Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޯލް ތައިލެންޑް ޓީޓީ ޗެމްޕިއަންޝިޕް

ތައިލެންޑް މުބާރާތުގައި ދީމާއަށް 4 މެޑަލް

މުބާރާތުގައި ދީމާ ހާސިލްކުރީ 1 ރަން މެޑަލްއާއި 3 ލޯ މެޑަލް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 17 ޖުލައި 2022 | އާދީއްތަ 15:21
ދީމާ، މުބާރާތުގައި ހޯދި ކާމިޔާބީތަކާއެކު

ދީމާ، މުބާރާތުގައި ހޯދި ކާމިޔާބީތަކާއެކު

ތައިލެންޑުގައި ކުރިއަށް ގެންދިޔަ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެމުބާރާތުގައި ހަތަރު މެޑަލް ހޯދައިފިއެވެ.

މުބާރާތުގައި ދީމާ ހާސިލްކުރީ އެއް ރަން މެޑައްޔާއި ތިން ލޯ މެޑަލްއެވެ. ރަން މެޑަލް ކާމިޔާބުކުރީ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. މި އިވެންޓުގައި ދީމާއާއި އެއް ޕެއަރއެއްގައި ވާދަކުރީ ތައިލެންޑްގެ ކުޅުންތެރިޔާ ފަންގްއެވެ.

ދީމާއަށް ލޯ މެޑަލް ލިބުނީ 15 އަހަރުން ދަށުގެ ޑަބަލްސް، 15 އަހަރުން ދަށުގެ ސިންގަލްސް އަދި 17 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުންނެވެ. މި ތިން އިވެންޓުގައިވެސް ދީމާ ބަލިވީ ސެމީ ފައިނަލުންނެވެ.

ދީމާ މިހާރު އަންނަނީ ސަރުކާރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ގުޅިގެން ހޯދައިދިން ފުރުސަތެއްގައި ތައިލެންޑްގައި ތަމްރީނު ހާސިލްކުރަމުންނެވެ. ނިމުނު ތައިލެންޑު މުބާރާތަކީ މި މަހުގެ ފަހުކޮޅު އޮންނަ ކޮމަންވެލްތު ގޭމްސް ފެށެންވާއިރަށް ދީމާއަށް ލިބުނު ރަނގަޅު ތަޖުރިބާއަކަށް ވާނެއެވެ.

ފާތިމަތު ދީމާ އަލީޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

16 މެއި 2024
ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު