Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިޑާލް އިންޓަރ މިލާން ދޫކޮށްލުން

ވިޑާލް ފްލަމެންގޯއަށް ބަދަލުވެއްޖެ

ފްލަމެންގޯގައި ވިޑާލް ބޭނުންކުރާނީ 32 ނަންބަރު ޖަރޒީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖުލައި 2022 | ބުރާސްފަތި 06:05
ވިޑާލް

ވިޑާލް

އިންޓަރ މިލާން ދޫކޮށްލިކަން ހާމަކޮށްފައިވާ ވިޑާލް ބްރެޒިލްގެ ފްލަމެންގޯއަށް ބަދަލުވެއްޖެއެވެ.

ވިޑާލް ފްލަމެންގޯއަށް ބަދަލުވެފައިވާކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާކޮށްފައެވެ. ވިޑާލްއަށް މަރުހަބާ ކިޔަމުން ފްލަމެންގޯއިން ބުނީ އެ ޓީމުގައި އޭނާ ބޭނުންކުރާނީ 32 ނަންބަރު ޖަރޒީކަމަށެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ފްލަމެންގޯގެ ފަރިތަކުރުންތަކުގައި ވިޑާލް ބައިވެރިވާނެއެވެ. ފްލަމެންގޯއަށް ބަދަލުވުމާ ގުޅޭ ގޮތުން ވިޑާލް ބުނީ އެއީ އޭނާގެ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެފައިވާ 35 އަހަރުގެ ވިޑާލް އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ ޗިލީގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ ކޮލޯ-ކޮލޯ އިން 2005 ވަނަ އަހަރުއެވެ. ދެ އަހަރު ދުވަހު އެ ޓީމަށް ކުޅުމަށްފަހު އޭނާ 2007 ވަނަ އަހަރު ބަދަލުވީ ޖަރުމަނު ލީގުގެ ބަޔާ ލެވާކުސަންއަށެވެ. އެ ޓީމުގައި ހަތަރު އަހަރު ހުރުމަށްފަހު، 2011 ވަނަ އަހަރު ވިޑާލް ބަދަލުވީ އިޓާލިއަން ލީގުގެ ޔުވެންޓަސްއަށެވެ. ޔުވެންޓަސް ދޫކޮށް 2015 ވަނަ އަހަރު އޭނާ އަނެއްކާ ވެސް ބަދަލުވީ ޖަރުމަނު ލީގުގެ ޓީމަކަށެވެ. އެފަހަރު އޭނާ ބަދަލުވީ ބަޔާން މިއުނިކަށެވެ. ބަޔާން ދޫކޮށްލުމަށްފަހު 2018 ވަނަ އަހަރު ވިޑާލް ވަނީ ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެފައެވެ. ބާސާގައި ދެ އަހަރު ހޭދަކުރުމަށްފަހު ވިޑާލް ވަނީ އެންމެ ފަހުން ކުޅުނު އިންޓަރ މިލާނަށް ބަދަލުވެފައެވެ.

ވިޑާލް ވަނީ އިންޓަރ މިލާނަށް 71 މެޗު ކުޅެދީ، އެެއް ލަނޑު ޖަހާފައެވެ. އެ ޓީމާއެކު އޭނާ ވަނީ އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ވިޑާލް އަންނަނީ 2007 ވަނަ އަހަރުން ފެށިގެން ޗިލީގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން 133 މެޗުގައި އޭނާ ވަނީ 32 ލަނޑު ޖަހާފައެވެ. ޗިލީއާއެކު ވިޑާލް ވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކޮޕް އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ރަނރަޕް ކަން ހޯދާފައެވެ.

ވިޑާލްފްލަމެންގޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލެމެންގޯ ބަލިކޮށް އަލް ޙިލާލް ކުލަބް ވޯލްޑް ކަޕްގެ ފައިނަލަށް

ފްލެމެންގޯ ބަލިކޮށް އަލް ޙިލާލް ކުލަބް ވޯލްޑް ކަޕްގެ ފައިނަލަށް

08 ފެބުރުއަރީ 2023
ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

23 އޯގަސްޓު 2017
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

22 އޯގަސްޓު 2017
ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ

ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު