Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން ދޫކޮށްލަން ލެވަންޑޯސްކީ ނިންމުން

ބަޔާންގެ ފަރިތަކުރުންތަކަށް ލެވަންޑޯސްކީ ހާޒިރުވެއްޖެ

13 ޖުލައި 2022 | ބުދަ 07:27

ލެވަންޑޯސްކީ ވަނީ ބަޔާން ދޫކޮށްލަން ބޭނުންވާކަން އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2022 | ބުދަ 07:27
ލެވަންޑޯސްކީ އޭނާގެ ކާރުގައި

ލެވަންޑޯސްކީ އޭނާގެ ކާރުގައި

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޮލޭންޑުގެ ރޮބާޓް ލެވަންޑޯސްކީ އެ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވެއްޖެއެވެ.

ލެވަންޑޯސްކީ ވަނީ ނިމުނު ސީޒަނަށްފަހު ބަޔާން ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާއިން އަންނަނީ ކުރަމުންނެވެ. ލެވަންޑޯސްކީ ވަނީ ބާސާއަށް އޭނާގެ ޝައުގުވެރިކަން އޮތް ކަން ހާމަކޮށްފައެވެ. ނަމަވެސް ބަޔާނުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ސަބަބެއްގެ ގޮތުގައި އެ ޓީމުން ބުނަނީ ލެވަންޑޯސްކީ އަކީ ބަޔާންގެ ކޮންޓްރެކްޓުގައި ހުރި ކުޅުންތެރިއެއް ކަމަށެވެ. ބަޔާނާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބަ އޮތެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީގެ ކުރިން ލެވަންޑޯސްކީ ބުނީ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތުމަކީ ބަޔާނުން އޭނާ ހުއްޓުވަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އޭނާ ޓީމު ދޫކޮށްލަން ބޭނުންވާއިރު، ޓީމުން އޭނާއަށް ހުރަސްނާޅާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފައެވެ. މީގެ އިތުރުން ކުލަބް ދޫކޮށްލުމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ލެވަންޑޯސްކީ ވާހަކަ ދައްކާތީ ބަޔާނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިކަމުގައި ލެވަންޑޯސްކީއާ ބަޔާނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮއްވާ، އޭނާ ވަނީ ބަޔާންގެ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހާޒިރުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ލެވަންޑޯސްކީ ވަނީ އޭނާގެ ކާރުގައި ބަޔާންގެ ހެޑްކުއާޓާއަށް ހާޒިރުވެފައެވެ.

ބާސާއިން އަންނަނީ ލެވަންޑޯސްކޯ ހޯދުމުގައި ރޭހުގައި ވަރުގަދަޔަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ޓީމުން އޭނާ ހޯދުމަށް އެދި 50 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުއް ބުނެއެވެ. 33 އަހަރުގެ ފޯވާޑް އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ފީފާ އިން ދޭ، ފީފާ ބެސްޓް ޕްލެޔަރ އޮފް ދަ އިޔަރ ދެ އަހަރު ހޯދާފައެވެ. އެއީ 21-2020 އަދި 22-2021 އެވެ.

ބަޔާން މިއުނިކްރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
15 ސެޕްޓެމްބަރު 2025

ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް

15 ސެޕްޓެމްބަރު 2025
ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް