Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދިން ފޮސްޓަރ ކުރުން

"މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށްވެސް އާއިލާގެ ލޯބި ވަރަށް މުހިންމު"

ފިޔަވަތީގައި ތިބޭ ކުދިންނަކީ އާއިލާގެ ލޯބިން މަހުރޫމްވެފައިވާ ކުދިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޖުލައި 2022 | އަންގާރަ 06:32
ބ. އޭދަފުށި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންތަކެއް ނާއިބު ރައީސާއެކު

ބ. އޭދަފުށި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންތަކެއް ނާއިބު ރައީސާއެކު

ރަނގަޅު މުޖުތަމައެއް ބިނާކުރަން ކޮންމެ ކުއްޖަކަށްވެސް އާއިލާއެއްގެ ލޯބި ލިބުން ވަރަށް މުހިންމު ކަމަށް ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމް ވިދާޅުވެއްޖެއެވެ.

ޒީނާ ވަނީ މުޖުތަމައެއް ބިނާކުރުމަށްޓަކާ އާއިލާއަކުން އަދާކުރާ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އާއިލާތަކުން އެހާ މުހިންމު ރޯލެއް އަދާކުރިނަމަވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަކީ އާއިލާގެ ލޯބިން މަހުރޫމުވެފައިވާ ކުދިން ކަމުގައި ޒީނާ ވިދާޅުވިއެވެ.

އެހެން ކުދިންނެކޭ އެއްފަދައިން ފިޔަވަތީގައި އުޅޭ ކުދިންނަކީވެސް އެކުދިންނަށް ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފުރިހަމަވެފައިވާ ކުދިންނެވެ. އެހެންނަމަވެސް އެކުދިންނަކީ އާއިލާއެއްގެ ތެރެއިން ކުދިންނަށް ލިބެންޖެހެ ލޯބި ލިބިގެން ހެދިބޮޑުވާ ކުދިންނެއް ނޫން ކަމަށް ޒީނާ ވިދާޅުވިއެވެ. އަދި އެކުދިންނަށް އުނިވާ ހަމައެކަނި އެއްޗަކީވެސް އެއީ ކަން ޒީނާ ފާހަގަކުރެއްވިއެވެ.

ޒީނާ ވިދާޅުވީ އާއިލީ ވެއްޓެއްގެ ތެރޭގައި އެކުދިން ބޮޑުވުމަކީ އެކުދިންގެ ހެދި ބޮޑުވުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލާއެއްގެ ތެރޭގައި ހެދި ބޮޑުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުދިން ފޮސްޓަރ ކުރުމަށް ހުޅުވާލާފައިވާއިރު، ކުއްޖަކު އާއިލާއަކާ ހަވާލުކުރުމުގެ ކުރިން ދައުލަތުން ބަލާ ވަރަށް ގިނަ ކަންކަން ހުރެއެވެ. މިގޮތުން ފޯމު ހުށަހަޅާ ހިސާބުން އެ ފޯމެއް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މި މަރުހަލާގައި އެ ފަރާތަކީ ކުއްޖަކު ފޯސްޓަރ ކުރުމަށް ޝަރުތު ހަމަވާ ފަރާތެއްތޯ ބަލާނެއެވެ. ޝަރުތު ހަމަވާނަމަ އެ ފަރާތެއްގެ އެސެސްމެންޓެއް ހެދިގެންދާއިރު، މި އެސެސްމެންޓު ހެދުމަށް މުޖުތަމައުގައި ހުރި އެހެން މުއައްސަސާތަކުންވެސް މައުލޫމާތު އެއްކުރެއެވެ. މި އެސެސްމެންޓު ފުރިހަމަކުރަނީ ވަށައިގެން ހުރި މާހައުލުން ލިބެން ހުރި ހުރިހާ މައުލޫމާތެއް އެއްކޮށްގެންނެއެވެ.

އެސެސްމެންޓު ފުރިހަމަކުރުމަށްފަހު އެމަސައްކަތް ހަވާލުކުރަނީ، މި މަސައްކަތަށް އެކުލަވާލާފައިވާ ރީއިންޓެގްރޭޝަން ކޮމިޓީއަށެވެ. މި ކޮމިޓީގައި ކުޑަކުދިންގެ ކަންކަމުގައި އާންމުގޮތެއްގައި ހަރަކާތްތެރިވާ އިދާރާތަކުން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ރީއިންޓެގްރޭޝަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިތުރަށް ސާފުކުރަން ބޭނުން ކަމެއް ހުރިނަމަ އެކަމެއްވެސް ބެލުމަށްފަހު، އެފަރާތެއްގެ އިންޓަރވިއުއަކަށް އެދޭނެއެވެ. އެ އިންޓަރވިއުއަށްފަހު އެއީ ފޯސްޓަރ ކުރުމަށް އެންމެ ރަނގަޅު ފަރާތެއްތޯ ކަނޑައަޅާނެ އެވެ. އަދި އެއަށްފަހު ކޯޓު މަރުހަލާއެއްވެސް ކުރިއަށްދާނެއެވެ. މި ހުރިހާ މަސައްކަތަކަށް ގާތްގަނޑަކަށް 3 މަސް ވަރު ނަގައެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްފިޔަވަތި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
01 ޑިސެމްބަރު 2025

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން
24 މެއި 2023

އައިކެއަރއިން 50،000 ރުފިޔާގެ ޒަރޫރީ ތަކެއްޗާއި، ފަރުނީޗަރު ފިޔަވައްޗަށް ހަދިޔާކޮށްފި

24 މެއި 2023
އައިކެއަރއިން 50،000 ރުފިޔާގެ ޒަރޫރީ ތަކެއްޗާއި، ފަރުނީޗަރު ފިޔަވައްޗަށް ހަދިޔާކޮށްފި
12 އޮކްޓޯބަރު 2022

އޮގަސްޓު މަހު 6 ކުއްޖެއް އާއިލާއާއި ހަވާލުކޮށް 1 ކުއްޖަކު ފޯސްޓަރކުރެވުނު - ޖެންޑަރ މިނިސްޓްރީ

12 އޮކްޓޯބަރު 2022
އޮގަސްޓު މަހު 6 ކުއްޖެއް އާއިލާއާއި ހަވާލުކޮށް 1 ކުއްޖަކު ފޯސްޓަރކުރެވުނު - ޖެންޑަރ މިނިސްޓްރީ
14 ޖުލައި 2022

ކުޑަ ކުދިންނާމެދު ކޮށްގެން ނުވާނެ ކަންތައްތައް

14 ޖުލައި 2022
ކުޑަ ކުދިންނާމެދު ކޮށްގެން ނުވާނެ ކަންތައްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު