ކ. މާލެ
|
20 ސެޕްޓެންބަރ 2021 | ހޯމަ 19:27
ކުޑަކުދިންގެ ހައްގުގައި ގިނަ މަސައްކަތްތައް ކުރަމުންދާ ކަަމަށް ޖެންޑާ މިނިސްޓްރީން ބުނޭ
ކުޑަކުދިންގެ ހައްގުގައި ގިނަ މަސައްކަތްތައް ކުރަމުންދާ ކަަމަށް ޖެންޑާ މިނިސްޓްރީން ބުނޭ
ރާއްޖެއެމްވީ
ފިޔަވަތީގެ ހާލަތު
ފިޔަވަތީގެ ނުފެންނަ ނިވާފަތްގަނޑު!
 
މުވައްޒަފުން އިހުމާލުވާނަމަ ފިޔަވަޅު އަޅާނެ
 
ފިޔަވަތީގައި 98 ކުދިން ދިރިއުޅެމުން ގެންދޭ

ކުޑަކުދިންނަކީ ވަރަށް ތަފާތު ބައެކެވެ. އެކުދިން ޚާއްސަ ވަނީ ވެސް ވަރަށް ގިނަ ސަބަބުތަކާއެކުއެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ކުޑަކުދިން ބޭނުންވާނެއެވެ. ޚާއްސަކޮށް ބޮޑެތި މީހުންގެ ސަމާލުކަން ހޯދުމަށް ކޮންމެ ދުވަހަކު ވެސް އެކުދިން ތަފާތު ކަންކަން ކޮށްއުޅެއެވެ. ރަނގަޅާއި ނުބައި އެކުދިންނަށް ނުވިސްނޭއިރު، އެކުދިންނަށް މަގު ދައްކައިދިނުމަށް އެންމެ ގާތުގައި ތިބެނީ މައިންބަފައިންނެވެ.

ނަމަވެސް ބައެއް ކުދިންނަކީ މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ކުދިންނެވެ. ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ އެކުދިން ދައުލަތަށް ނަގަނީ އަމާންވެއްޓެއްގައި ދިރިއުޅޭނެ ފަހި ފުރުސަތު ހޯދައިދިނުމަށެވެ. މުސްތަގުބަލަށް ވިސްނައި ގައުމަށް ޚިދުމަތް ކުރާ ކުދި ބަޔަކަށް ހެދުމުގެ އުންމީދުގައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން މިފަދަ ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ކުދިންނަށް އިހުމާލުވާ ކަމަށް ބުނެ މައްސަލަތައް ފެންމަތިވެގެން ދެއެވެ. އެގޮތުން މިދުވަސްވަރު އަނެއްކާ ވެސް މިވަނީ ފިޔަވަތީގެ މައްސަލަތަކެއް ފެންމަތިވެފައެވެ. އެކަމާއި ގުޅިގެން ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރައި ކުޑަކުދިން ހަލަނިވާ ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އެކުދިންނަށް އަމިއްލަ ގޭގައި ދިރިއުޅޭފަދަ އުފާވެރި މާހައުލެއް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ދަނީ ބުނަމުންނެވެ. އާންމު ގެއަކުން ލިބޭފަދަ ފުރުސަތުތައް ފިޔަވަތީގައި އުޅޭ ކުދިންނަށްވެސް ފޯރުކޮށްދިނުމަށް ބޭނުންވެއެވެ. އެގޮތުން ކުޅުމުގެ ތެރެއިން ފުރާޅު މައްޗަށް އެރުމާއި، ފާރު މައްޗަށް އެރުން މަނަލެއް ނުކުރެއެވެ. ނަމަވެސް އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްތައް ކުރެއެވެ.

ފިޔަވައްޗަށް ނެގޭ ކުޑަކުދިންނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ ކުދިން ތިބި މާހައުލުން ވަގުތުން ރައްކާތެރިކަން ބޭނުންވެ އާއިލާގައި އެފަދަ ފަރާތެއް ނެތިގެން ނެގިފައިވާ ކުދިންނެވެ. އެގޮތުން 98 ކުދިން ދައުލަށް ނެގިފައިވެއެވެ. މީގެ ތެރޭގައި އުމުރުން 1 މަސް ނުފުރޭ ތުއްތު ކުދިންނާއި، 14 އަހަރުން ދަށުގެ ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށުން ދަނީ ބަލަމުންނެވެ.

ފިޔަވަތީގެ ހާލަތު

ފިޔަވަތީގައި ހުންނަނީ 2 އިމާރާތެވެ. 2 އިމާރާތުގައި ޖުމުލަ 12 ކޮޓަރި ހުރެއެވެ. އަދި ތަނުގައި ބަދިގެއަކާއި މެސް ރޫމަކާއި ސްޓަޑީ ރޫމްސް ހުރެއެވެ. ކުދިން ކުޅުމަށް ގޯތިތެރޭގައި ކުޅޭނެބިން އޮވެއެވެ.

ފިޔަވައްޗަކީ ހުޅުމާލޭގައި ހުންނަ މަރުކަޒަކަށްވެފައި ހުޅުމާލެއަކީ މި އުމުރުފުރާގެ ކުދިން އެކަނި ބޭރުތެރެއަށް ދޫކޮށްލެވޭފަދަ މާހައުލެއް އޮތް ތަނަކަށް ނުވާތީ މި ކުދިންނަށް މަރުކަޒުގެ ސުޕަރވިޝަންގެ ދަށުން ނޫނީ ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތެއް ނޯވެއެވެ. އަތޮޅުތެރޭގައި އަލަށް ތަރައްގީ ކުރެވުނު އަމާންވެށިތަކާއި ޚިލާފަށް ފިޔަވަތީގައި ތިބޭ ކުދިންނަށް ބަންދުކޮށްފައި ތިބުމުގެ އިހްސާސް ކުރެވެއެވެ.

ކުޑަކުދިން އާއިލާއާއި ވަކިން މަރުކަޒެއްގައި ދިރިއުޅެން ޖެހިފައިވުމަކީ ޅަފަތުގައި އާއިލާއެއްގެ ފަރާތުން ލިބޭ ލޯތްބާއި ބައްދަލު އެއްޗެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ. އާއިލާއެއް ނެތުމުގެ ހުސްކަމުގެ ޝަކުވާއަކީ އެކުދިން އަބަދުވެސް ކުރާ ޝަކުވާއެކެވެ.

މީގެ އިތުރުން ކުދިންގެ ހާލަތަށް ބަލާއިރު، އެކުދިން މީގެ ކުރިން ދިރިއުޅުނު މާހައުލުން ނުވަތަ އެނޫން ވެސް ގޮތަކަށް ކުދިންނަށް ދިމާވެފައިވާ ހާދިސާތަކާއި ގުޅިގެން ކުދިންގެ ފަރާތުން އެކި ކަހަލަ ކަންކަން ފެނެއެވެ. އެއީ ކުދިންނަށް މިހާރުގެ މާހައުލުން އަނިޔާ ލިބޭތީއެއް ނޫނެއެވެ.

ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުން ކުދިންގެ ވިސްނުން ނޭއްގާނިވާކަން ހާމަކޮށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކުދިންނަށް ނޭދެވޭ ހާދިސާތަކުގެ އަސަރުކޮށްފައިވާ ކަމަށާއި، ކުދިންގެ މާޒީގައި ހިނގާފައިވާ ކަންކަން ކިޔާދިނުމަކީ ކުދިން ފަޟީހަތްވެދާނެކަމެއް ކަމަށެވެ. އެގޮތުން ކުދިންގެ މޫނު ފެންނަގޮތަށް ވީޑިއޯއާއި ފޮޓޯ މީޑިއާއިން ނަގާފައިވާއިރު، ކުދިންގެ ހާލަތު ކިޔާދިނުމުން ކުދިންގެ އައިޑެންޓިޓީ ހާމަވާނެކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

ހަޅޭއްލަވައި ރޮއި ހަދާ އަޑު އިވެނީ އަދި ފުރާޅަށް އަރައި އުޅެނީ ކީއްވެ؟

މިދުވަސްތަކުގައި އެގޮތަށް އަމަލު ކޮށްފައިވަނީ 11 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ.

ފުރާވަރަށް އަރަމުންދާ މަރުހަލާއަކީ ކުއްޖާގެ އައިޑެންޓިޓީ ފޯމްވާ އުމުރުފުރާއަށްވެފައި މި އުމުރުފުރާއަށް އަރަމުން އަންނަކުދިން އުފަން އާއިލާއަކާއި ނުލައި ދިރިއުޅެންޖެހުމުން ގޮންޖެހުންތައް ކުރިމަތިވެއެވެ. ކުދިން ފިޔަވަތީގައި ދިރިއުޅެންޖެހުމަކީ އެކަހެރިކޮށްފައި ތިބޭ ކުދިންތަކެއްގެ އިހްސާސް ކުރެވޭކަމާއި އަދި އެހެން މީހުންގެ ކޮމެންޓްތަކާއި ކުރިމަތިކުރުވާ ސުވާލުތަކުން ކުދިންނަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި ޚާއްސަކޮށް އެކި ކަހަލަ ނަފްސާނީ ބަލިތައް ހުންނަ ކުދިންނަށް މި ކަންކަމުން ކުރާ އަސަރު ބޮޑުވެގެންދެއެވެ.

މީގެ އިތުރުން ކުއްޖަކު މާކަންތައް ބޮޑުވެގެން އުޅޭ ވަގުތު ގަދަކަމުން ހިފެހެއްޓުމުގެ ބަދަލުގައި ކުއްޖާ ހިމޭން ކުރުމަށް ވަގުތުދީގެން ވާހަކަ ދެއްކުމަކީ އެ ހާލަތުގައި އަމަލުކުރާ ގޮތެވެ.

ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު - ރާއްޖެއެމްވީ

މިމައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ރީ އިންޓަގްރޭޝަން އުސޫލަށް ބަދަލުގެނެސް ރީއިންޓަރގްރޭޝަންގެ ކޭސްތައް އަވަސްކުރުމަށް ވަކިން ޚާއްސަ ޕެނަލްއެއް އުފައްދާ ބަލަމުންދާ ކަމަށެވެ.

ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކަމަށް ގާބިލް ބައެއްތަ؟

ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ އެންމެހައި ކަންކަން ބެލުމަށް އެކަށީގެންވާ މުވައްޒަފުން ހޯދާ ގާބިލު ބަޔަކަށް މުވައްޒަފުން ހެދުމަށް ގިނަ މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. އެގޮތުން ކެއަރވަރކަރސް ތަމްރީން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފިޔަވަތީގައި އިންހައުސް ކައުންސެލަރއެއް އަދި ސައިކޮލޮޖިސްޓެއް މަސައްކަތް ކުރަމުންދެއެވެ. ސްޕަރވައިޒަރސް އަދި ކޭސް ވަރކަރުންނަކީ ތަމްރީންވެފައިވާ ފަރާތްތަކެވެ. އަދި ކެއަރވަރކަރސް އަދި އެހެނިހެން ސްޓާފްގެ ގޮތުގައި ޖުމްލަ 78 މުވައްޒަފުން މަސައްކަތް ކުރެއެވެ.

ފާހަގަކުރެވޭ ކޮންމެ ކަމެއްވެސް މައްސަލައެއްގޮތުގައި ބަލައި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އެ ފިޔަވަޅުތައްވެސް އަޅަމުންދާކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި އެކި މައްސަލަ ފާހަގަކުރެވިގެން މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުން ނެގުމުގައި ފެންވަރު ރަނގަޅު 'ކުދިން ބަލަހައްޓާ މީހުން' ނެގުމަށްޓަކައި ވަޒީފާއަށް ޝަރުތު ހަމަވާ މިންގަނޑު މަތިކުރެވިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޗައިލްޑް ކެއަރ މެކޭނިޒަމްސް

އަމާންވެށިތައް ގާއިމްކޮށް ކުދިން ރީލޮކޭޓް ކުރުމުގެ މަސައްކަތް ފަށައި މިވަގުތު 4 އަމާންވެށި ގާއިމްކޮށް ކުދިން ބަލަހައްޓަމުންދެއެވެ. އެގޮތުން މިހާރު 50 ފިރިހެން ކުދިންނާއި 48 އަންހެން ކުދިން ހިމެނޭހެން ޖުމްލަ 98 ކުދިން ބަދަލުކުރެވިފައިވެއެވެ. ކުރިއަށް އޮތްތަނުގައި ވެސް އެމަސައްކަތްތައް ކުރެވެމުންދާނެކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފޮސްޓަރިން ނިޒާމްގެ ދަށުން އާއިލާތަކާއި ކުދިން ހަވާލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު 2019 ވަނަ އަހަރުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް 17 ކުއްޖަކު ހަވާލުކޮށްފައިވެއެވެ.

ސައިކޮލޮޖިކަލް އެހީތެރިކަން ބޭނުންވާ ކުދިންނަށް އެ ފަރުވާ ފޯރުކޮށްދިނުމަށް އިން ހައުސް ސައިކޮލޮޖިސްޓެއް މަސައްކަތް ކުރަމުންދެއެވެ. އަދި އެކްސްޓަރނަލް ސައިކިއޭޓްރިކް އަދި ސައިކޮލޮޖިކަލް ފަރުވާ ފޯރުކޮށްދެއެވެ. ސޯޝަލް އެންގޭޖްމަންޓް އެކްސްޕީރިއަންސް ކުދިންނަށް ދެވެއެވެ. އެގޮތުން ކުޅިވަރު ކުޅޭނެ މަގުފަހިކޮށްދީފައިވާއިރު، ޕާކަށްދިއުމާއި، ހިނގާލަންދިއުމާއި، މޫދަށް ދިއުން އަދި ބަގީޗާ ހެއްދުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
10%
10%
70%
0%
10%
ކޮމެންޓް
ގުޅުންހުރި
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވޭ: އާއިލީ ވުޒާރާ
ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 96 މައްސަލަ އޮގަސްޓް މަހު ރިޕޯޓުކޮށްފައިވޭ: ޖެންޑާ މިނިސްޓްރީ
ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި
ގެވެށި އަނިޔާގެ ކުށްތަކުގައި ޖަލުގައިތިބި ޤައިދީންނަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރައީސްގެ އަނބިކަނބަލުން ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއެކު ފިޔަވައްޗަށް ޒިޔާރަތްކުރައްވައިފި
ކުޑަ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 99 މައްސަލަ އޭޕްރީލް މަހު ރިޕޯޓުކޮށްފައިވޭ