Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އިޝްތިހާރު ކުރުން

އިންޑިއާގައި މައިސް ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތުގައި ރާއްޖޭން ބައިވެރިވެއްޖެ

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 ޖުލައި 2022 | ބުދަ 12:58
އެމްއެމްޕީއާރްސީ ގެ ބައެއް އޮފިޝަލުން

އެމްއެމްޕީއާރްސީ ގެ ބައެއް އޮފިޝަލުން

އިންޑިއާގައި މީޓިންގް، އިންސެންޓިވް، ކޮންވެންޝަން އަދި އެގްސިބިޝަން, ނުވަތަ "މައިސް" ޓޫރިޒަމް މާކެޓަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ "މިލްޓް ކޮންގްރެސް 2022" ގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލު ކުރަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ. މި ހަރަކާތް ކުރިއަށް ދަނީ ޖޭ ޑަބްލިއު މެރިއޮޓް މުންބާއީ ޖޫހޫގައި، ޖުލައި 13 އަދި 14 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މިލްޓް، ނުވަތަ "މައިސް އިންޑިއާ އެންޑް ލަގްޒަރީ ޓްރެވަލް ކޮންގްރެސް"އަކީ އިންޑިއާގެ މައިސް އެންޑް ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތްތައް ބޭނުންވާ ފަރާތްތަކާއި ދުނިޔޭގެ މައިސްގެ ހިދުމަތްދޭ މަންޒިލްތަކާއި ކުންފުނިތައް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފޯރުކޮށްދޭ ހަރަކާތެކެވެ. މިއީ އިންޑިއާގެ 93 ބިލިއަން ޑޮލަރުގެ އައުޓްބައުންޑް ބިޒްނަސް ޓްރެވަލް މާކެޓާއި 45 ބިލިއަން ޑޮލަރުގެ އައުޓްބައުންޑް ޓޫރިޒަމް މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް މާކެޓްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ.

ބައިނަލްއަގްވާމީ ސަޕްލައި ކުރާ ފަރާތްތަކާއި އިންޑިއާގައި މައިސްގެ ހިދުމަތް ލިބިގަންނަ ފަރާތްތަށް ބައްދަލުކުރުމަށް ފުރުސަތު، ފާއިތުވި އަހަރުތަކުގައި މިލްޓް ކޮންގްރެސް މެދުވެރިކޮށް ވަނީ ފަހިކޮށްދީފައެވެ. މި ފެއަރ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި ކޯޕަރޭޓް ޓްރެވަލްގެ ދާއިރާގެ މުހިންމު ފަރާތްތަކާއި، ހޮސްޕިޓަލިޓީ، ލެޝާ، އަދި ޓްރެވަލް އިންޑަސްޓްރީގެ ދާއިރާގެ އިންވެސްޓަރުންނާއި އިންޑިއާގެ ޓޮޕް އައުޓްބައުންޑް ޓްރެވަލް އެޖެންސީތަކާއި ލަގްޒަރީ ހިދުމަތްތައް ލިބިގަންނަން ބޭނުން ފަރާތްތަކާއި ފިލްމު ޕްރޮޑަކްޝަން ހައުސްތަކާއި ޑެސްޓިނޭޝަން ވެޑިން ޕްލޭނަރުން ހިމެނެއެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވަނީ ރާއްޖޭގައި ތަފާތު ގޮތްތަކަށް މައިސް ހަރަކާތްތައް ބާއްވަން ހުރި ފުރުސަތުތައް ވިޔަފާރީގެ ބޭނުމުގައި ދަތުރުކުރާ ފަރާތްތަކާ ހިއްސާކޮށް، މައިސް ދަތުރުތައް ރީޑިފައިން ކުރެވޭނެ ގޮތްތައް ދައްކައިދިނުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މި ހަރަކާތުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިސޯޓާއި ހޮޓަލާއި ގެސްޓްހައުސް އަދި ލިވަބޯޑާއި ޖަޒީރާ ރަށްތަށް ގުދުރަތީ ގޮތުން އުފެދިފައިވާގޮތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ އެކަހެރިކަމާއި ރައްކާތެރިކަމާއި ތަފާތު ތަޖުރިބާތަކުގެ އިތުރުން މަންޒިލުގެ ހުރިހާ ސެގްމަންޓުތައް މާކެޓް ކުރާނެއެވެ.

މަންޒިލް އިޝްތިހާރުކުރުމަށް ހާއްސަކޮށް އެކުލަވާލާފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުން އެމްއެމްޕީއާރުސީން ބައިވެރިވާ މި ފެއަރގެ ސަބަބުން އިންޑިއާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ އިންޑިއާގެ މައި ސިޓީތަކުގައި ރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ލަގްޒަރީ މާކެޓުގައި އިޝްތިހާރުކުރެވޭނެ ގޮތްތައް ދެނެގަނެ، ހެޔޮއަގުގައި ޗުއްޓި ހޭދަ ކުރަން ހުރި ފުރުސަތުތަކާއި ހަނީމޫން އާއި އާއިލީ އަދި ގެސްޓްހައުސް ސެގްމެންޓު މި މާކެޓުގައި އިޝްތިހާރުކުރުމުގެ މައްޗަށެވެ.

މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ޤައުމެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް އެ ޤައުމުން 119،967 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 809،603 ޖުމްލަ ފަތުރުވެރިންގެ 14.8 އިންސައްތައެވެ.

އެމްއެމްޕީއާރުސީން ދަނީ އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިއަހަރު މިހާތަނަށް ވަނީ 2 އެޗްޔޫބީއާއެކު އީ ލަރނިން ކެމްޕޭނަކާއި އިންފްލުއެންސަރ އަދި ސެލެބްރިޓީ ފެމިލިއަރަލައިޒޭޝަން ދަތުރުތައް ކުރިއަށް ގެންގޮސްފައެވެ. އަދި އިންޑިއާގައި ބޭއްވި ފަތުރުވެރިކަމާ ބެހޭ ބޮޑެތި ހަރަކާތްތައް ކަމަށްވާ އޯޓީއެމް، ސައްޓޭ، ޓީޓީއެފްގައި ވެސް އެމްއެމްޕީއާރުސީން ބައިވެރިވިއެވެ.

މީގެ އިތުރުން އިންޑިއާގެ އެކި ސިޓީތަކުގައި 'މޯލްޑިވްސް ރޯޑްޝޯ އިން އިންޑިއާ' ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މާކެޓަށް އަމާޒުކޮށް މިހާރު ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ތޯމަސް ކޫކް އަދި ޕިކްޔޯޓްރޭލް އާއެކު ކުރިއަށް ގެންދާ ކެމްޕޭންތަކާއި ވިސްތާރާ އިންފްލައިޓް މަޖައްލާގައި ހިންގަމުން ގެންދާ ޕްރޮމޯޝަން ކެމްޕެއިން ހިމެނެއެވެ. މި އަހަރު ކުރިއަށް އޮތްތަނުގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީވީ ޕްރޮމޯޝަންތަކާއި ޓޮޕް ރޭޑިއޯތަކާއެކު ރޭޑިއޯ ކެމްޕޭންތަކާއި އެއަރލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއެކު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޖޮއިންޓް ކެމްޕެއިންތައް ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަންއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު