Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ސަސް ކޮޅަށް މާޒިޔާއިން 10 ލަނޑު، އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް!

ދެ މެޗުން މާޒިޔާއަށް ލީގު ޔަޤީންކުރެވޭނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 12 ޖުލައި 2022 | އަންގާރަ 22:03
ސަސް އަތުން މާޒިޔާ ބޮޑު ތަފާތަކުން މޮޅުވި މެޗުގެ ތެރެއިން: ފޮޓޯ-މާޒިޔާ

ސަސް އަތުން މާޒިޔާ ބޮޑު ތަފާތަކުން މޮޅުވި މެޗުގެ ތެރެއިން: ފޮޓޯ-މާޒިޔާ

ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ކޮޅަށް 10 ލަނޑު ޖަހައިގެން މޮޅުވެ, މާޒިޔާއިން ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މާޒިޔާއިން ލީގުގައި ކުޅުނު 17 ވަނަ މެޗު ސަސްއާ ވާދަކޮށް ކާމިޔާބުކުރީ 10-0 ނެވެ. މިމޮޅާއެކު މާޒިޔާ އެއްވަނާގައި އޮތީ 17 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައިވާ އީގަލްސްއަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ހޯދަން މާޒިޔާއަށް ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެން ފަރުޖައްސާލެވޭނެއެވެ.

ސަސް ކޮޅަށް މާޒިޔާއިން ޖެހި 10 ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ ހަމްޒާ މުޙައްމަދު (ހަމްޕު) ހެޓްރިކް ހެދިއެވެ. ފުރަތަމަ ލަނޑު ޖެހީ ކޯނޭއެވެ. މިޑްފީލްޑަރ އައިހަމްއާއި, ޓަނާއާއި, އަސަދުالله އަބުދުالله ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެ ލަނޑު ޖެހިއެވެ. އަސަދުالله ފުރަތަމަ ލަނޑު ޖެހީ 75 ވަނަ މިނެޓްގައި ކުޅެން ނިކުމެ 76 ވަނަ މިނެޓްގައެވެ.

ކޮންމެ ޓީމެއް 17 މެޗު ކުޅެނިމުނުއިރު ލީގުގެ ގަދަ ހަތަރެއްގައި އޮތީ މާޒިޔާއާއި އީގަލްސްގެ އިތުރުން ޓީސީއާއި, ގްރީން ސްޓްރީޓްސްއެވެ.

ދިވެހި ޕްރިމިއާ ލީގުއުރީދޫ ދިވެހި ޕްރިމިއަރ ލީގްސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު