Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝުޖާއު ފިޔަވައްޗަށް ވަން މައްސަލަ

ފިޔަވައްޗަށް ވަން މައްސަލައިގައި ޝުޖާއުގެ ރައްދު - އަޅުގަނޑު ތައްޔާރު، ދައްކަން ލައްކަ ވާހަކަ އެބަހުރި

19 ސެޕްޓެމްބަރު 2021 | އާދީއްތަ 17:26

ޝުޖާއު ފިޔަވައްޗަށް ވަދެ އުޅުނު ކަމަށާއި، އަދި ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 17:26
ޝުޖާއު - ފިޔަވައްޗަށް ވަން މައްސަލައިގައި ފިޔަވަޅު އެޅުމަށް ވަނީ އެދިފައި

ޝުޖާއު - ފިޔަވައްޗަށް ވަން މައްސަލައިގައި ފިޔަވަޅު އެޅުމަށް ވަނީ އެދިފައި

ހުޅުމާލޭގައި ހުންނަފިޔަވައްޗަށް ވަން މައްސަލައިގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއަށް ފިޔަވަޅުއަޅަން އެދިފައިވާތީ، އެކަމަށް ތައްޔާރު ކަމަށާއި ދައްކަން ލައްކަ ވާހަކަ އެބަހުރި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝުޖާއު ފިޔަވަތީގެ ތެރެއަށް ވަދެ އެތަނުގައި ތިބި ކުދިންނާ ވާހަަކަ ދެއްކި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމެޓީން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ފިޔަވަތީގައި ހިނގައި ދިޔަ ހާދިސާގެ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން އިން ތައްޔާރުކުރި ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ގޮތުން އާދީއްތަ ދުވަހު ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ ފިޔަވަތީގެ ކުދިން ނުކިޔަމަންތެރިކަން ދައްކައި ފުރާޅަށް އަރައިގެން އުޅުނު ވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފިޔަވައްޗަށް ވަދެ އުޅުނު ކަމަށެވެ. އަދި އިތުރު ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް މުމްތާޒް ހުށަހެޅުއްވިއެވެ.

Advertisement - newsAdvertisement

ޝުޖާއުގެ މައްސަލަ ބަލަން ހުށަހަޅަން ނިންމާފައިވާތީ އެ މައްސަލައާއި ގުޅިގެން ޝުޖާއު ވިދާޅުވީ އޭނާ ތައްޔާރު ކަމަށާއި، ލައްކަ ވާހަކަ ދައްކަން އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ވެސް ދެވިދާނެ ކަމަށާއި، އިދިކޮޅު ޕީޕީއެމުން ޖެންޑާ މިނިސްޓަރ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށް، ދިރާސާކޮށްފައިވަނީ އެޗްއާރްސީއެމް އަދި ޗިލްޑްރަންސް އޮމްބަޑްޕާސަން ހުށަހަޅާފައިވާ ރިޕޯޓާ ބެހޭ ގޮތުންނެވެ. ކޮންމެ މުއައްސަސާއަކުން ވެސް ވަނީ ދެ ރިޕޯޓެއް ހުށަހަޅާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ. ޖާގައަށްވުރެ ގިނައިން އެތަނުގައި ކުދިން ގެންގުޅުމާއި، މުވައްޒަފުންނަށް ވުރެ އެތާގައި ބަލަހައްޓާ ކުދިންގެ އަދަދު ގިނަވުމެވެ. އަދި ތަނުގެ މުވައްޒަފުން ތަމްރީން ކޮށްފައިވަނީ ތުއްތު ކުދިން ބަލަހައްޓަން ކަމަށާއި ނަމަވެސް އުމުރުން 14 އަހަރުގެ ކުދިން އެތަނުގައި މިހާރު އެބަތިބި ކަމަށެވެ. މުވައްޒަފުންނަށް ބޮޑެތި ކުދިން ބެލެހެއްޓޭނެ ތަމްރީން ލިބިފައި ނެތުމާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެ އެހީތެރިކަން ލިބެމުން ނުދާ ކަަމަށެވެ. ފިޔަވަތީގައި އުޅެމުންދާ ކުދިންނަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޝުޖާއު ފިވައްޗަށް ވަން މައްސަލައިގައި އޭނާގެ ދިފާއުގައި ޕީޕީއެމުން ވަނީ ބަޔާނެއް ނެރެފައެވެ. ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދައުލަތުން ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ "ފިޔަވަތި" އިމާރާތުގެ އެތެރޭގެ ހާލަތު ގޯސްވެ އެތަނުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުން ކޮންޓްރޯލު ނުވެ އިމާރާތުގައި އަލިފާން ރޯވާ ހިސާބަށް ދިޔައިރުވެސް، ކުދިން ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެ ތިއްބެވި ސިޔާސީ ވެރިން ފިޔަވަޅު ނާޅައި ހާލަތު ގޯހުން ގޯހަށް ދިއުމަށް ދޫކޮށްލައިގެން ތިއްބާ އަވަސް ފިޔަވަޅުތަކަކާއެކު، އެކަން ޙައްލު ކުރައްވާ މުޅި ތަން ކޮންޓްރޯލު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވަނީ މާލޭ ސިޓީގެ ހުޅުމާލެ އަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު، ޝުޖާއު ކަމަށެވެ.

އަދި ފިޔަވަތީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ވެސް ދިވެހި ސިފައިންނާއެކު ހަރަކާތެތެރިވެފައިވާ ކަމަށާއި، އެވަގުތު އެފަދަ އަވަސް ފިޔަވަޅުތަކެއް ޝުޖާއު އަޅުއްވާ އެތަނުގެ ތެރޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރައްވާ ނަމޫނާ ދެއްކެވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާއާއި ހަވާލުވެ ތިބި ސިޔާސީ ފަރާތްތަކަށް ފާޑުކިއުންތައް ގިނަވެ، އިބްރާހީމް ޝުޖާއަށް ރައްޔިތުން ތައުރީފް ކުރުން ހަޖަމު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ފިޔަވަޅު އެޅުމަށް ނިންމައި އެ މައްސަލަ އެލްޖީއޭ އަށް ހުށަހަޅުއްވަން ނިންމެވި ނަމަވެސް އިބްރާހީމް ޝުޖާއުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

ޕީޕީއެމުން ބުނީ ފިޔަވަތީގެ މައްސަލަތައް ހައްލު ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ އެކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހޭލައްވާލި އިބްރާހީމް ޝުޖާއަކީ ހުޅުމާލޭގެ ރައްޔިތުންގެ ވޯޓުން އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އެރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ކައުންސިލަރު ކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެނގިވަޑައިނުގަތުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ދާއިރާއަށް ދިމާވަމުންދާ އެންމެހާ އިޖުތިމާއީ މައްސަލަތައް ހައްލުކުރެވުމުގައި އިބްރާހީމް ޝުޖާއު ނަމޫނާ ދައްކަވާ، ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ކޯލިޝަން ފަޙުރުވެރިވާ ކަމަށެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންފިޔަވަތިހުޅުމާލެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް