Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ޚުތުބާ: "އަނިޔާކޮށް މީހުން މަރަމުންދާއިރުވެސް، ސޯޝަލް މީޑިއާއަށް ފޮޓޯލުމުގައި އަވަދިނެތި އުޅޭމީހުން އުޅޭ"

15 ޖުލައި 2022 | ހުކުރު 08:20

އަމާން މުޖުތަމައެއްގައި އެކަންކަން ތަފާތުވާނެކަން ޚުތުބާގައިވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖުލައި 2022 | ހުކުރު 08:20
ޚުތުބާ

ޚުތުބާ

އަނިޔާކޮށް މީހުން މަރަމުންދާއިރުވެސް، ސޯޝަލް މީޑިއާއަށް ފޮޓޯލުމުގައި ބައެއް މީހުން އަވަދިނެތި އުޅޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިޖުތިމާއީ އަމާންކަމުގެ މުހިއްމުކަން" މި މައުޟޫގެ މައްޗަށް އިއްވި ހުކުރު ޚުތުބާގައި ބުނީ، އަމާންކަމެއް ނެތް މުޖުތަމައެއް އެއްވެސް މައިދާނެއްގައި ތަރައްޤީއެއް ނުވާނެ ކަމަށެވެ. އެފަދަ މުޖުތަމައެއްގައި ދިރިއުޅޭ މީހުންނަށް ޖާނާއި މާލާއި، އަބުރާއި އިއްޒަތް ރައްކާތެރި ކުރުމަކީ ގޮންޖެހުން ހުރި ކަމަކަށްވާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެއާ ޚިލާފަށް އަމާން މުޖުތަމައެއްގައި އެކަންކަން ތަފާތުވާނެ ކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ﷲގެ ވަޙީ ބަސްފުޅުތަކާއި ކީރިތި ރަސޫލާގެ ސުންނަތަށް އަމަލު ކޮށްގެން، މުޖުތަމައަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތް ކޮށްފިނަމަ ލިބޭނެ ފައިދާތަކަށްވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން އެފަދަ މުޖުތަމައެއްގައި ޙައްޤުތައް ރައްކާތެރި ކުރެވި، ދެބަސްވުންތަކާއި އަރައިރުންތައް މަދުކުރެވި، ޚަސްމުންނަށް އިންސާފު ލިބިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، އެކަމުގެ ސަބަބުން ރުޅިއާއި ހަސަދަވެރިކަން ފިލައިގެން ގޮސް، ބާއްޖަވެރިކަމާއި ހަމަޖެހުން ލިބޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަމަން އަމާންކަމަކީ ކޮންމެ ފަރުދެއްގެވެސް އަސާސީ ޙައްޤެއްކަން ބަޔާންކޮށް ޚުތުބާގައި އިތުރަށް ބުނީ، މީސްތަކުންނަށް އަމާންކަން ހޯދައިދެއްވުމަށް ރަސޫލާވެސް ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

ދިރިހުރުމުގެ ޙައްޤާއި، މިލްކުވެރިކަމުގެ ޙައްޤަކީ އެންމެ އަސާސީ ދެ ޙައްޤުކަމަށްވާއިރުވެސް، އެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަނީ ކިތައް މުސްލިމުންތޯ ޚުތުބާގައިވަނީ ސުވާލުކޮށްފައެވެ. ވައްކަންކޮށްގެން ނުވަތަ ފޭރިގަނެގެން މީސްތަކުންގެ މުދާތައް ކެއުންވެސް އާންމުވެފައިވާކަން ޚުތުބާގައި ބަޔާން ކުރެއްވިއެވެ.

ހަމައެއާއެކު، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސުތައް އެއްވެސް ޙައްޤެއް ނެތި މަރަނީ ކިތައް މީހުންތޯވެސް ޚުތުބާގައި ސުވާލުކޮށްފައިވެއެވެ. އެކަންކަން އެހެންވާއިރު، ކުޅިބަލަން ނުވަތަ ސޯޝަލް މީޑިއާއަށް ޕޯސްޓު ކުރުމަށް ފޮޓޯ ނަގަން ތިބެނީވެސް މަދުބައެއް ނޫންކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ވަނީ އެކަންކަމަކީ ރަޙުމެއް ހުރި އިންސާނެއް ނަމަ ކަރުނައަޅައި ރޯންޖެހޭ ފަދަ ކަންކަން ކަމަށް ބަޔާންކޮށްފައެވެ.

ޚުތުބާހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް