Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލިބަލީ ޗެލްސީއަށް ބަދަލުވުން

ޗެލްސީއަށް ބަދަލުވާން ކަލީދޫ ކުލިބަލީ އެއްބަސްވެއްޖެ

13 ޖުލައި 2022 | ބުދަ 03:53

ކުލިބަލީ ހޯދުމަށް ފައިނަލް ޕްރޮޕޯސަލެއްގެ ގޮތުގައި ޗެލްސީން ހުށަހަޅާނީ 38 މިލިއަން ޔޫރޯގެ ޕްރޮޕޯސަލެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2022 | ބުދަ 03:53
ކަލީދޫ ކުލިބަލީ

ކަލީދޫ ކުލިބަލީ

ނަޕޯލީއަށް ކުޅެމުން އަައި ސެނެގާލްގެ ސެންޓަރ ބެކް ކަލީދޫ ކުލިބަލީ އިނގިރޭސްި ޕްރިމިއަރ ލީގުގެ ޗެލްސީއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ސެނެގާލްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ ކުލިބަލީ ޗެލްސީއަށް ބަދަލުވާން އެއްބަސްވީ އޭނާގެ އެޖެންޓާއި ބައްދަލުކޮށް މަޝްވަރާކުރުމަށްފަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން ދިޔައިރު، ނަޕޯލީގެ ކޯޗު ބުނީ ކުލިބަލީއަކީ ނަޕޯލީއަށް މުހިންމު ކުޅުންތެރިއަކަށްވުމުން، އޭނާ ކުލަބުގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ނަޕޯލީގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ފެންނަން އެދޭ ކަމަށެވެ. ނަމަވެސް އޭނާ ބުނީ، ކުލިބަލީ އެހެން ކުލަބަކާ ގުޅެން ނިންމައިފިނަމަ ނަޕޯލީން އޭނާ އަށް ޝުކުރު އަދާ ކުރާނެ ކަމަށެވެ.

ކުލިބަލީ ޗެލްސީއަށް ބަދަލުވާން އެއްބަސްވީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެއީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ހޯދުމަށް ފައިނަލް ޕްރޮޕޯސަލެއްގެ ގޮތުގައި ޗެލްސީން ހުށަހަޅާނީ 38 މިލިއަން ޔޫރޯގެ ޕްރޮޕޯސަލްއެކެވެ. ޗެލްސީގައި އޭނާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 10 މިލިއަން ޔޫރޯ ލިބޭނެއެވެ. ކުލިބަލީ މިހާރު މަޑުކުރަމުން ދަނީ ޗެލްސީން ފައިނަލް އެއްބަސްވުން އެކުލަވާލަން ދެނެވެ.

2014 ވަނަ އަހަރު ނަޕޯލީއަށް ބަދަލުވި 31 އަހަރުގެ ކުލިބަލީ ވަނީ އެ ޓީމަށް ޖުމުލަ 317 މެޗު ކުޅެދީ، 14 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސެނެގާލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 60 މެޗު ކުޅެދީފައެވެ. ކުލިބަލީ ވަނީ ނަޕޯލީއާއެކު ކޮޕާ އިޓާލިއާގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ޗެލްސީނަޕޯލީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް