނަމަވެސް، އެ ޓީމުން ވަނީ އޮފާ ރިޖެކްޓުކޮށްފައެވެ. މީގެ އިތުރުން ޗެލްސީގެ ވިސްނން ހުރީ ޓީމުގެ ޑިފެންސް ލައިން ވަރުގަދަ ކުރުމަށް ކަމަށްވާއިރު، ބަޔާނުން ދެކޭ ގޮތުގައި މިވަގުތު ރޮނާލްޑޯގެ ސޮއި ހޯދުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެއެވެ.

ސްޕެއިންގެ ޑިއާރިއޯ އޭ.އެސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ވަނީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނޭއާ ވާހަކަ ދައްކައި، އޭނާ އެ ކުލަބަށް ގެންދިޔުމަށް އެދިފައެވެ. މީގެ އިތުރުން އެ ރިޕޯޓުގައިވާ ގޮތުން އެތުލެޓިކޯއިން ރޮނާލްޑޯ ގެންދިޔުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެއެވެ. ސަބަބަކީ ނިމުނު ސީޒަނަށްފަހު އެ ޓީމުގެ ފޯވާޑުގައި ކުޅެމުން އައި ލުއިސް ސުއަރޭޒް ޓީމު ދޫކޮށްލުމުން އެތަން ފޫބެއްދުމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑުން ތައްޔާރުވަމުން އަންނަ އިރު، ޓީމުގެ ފަރިތަކުރުންތަކުގަޔާއި، އެކުވެރިކަމުގެ މެޗުތަކުގައި ރޮނާލްޑޯ ނުކުޅެއެވެ. ރޮނާލްޑޯ ނެތް ނަމަވެސް، އައު ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ މިހާތަނަށް ރަނގަޅު ނަތީޖާއެއް ނެރިފައެވެ. ޕްރީ ސީޒަންގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 4-0 ން ވާދަވެރި ލިވަޕޫލް ބަލިކޮށްފައެވެ. ދެވަނަ މެޗުގައި އެ ޓީމުން ވަނީ 4-1 ން މެލްބަން ބަލިކޮށްފައެވެ.

ކޯޗު ޓެން ހާގްގެ ޕްލޭންއަކީ ޓީމުގައި ރޮނާލްޑޯ ހިމަނައިގެން ކުރިއަށް ދިޔުމެވެ. އޭނާ ވަނީ ރޮނާލްޑޯއަކީ ވިއްކާލާނެ ކުޅުންތެރިޔެއް ނޫން ކަމަށް ވެސް ބުނެފައެވެ. މީގެ އިތުރުން ޓެން ހާގް ބޭނުންވަނީ ރޮނާލްޑޯ ހިމެނޭ ގޮތަށް ޓީމު އެކުލަވާލައި، ކުރިއަށް އޮތް ސީޒަނުގައި ރަނގަޅު ނަތީޖާއެއް ނެރުމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް