Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރޭހުގައި ބާކީ 6 ކެނ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރެއްވުން، ބާކީ 6 ކެންޑިޑޭޓުން

ބޮޑުވަޒީރުކަމުގެ ރޭހުގެ ފައިނަލުގައި ވާދަ ކުރާނީ 2 ކެންޑިޑޭޓުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 ޖުލައި 2022 | ބުދަ 18:01
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާ 6 ބޭފުޅުން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާ 6 ބޭފުޅުން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އަދި ކޮންޒަވޭޓިވް ޕާޓިގެ ލީޑަރުގެ މަގާމް އަށް ވާދަ ކުރައްވާ 8 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން ރޭހުން ބޭރުވެއްޖެއެވެ.

ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ބުދަ ދުވަހު ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފައެވެ. އެގޮތުން މަޖިލިސް މެމްބަރުންގެ މެދުގައި ނެގި ވޯޓުން އެންމެ މަދު ވޯޓު ލިބުމުގެ ސަބަބުން ރޭހުން ބޭރުވެފައިވަނީ ޗާންސެލަރ ނަދީމް ޒަހާވީ އާއި މަޖިލިސް މެމްބަރު ޖެރެމީ ހަންޓްއެވެ.

ފުރަތަމަ ބުރުގެ ވޯޓުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން ބޮޑުވަޒީރުގެ ރޭހުން ބޭރުވަނީ 30 ވޯޓު ކާމިޔާބު ނުކުރެވޭ ބޭފުޅުންނަށެވެ. އެގޮތުން، ނަދީމް އަށް 18 ވޯޓު ލިބުނުއިރު ޖެރެމީ އަށް ލިބުނީ 25 ވޯޓެވެ.

އިނގިރޭސިވިލާތުގެ ބޯދުވަޒީރުކަމަށް ކޮންޒަވޭޓިވް ޕާޓިގެ 8 ބޭފުޅަކު ވާދަ ކުރެއްވިއިރު މިހާރު ރޭހުގައި ބާކީ ތިބީ 6 ބޭފުޅުންނެވެ. އެއީ  އެ ޤައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އާއި ފޮރިން ސެކްރެޓަރީ، މިނިސްޓަރ ފޯރ ވުމަން އެންޑް އިކުއަލިޓީ، ލިޒް ޓްރޫސް އާއި މަޖިލިސް މެމްބަރު ޓޮމް ޓަގެންދަޓް އާއި މަޖިލިސް މެމްބަރު ކެމީ ބެޑެނޮކް އާއި ސްޓޭޓް މިނިސްޓަރ ޕެނީ މޯރޑޮންޓް އަދި އެޓަރނީ ޖެނެރަލް ސުއެލާ ބްރެވަމަން އެވެ.

ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި އެންމެ ކުރީގައި އުޅުއްވަނީ ރިޝީ ސުނާކް އެވެ. އޭނާއަށް 88 ވޯޓު ވަނީ ލިބިފައެވެ.

ސުނާކް އަކީ މިފަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެ 2 ބޭފުޅުންގެ ތެރޭގައި ހިމެނޭނެ އެކަކު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ މަޖިލީހުގައި އޭނާއަށް އޮތް ތާއީދަށް ބަލާފައެވެ. ބޮޑުވަޒީރުކަމަށް ނަން ހުށައެޅުއްވި ބައެއް މެމްބަރުން ވެސް ވަނީ ސުނާކް އަށް ތާއީދުކުރައްވާ އަނބުރާ ނަން ނަންގަވާފައެވެ.

ބޮޑުވަޒީރުކަމަށް ވާދަ ކުރައްވާނެ 2 ބޭފުޅުން ލިބެންދެން ނޮކްއައުޓް އުސޫލުން ވޯޓުލުން ކުރިއަށްދާނެއެވެ. މި ވޯޓުލުން ކުރިއަށްދާނީ ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައެވެ. އެއަށްފަހު ހޮވޭ 2 ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރު އަދި ޕާޓީގެ ލީޑަރު ހޮވަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓުލާނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު