Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވުން

އާއިލީ ސަބަބަކާ ހެދި ކަމަށް ބުނެ، ފަރިތަކުރުންތަކުގައި ބައިވެރިނުވެ ރޮނާލްޑޯ ދިޔައީ ކޮންތާކަށް؟

ޖޯޖިނާ ދަރިންނާއެކު ހިއްސާކުރި އެއްވެސް ފޮޓޯއެއްގައި ރޮނާލްޑޯ ފެންނާކަށް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖުލައި 2022 | ބުރާސްފަތި 07:01
ޔުނައިޓެޑުގެ ފަރިތަކުރުމެއްގެ ތެރެއިން ރޮނާލްޑޯ

ޔުނައިޓެޑުގެ ފަރިތަކުރުމެއްގެ ތެރެއިން ރޮނާލްޑޯ

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރިނުވީ އޭނާގެ އާއިލީ އަމިއްލަ ސަބަބަކާ ހެދި ކަމަށް ބުނެއެވެ.

ދާދި ފަހުން ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާ ކަމަށް އެ ޓީމަށް އަންގާފައެވެ. ނަމަވެސް ޔުނައިޓެޑުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ޔުނައިޓެޑުގެ ޕްރީ ސީޒަންގެ ފަރިތަކުރުންތައް އެ ޓީމުން ފެށީ ރޮނާލްޑޯ އެގޮތަށް އަންގާފައި ވަނިކޮށެވެ. ޓީމުގެ ފުރަތަމަ ފަރިތަކުރުމަށް ރޮނާލްޑޯ ހާޒިރުވެފައިނުވަނީ އާއިލީ ސަބަބަކާ ހެދި ކަމަށް ބުނެއެވެ. ދެވަނަ ފަރިތަކުރުމަށް ވެސް ރޮނާލްޑޯ ހާޒިރުވެފައެއް ނުވެއެވެ. މިފަހަރު ވެސް އޭނާ ބުނެފައިވަނީ އާއިލީ ސަބަބަކާ ހެދި ފަރިތަކުރުންތަކަށް ހާޒިރުނުވެވޭނެ ކަމަށެވެ.

ރޮނާލްޑޯއާ ނުލައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސް، އެ ޓީމު ޕްރީ ސީޒަންގެ ފުރަތަމަ މެޗަށް ތައިލެންޑަށް ދަތުރުކުރީ ވެސް ޓީމުގައި އޭނާ ނުހިމަނައެވެ. އެއާއެކު ޕްރީ ސީޒަންގެ ފުރަތަމަ މެޗުގައި ވާދަވެރި ލިވަޕޫލް 4-0 ން ބަލިކުރި މެޗުގައި ރޮނާލްޑޯ ފެނިފައެއް ނުވެއެވެ. އެ ޓީމުގެ ޕްރީ ސީޒަންގެ ދެ ވަނަ މެޗު ކުޅޭނީ އޮސްޓްރޭލިއާގައެވެ. ފުރަތަމަ މެޗުގައި ރޮނާލްޑޯ ނުފެނުނު ނަމަވެސް، މި މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިކަން މިގޮތަށް އޮއްވާ މީގެ ދެ ދުވަސް ކުރިން ރޮނާލްޑޯގެ އަންހެނުން ޖޯޖިނާ ރޮޑްރިގޭޒް އޭނާގެ އިންސްޓަގްރާމްގައި ވަނީ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ ޖޯޖިނާ އާއި ދަރިން އެކުގައި ވަގުތު ހޭދަކުރާ މަންޒަރުތަކެވެ. ނަމަވެސް ސުވާލު އުފެދުނު ހިސާބަކީ، އާއިލީ ސަބަބަކާ ހެދި ކަމަށް ބުނެ ފަރިތަކުރުންތަކުގައި ބައިވެރިނުވި ރޮނާލްޑޯ މިއިން އެއްވެސް ފޮޓޯއެއްގައި ފެންނަން ނެތުމުންނެވެ. މީގެ ތެރެއިން އެއް ފޮޓޯ އިން ފެންނަ ގޮތުގައި ޖޯޖިނާގެ ދެ އަންހެން ދަރިން ކަމަށްވާ، އަލާނާ އަދި އީވާ އޭނާ އަށް ބޮސްދޭ މަންޒަރު ފެނެއެވެ. މީގެ އިތުރުން އެހެން ފޮޓޯތަކެއްގައި ޖޯޖިނާ އެކަނި ކޮޅަށް ހުންނަ މަންޒަރާއި، ކާރެއްގެ ތެރޭގައި އިންނަ މަންޒަރު ފެނެއެވެ. ޖޯޖިނާ ހިއްސާކޮށްފައިވާ ހަތް ފޮޓޯގެ ތެރެއިން އެއްވެސް ފޮޓޯއެއްގައި ރޮނާލްޑޯ ފެންނަން ނެތުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. ގިނަ މީހުން ސުވާލު ކުރާ ގޮތުގައި އާއިލީ ސަބަބާ ހެދި ކަމަށް ބުނެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ، ރޮނާލްޑޯ ދިޔައީ ކޮންތާކަށް ހެއްޔެވެ؟

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ ހާމަކުރި ނަމަވެސް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރޮނާލްޑޯއަކީ ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާނީ ރޮނާލްޑޯއާއެކު ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯގެ އެޖެންޓު ޖޯޖް މެންޑެސް އޭނާ ގެންދިޔުމުގެ އޮފާ ޕެެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކޮށްފައިކަމަށާއި، ނަމަވެސް އެ ޓީމުން އޭނާ ގެންދަން ބޭނުންނުވާ ކަމަށް ބުނެފައިވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ހަމައެއާކު ރޮނާލްޑޯ ގެންދަން ޗެލްސީން މަސައްކަތް ކުރާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށް، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޓީމުން ރޮނާލްޑޯ ގެންނަން ބޭނުންވާނަމަ، އެކަމަށް އޭނާ ހުރަސްނާޅާނެ ކަމަށެވެ. ނަމަވެސް ޓުޗެލް ބުނީ ޗެލްސީއަށް މިވަގުތު ބޭނުންވަނީ ސްޓަރައިކަރެއް ނޫން ކަމަށާއި، ޓީމަށް ބޭނުންވަނީ ޑިފެންސްގައި ކުޅޭނެ ރަަނގަޅު ކުޅުންތެރިން ކަމަށެވެ. މިވަގުތު އެންމެ އިސްކަމެއް ދެނީ ޓީމުގެ ޑިފެންސް ރަނގަޅު ކުރަން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު