Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީން ސީޒަނަށް ތައްޔާރުވުން

ޓީމުން ރޮނާލްޑޯ ގެންނަން ބޭނުންނަމަ ހުރަހެއް ނާޅާނަން، ނަމަވެސް އެންމެ އިސްކަމެއްދެނީ ޑިފެންސް ރަނގަޅުކުރަން: ޓުޗެލް

ޗެލްސީން ރޮނާލްޑޯ ގެންނަން ބޭނުންވާނަމަ އެކަމަށް ޓުޗެލް ހުރަަހެއްނާޅާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖުލައި 2022 | ބުރާސްފަތި 04:06
ޗެލްސީގެ ކޯޗު ޓުޗެލް

ޗެލްސީގެ ކޯޗު ޓުޗެލް

ޗެލްސީގައި އޭނާ އެންމެ އިސްކަމެއް ދެނީ ޓީމުގެ ޑިފެންސް ރަނގަޅުކުރަން ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް މިހެން ބުނީ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ޗެލްސީއަށް ގެނެސްފާނެތޯ ސުވާލުުކުރުމުންނެވެ. ޓުޗެލް ބުނީ ޗެލްސީން ރޮނާލްޑޯ ގެންނަން ބޭނުންވާނަމަ އެކަމަށް އޭނާ ހުރަަސްނާޅާނެކަމަށެވެ. ނަމަވެސް މިވަގުތު ޓީމަށް އެންމެ މުހިންމީ ޑިފެންސްގައި ކުޅޭނެ ރަނގަޅު ކުޅުންތެރިންކަން ފާހަގަކޮށް އޭނާ ބުނީ، އެއީ ސިއްރެއް ނޫންކަމަށެވެ. މީގެ އިތުރުން ޓުޗެލް ބުނީ ޑިފެންސްގައި ތިބި މޮޅެތި ބައެއް ކުޅުންތެރިން ގެއްލިއްޖެކަމަށާއި، އެ ކުޅުންތެރިންގެ ބަދަލަށް އެހެން ކުޅުންތެރިން ހޯދަންޖެހޭކަމަށެވެ.

ޔުނައިޓެޑް ދޫކޮށްލާނެކަން ހާމަކޮށްފައިވާ ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރާކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. އެކަމާ ގުޅޭ ގޮތުން ޗެލްސީގެ ކޯޗު ޓުޗެލް މިފަދައިން ވާހަކަ ދައްކާފައިވާއިރު، ރޮނާލްޑޯ ހޯދުމުގެ ޝައުގުވެރިކަމެއް ނެތްކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ވެސް ވަނީ ބުނެފައިވާކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ކުރިއަށް އޮތް ސީޒަނަށް ޗެލްސީން އަންނަނީ ޓީމު ވަރުގަދަކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ޓީމުގެ އައު އޯނަރު ޓޮޑް ބޮހްލީ ޓީމުގެ ހިންގުމާ ހަވާލުވިފަހުން އެ ޓީމުން ހޯދި ފުރަތަމަ ކުޅުންތެރިޔަކީ، މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ރަހީމް ސްޓާލިންގއެވެ. މީގެ އިތުރުން އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ޗެލްސީން އަންނަނީ ކުރަމުންނެވެ. ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ބްރެޒިލްގެ ރަފީނިއާ ހޯދުމުގެ މަސައްކަތްވެސް ޗެލްސީން ވަނީ ކޮށްފައެވެ. ނަމަވެސް ރަފީނިއާގެ ޑީލް ޗެލްސީއަށް ވަނީ ކާމިޔާބުކުރެވޭގޮތް ނުވެފައެވެ. އޭނާގެ ޑީލް ކާމިޔާބުކުރީ ސްޕެއިންގެ ބާސެލޯނާއިންނެވެ.

ޗެލްސީތޯމަސް ޓުޗެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު