Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުދިން

ކުޑަ ކުދިންނާމެދު ކޮށްގެން ނުވާނެ ކަންތައްތައް

ޅަ އުމުރަކީ ކޮންމެ ކުއްޖެއްގެ ހަޔާތުގައިވެސް މުހިންމު ދުވަސްކޮޅެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 14 ޖުލައި 2022 | ބުރާސްފަތި 00:49
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނިވެރިންނާއެކު ކޮތަރު ބަލަން ގޮސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނިވެރިންނާއެކު ކޮތަރު ބަލަން ގޮސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ކުޑަކުދިންނަކީ ބޮޑެތި މީހުންގެ އަޅާލުން ވަރަށް ބޮޑަށް ބޭނުންވާ ބައެކެވެ. އެ އުމުރަކީ އެކުދިން ހެދިބޮޑުވަމުން އަންނަ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރުގައި އެކުދިން، އެކުދިންނަށް ފެންނަ ކަންކަން ދަސްކުރާނެއެވެ. މީހުން ދައްކާ ވާހަކަ އަޑުއަހާނެއެވެ. ބޮޑެތި މީހުން އުޅޭ ގޮތް ކޮޕީވެސް ކުރާނެއެވެ. ކުރު ގޮތަކަށް ބުނާނަމަ އެކުދިންގެ މި ދުވަސްވަރަކީ އެ ކުދިންގެ މުސްތަގުބަލު ރަނގަޅު ގޮތަކަށް ބިނާކުރުމަށް މުހިންމު ދުވަސްވަރެކެވެ.

އެހެންކަމުން މި ދުވަސްވަރު ކުއްޖަކާމެދު ކޮށްގެންވާނެ ކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންތައްތައް ހުރެއެވެ. އެއުމުރަކީ އެކުއްޖެއްގެ ކައިރީގައި އުޅޭ އެންމެންގެ ލޯބި އެކުދިންނަށް ބޭނުންވާ އުމުރަކަށް ވާއިރު، އެކުދިން ބަލިވުމުން އަޅާލައި ލޯބި ދޭން ޖެހެއެވެ. އެއްވެސް ހާލެއްގައި އެކުއްޖަކާ ދިމާލަށް ހަޅޭއްލަވައި، ގަނާކޮށް، ގައިގައި ތަޅައި ހާނީއްކަ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ހަމަ މިފަދައިން، ކަންކަން ކުރަން ކުދިންނަށް މަޖުބޫރު ކުރުވުމަކީ މަދުން ނަމަވެސް އަހަރުމެންނަށް ކުރެވޭ ކަމެކެވެ. ވަކިން ޚާއްސަކޮށް ކުއްޖާގެ ނުރުހުމުގައި ބޮޑެތި މީހުން ކުދިން ގައިގައި އަތްލާ ހެދުމާއި، ކުއްޖާ ހައްލާލައިގެން އެކުދިންގެ މައުސޫމްކަމުގެ ނާޖާއިޒު ފައިދާ ނަގާތަން އާދެއެވެ. ބަދުއަޚުލާގީ މަންޒަރުތަކާއި ފޮޓޯތަކާއި، ކުރެހުންތަކާއި، އެފަދަ ލިޔުންތައް ކުއްޖާއަށް ދެއްކުމާއި، އެފަދަ ވާހަކަ އެކުދިންނާ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި ކުދިންގެ އުމުރާ އެކަށީގެންނުވާ މަސައްކަތް އެކުދިން ލައްވާ ކުރުވާ، އަދި ބައެއް ފަހަރު ކުޑަކުދިން ޚާދިމުންގެ ގޮތުގައިވެސް ބޭނުންކޮށްގެން ނުވާނެއެވެ.

ބޮޑެތި މީހުންނަކީ އެކުދިންގެ ނަފްސާނީ ބޭނުންތައް ފުއްދައިދޭ ބަޔަކަށް ވާންޖެހެއެވެ. ކުދިން ދައްކާ ވާހަކަތަކަށް ސަމާލުކަން ދިނުމާއި، އެކުދިންނާ ވާހަކަދައްކައި އެކުދިންނާއެކު ވަގުތު ހޭދަކުރަންޖެހެއެވެ. ބޮޑެތި މީހުންގެ ހިތްހަމަޖެހުމަށް ކުޑަކުދިންނާ ދިމާކޮށް، މަލާމަތްކޮށް ލަދުގަންނަވާލައިގެން ނުވާނެއެވެ. އެކުއްޖާއަށް ކުރެވޭ ކަންކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކުއްޖާ ދެރަކޮށްލުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.

އަހަރުމެން ބޮޑެތި މީހުންނަށް ދިމާވާ ކަންކަމުގެ ރުޅިވެރިކަން ކުޑަކުދިންނަށް ފިލުވައިލުމަކީ އޭގެ ވަރަށް ނުރަނގަޅު އަސަރެއް އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ ކަމެކެވެ. ކުއްޖާއާ ދިމާއަށް ހަޑިހުތުރު ބަހުން އެއްޗެހި ކިއުން ފަދަ ކަންކަމަކީވެސް އަހަރުމެންގެ ތެރެއިން ފެންނަ ވަރަށް ނުރަނގަޅު ކަމެކެވެ. އެކުދިން ބަލަހައްޓާނޭ މީހަކު ކައިރީގައި ނެތި ދޫކޮށްލާފައި ބޭތިއްބުމާއި، އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައި ނުދިނުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިގޮތުން ކިޔަވައި ނުދިނުމާއި، ގައިން ތާހިރުނުކުރުމާއި، ކާން ނުދިނުމާއި، ފޭރާން ނުދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އަހަރުމެންގެ ދެލޮލުގެ ނޫރު ފަދަ ކުޑަކުދިން ހެދި ބޮޑުވަމުން އަންނައިރު، އެކުދިންގެ ވަށައިގެން އުޅޭ އެންމެންނަކީވެސް އެކުދިންގެ ކަންކަމަށް ސަމާލުކަންދީ، އެކުދިންނަށް ލޯބި ދޭ ބަޔަކަށް ވާންޖެހެއެވެ. ރަނގަޅު މުޖުތަމައެއް އަދި ރަނގަޅު ޖީލެއް ބިނާކުރަން މަސައްކަތްކުރާއިރު، ޖީލެއް ބިނާވެގެން އަންނަ ހިސާބަކީ މިއީއެވެ. މި ދުވަސްވަރު ދެވޭ ތަރުބިއްޔަތަކީ މުޅި އުމުރަށް ދެމިގެންދާނެ ތަރުބިއްޔަތެއްކަން ޔަގީނެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
އޮގަސްޓު މަހު 6 ކުއްޖެއް އާއިލާއާއި ހަވާލުކޮށް 1 ކުއްޖަކު ފޯސްޓަރކުރެވުނު - ޖެންޑަރ މިނިސްޓްރީ

އޮގަސްޓު މަހު 6 ކުއްޖެއް އާއިލާއާއި ހަވާލުކޮށް 1 ކުއްޖަކު ފޯސްޓަރކުރެވުނު - ޖެންޑަރ މިނިސްޓްރީ

12 އޮކްޓޯބަރު 2022
"މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށްވެސް އާއިލާގެ ލޯބި ވަރަށް މުހިންމު"

"މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށްވެސް އާއިލާގެ ލޯބި ވަރަށް މުހިންމު"

12 ޖުލައި 2022
ކުއްޖަކު ފޯސްޓަރ ކުރުމުގެ ކުރިން ބެލެނިވެރިންނާއި ގުޅޭ މައުލޫމާތު ވަރަށް ރަނގަޅަށް ބަލާނެ: ސީއެފްޕީއެސް

ކުއްޖަކު ފޯސްޓަރ ކުރުމުގެ ކުރިން ބެލެނިވެރިންނާއި ގުޅޭ މައުލޫމާތު ވަރަށް ރަނގަޅަށް ބަލާނެ: ސީއެފްޕީއެސް

16 ޖޫން 2022

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު