Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ އައު ސީޒަނަށް ތައްޔާރުވުން

ކަލީޑޯ ކުލިބަލީ ޗެލްސީއަށް

ކުލިބަލީއަކީ ސެނެގާލް ގައުމީ ޓީމުގެ ކެޕްޓަން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 12:19
ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކަލީޑޯ ކުލިބަލީ

ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކަލީޑޯ ކުލިބަލީ

ނަޕޯލީއަށް ކުޅެމުންއައި ކަލީޑޯ ކުލިބަލީގެ ސޮއި ޗެލްސީން ހޯދައިފިއެވެ.

ކުލިބަލީ ޗެލްސީއާ ގުޅުނީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ. އުމުރުން 31 އަހަރުގެ ސެނެގާލް ޑިފެންޑަރު ޗެލްސީއާއެކު ހަދާފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެކެވެ. އޭނާ ވަނީ މިހާރު ލަސް ވެގާސްގައި ޓީމުގެ ކުޅުންތެރިނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާންފަށާފައެވެ.

މި ދަނޑިވަޅުގައި ކުލިބަލީ ޗެލްސީއާ ގުޅުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ. ޓީމުގެ ކޯޗު ޓުޗެލް މީގެ ކުރިންވެސް ވަނީ މިހާރު ޓީމަށް އެންމެ މުހިންމީ ޑިފެންސްލައިންގައި ކުޅޭނެ ރަނގަޅު ކުޅުންތެރިން ހޯދުންކަން ފާހަގަކޮށްފައެވެ. މިދިޔަ ސީޒަންގައި ޗެލްސީގެ ފަހަތް ބެލެހެއްޓި އެންޓޯނިއޯ ރުޑިގާއާއި އަންދްރޭސް ކްރިސްޓެންސަން ޓީމު ދޫކޮށްލުމުން ޗެލްސީން އޮތީ ރަނގަޅު ޑިފެންޑަރަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ނަޕޯލީގައި ކުލިބަލީ ވަނީ 317 މެޗު ކުޅެދީ 14 ލަނޑު އެޓީމަށް ޖަހައިދީފައެވެ. ފްރާންސްގެ މެޓްޒްއިން ކެރިއަރު ފެށި ކުލިބަލީ ވަނީ ދެ ސީޒަންގައި ބެލްޖިއަމްގެ ގެންކަށްވެސް ކުޅެފައެވެ.

ޗެލްސީގައި ކުލިބަލީއާއެކު ގައުމީ ޓީމުގެ ކީޕަރު އެޑުއާޑް މެންޑީ ހުރުމަކީ އޭނާއަށް ލިބޭނެ އިތުރު ހިތްވަރެކެވެ. ކުލިބަލީއަކީ ސެނެގާލް ގައުމީ ޓީމުގެ ކެޕްޓަނެވެ. މިއަހަރު އޮތް އެފްރިކަން ކަޕްގެ ތަށި ކުލިބަލީ ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ސެނެގާލްއަށް ހޯދައިދީފައެވެ.

ޗެލްސީޕްރިމިއަރ ލީގުނަޕޯލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު