Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިޓީނިއާ ޕީއެސްޖީއަށް ބަދަލުން

"މެސީ، އެމްބާޕޭ އަދި ނޭމާއަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ތިން ކުޅުންތެރިން"

މެސީ، އެމްބާޕޭ އަދި ނޭމާ އާއެކު ކުޅެލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފަކަށް ވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޖުލައި 2022 | އަންގާރަ 07:52
މެސީ، އެމްބާޕޭ އަދި ނޭމާ

މެސީ، އެމްބާޕޭ އަދި ނޭމާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ އަދި ނޭމާ ޖޫނިއަރ އަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ތިން ކުޅުންތެރިންކަމަށް ވިޓީނިއާ ބުނެފިއެވެ.

ދާދި ފަހުން ޕޯޓޯ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ޕޯޗުގަލްގެ މިޑްފީލްޑަރު މިހެން ބުނީ އެ ޓީމަށް ބަދަލުވުމަށްފަހު އޭނާ ދިން އިންޓަވިޔުއެއްގައެވެ. 22 އަހަރުގެ ވިޓީނިއާ ޕީއެސްޖީއަށް ބަދަލުވަނީ 40 މިލިއަން ޔޫރޯއަށެވެ. އޭނާ އަކީ ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ކަމްޕޯސް މަގާމާ ހަވާލުވި ފަހުން އެކުލަބުން ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ވިޓީނިއާ ވަނީ މެސީ، އެމްބާޕޭ އަދި ނޭމާއާ އެއް ޓީމަކަށް ކުޅުމާ ގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނީ އެ ތިން ކުޅުންތެރިންނާއެކު ކުޅެލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެ ތިން ކުޅުންތެރިންނަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ތިން ކުޅުންތެރިން ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ ކުޅުންތެރިންގެ ފަރާތުން އޭނާއަށް އައު ކަންތައްތަކެއް ދަސްވާނެއެވެ. ވިޓީނިއާ ބުނީ އެ ކުޅުންތެރިންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެ، އެ ކުޅުންތެރިން އޭނާއާ ވާހަކަ ދައްކައި، ކަންކަމުގައި އެހީތެރިވުމަކީ ވެސް ބޮޑު ކަމަކަށް ވާނެއެވެ.

ޕީއެސްޖީން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ ކޯޗުކަމުގެ މަގާމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކޮށް، އެ މަގާމަށް  ކްރިސްޓޮފް ގަލްޓިއޭ ހަމަޖައްސާފައެވެ. މީގެ އިތުރުން ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އޭނާ ބުނީ ކުރިއަށް އޮތް ސީޒަނަށް ޕީއެސްޖީ ނުކުންނާނީ ބޮޑު ޕްރޮޖެކްޓަކާއެކު ކަމަށާއި، އެ ޕްރޮޖެކްޓުގައި ނުހިމެނޭ ކުޅުންތެރިންނަށް އެ ތީމުން ފުރުސަތެއް ނޯންނާނެ ކަމަށެވެ. ޕީއެސްޖީގެ އެންމެ ބޮޑު އެއް ޓާގެޓަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

ޕީއެސްޖީލިއޮނެލް މެސީނޭމާކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު