Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ

ބެކާ ވަނީ މިލާނުގައި 3 ސީޒަން ފުރިހަމަ ކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 13:44
ކާލޮސް ބެކާ: ވިޔަރެއާލްއަށް ސޮއިކުރުމަށް ފަހު ވިޔަރެއާލް ޖާޒީގައި

ކާލޮސް ބެކާ: ވިޔަރެއާލްއަށް ސޮއިކުރުމަށް ފަހު ވިޔަރެއާލް ޖާޒީގައި

އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އައި ކޮލަމްބިއާގެ އިތުބާރު ފޯވާޑް ކާލޮސް ބެކާ ސްޕެއިންގެ ވިޔަރެއާލްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ބެކާ ވިޔަރެއާލްއަށް ބަދަލުވީ ލޯނެއްގެ ދަށުން 15 މިލިއަން ޕައުންޑަށެވެ. 15 މިލިއަން ޕައުންޑަށް ބެކާ ވިޔަރެއާލްއަށް ބަދަލުވިއިރު އޭނާ ގަތުމުގެ ފުރުސަތުވެސް މިލާނުން ވަނީ އެޓީމަށް ދީފައެވެ.

ތިން އަހަރަށް ފަހު ބެކާ މިލާން ދޫކޮށްލަން ނިންމި އިރު، ފަހަކަށް އައިސް ބެކާއަށް ވަނީ މިލާން ގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބިފައެވެ. ގިނަވަގުތު ބެންޗުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ބެކާ މިލާން ދޫކޮށް ވިޔަރެއާލްއަށް ދިޔައިރު އޭނާ ދެން އެނބުރި މިލާނަށް ނުދާނެ ކަމަށް ބެލެވެއެވެ.

ބެކާ ގެނައުމަށް މީގެކުރިން އިންޓަމިލާން އަދި އޭނާގެ ކުރީގެ ކުލަބު ސެވިއްޔާއިން ވެސް މަސައްކަތް ކޮށްފައިވެއެވެ. މިލާން ދޫކޮށްލުމަށް ފަހު ބެކާ އިޓަލީގެ އެހެން ކްލަބަކަށް ބަދަލުނުވީ އޭނާ އިޓަލީގައި މަޑުކުރަން ބޭނުން ނުވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2015 ވަނަ އަހަރު ސްޕެއިންގެ ސެވިއްޔާއިން މިލާނަށް ބަދަލުވި ކާލޮސް ބެކާ އަކީ، ފާއިތުވި އަހަރުތަކުގައި އެ ކްލަބުގެ ފޯވާޑް ލައިނުގައި، ވަރަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ކްލަބާއެކު، އިޓާލިއަން ސުޕަކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. ބެކާ ވިޔަރެއާލްގައި ބޭނުން ކުރާނީ 9 ނަމްބަރ ޖާޒީ ކަމަށް އެކުލަބުން ވަނީ ހާމަ ކޮށްފައެވެ.

ބެކާ ވިޔަރެއާލްއަށް ބަދަލުވެފައިވާއިރު އެ ކްލަބުން އަންނަނީ އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް، ވިޔަރެއާލް އިން ވަނީ ސްކޮޑު ވަރުގަދަ ކުރުމަށް ހަތަރު ކުޅުންތެރިއަކު ގެނެސްފައެވެ.

ވިޔަރެއާލް މިދިޔަ ސީޒަނުގެ، ސްޕެއިން ލީގު ނިންމާލީ ފަސްވަނާގައި އޮވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

26 އޯގަސްޓު 2017
ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

23 އޯގަސްޓު 2017
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

22 އޯގަސްޓު 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު